Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 25:26 - ކިތާބުލް މުޤައްދަސާ

26 ސާހިބުގެ އަތުން އަދާވާތްތެރިންގެ ލޭ އޮހުރުވުން ހުއްޓުވީ މާތްރަސްކަލާނގެ. ދިރިދެމިވޮޑިގެންވާ ކަލާނގެ ސާހިބުގެ އުމުރު ދަންމަވާށި. އަދި ސާހިބަށް ގެއްލުން ދިނުމަށް ނުކުންނަ އެންމެންނަށް ނާބާލް އެކޭ އެއްފަދައިން ކަންތައް ހިންމަވާށި.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 25:26
20 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ހުވަފެނުގައި މާތްކަލާނގެ ވަޙީކުރެއްވި. ”⁠ކަލޭގެ ކުށެއް ނެތްކަން ތިމަންކަލާނގެ ދެނެވޮޑިގެންވަމު. ކަލޭ އޭނާއާ އެކު އެއްދާން ކުރުމުގެ ކުރިން ކަލޭ އެ ފާފައިން ތިމަންކަލާނގެ މި ދުރުކުރެއްވީ އެހެންވެ.


ރަސްގެފާނު އަޅުކަލޭގެ ކުރެން އެއްސެވިއެވެ. ”⁠އަބްޝާލޫމް ސަލާމަތުން އެބަހުރިތަ؟⁠“ އަޅުކަލޭގެ ދެންނެވިއެވެ. ”⁠އަޅުގަނޑު އެދެނީ ކަލޭގެފާނާ ދެކޮޅަށް އަންނަ ކޮންމެ މީހަކަށް އެ ސޮރަށް ވީ ގޮތް ވުމަށް.⁠“


އެ އަންހެނާގެ ކިބައިން ލިބޭނީ ހެޔޮކަމެވެ. ގެއްލުމެއް ނުލިބޭނެއެވެ. އެ އަންހެނާގެ މުޅި އުމުރު މިފަދައިން ކަން ކުރާނެއެވެ.


މިފަދައިން ވަޙީ ކުރެއްވީ ކޮންފަރާތަކުންކަން އަހަރެމެންނަށް އެނގެއެވެ: ”⁠ތިމަންކަލާނގެ އެކަމުގެ ބަދަލު ހިއްޕަވާނަމެވެ.⁠“ އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނާ މެދު އިންސާފު ގާއިމު ކުރައްވާނެއެވެ.⁠“


”⁠އަޅުގަނޑުގެ ސާހިބާ! ޔަޤީނުން ވެސް އަޅުގަނޑު މިއީ މީގެ އަހަރުތަކެއްގެ ކުރިން މިތަނުގައި ހުރެ މާތްރަސްކަލާނގެއަށް ދުޢާ ދެންނެވި އަންހެންމީހާ.


އެކަލާނގެއަށް ވަފާތެރިވާ ބައެއްގެ ފިޔަވަޅުތައް ރައްކާތެރި ކުރައްވާނެ. ނުބައިވެގެންވީ މީހުން އަނދިރިކަމުގެ ތެރޭގައި ފަނާ ކުރައްވާނެ. އެކަކަށް ވެސް އޭނާގެ އަމިއްލަ ބާރުގައި ކާމިޔާބު ވުމެއް ނުވޭ.


ޔޫނަތައިން ދާއޫދުގެ އާއިލާއާ މެދު މި ގޮތަށް އިގްރާރު ވެއްޖެއެވެ. ޔޫނަތައިން ބުންޏެވެ. ”⁠ދާއޫދުގެ އަދާވާތްތެރިންގެ ކިބައިން މާތްރަސްކަލާނގެ ބަދަލު ހިއްޕަވާށި.⁠“


ދާއޫދު ބުންޏެވެ. ”⁠އަހަރެން ހުވާ ކޮށްފާ މިބުނަނީ. ކަލޭ އަހަރެންނާ މެދު އޮންނަ ގާތް ގުޅުން ކަލޭގެ ބައްޕާފުޅަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެކަލޭގެފާނު ހިތްޕުޅަށް އަރާ ވަޑައިގަންނަވާނެ ’⁠ޔޫނަތައިންގެ ގާތުގައި އެވާހަކަ ބުނެފިއްޔާ އޭނާ ދެރަ ވެދާނެ.⁠‘ އެހެންވީމާ އެވާހަކަ ވިދާޅު ނުވީ. އެކަމަކު ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެއާއި ކަލޭގެ ފުރާނަ ގަންދީ ބުނަން، އަހަރެން މިވަނީ ވަރަށް ބޮޑު ނުރައްކަލެއްގައި. އަހަރެން މަރުނުވެ ސަލާމަތް ވުމަކީ އުނދަގޫކަމެއް.⁠“


ދާއޫދު އަދޫލާމުގެ ހޮހަޅައިން ނުކުމެ މިޞްބާހުގެ މުއާބަށް ހިނގައްޖެއެވެ. އަދި މުއާބުގެ ރަސްގެފާނުގެ ފައިންޕުޅު ދެކެ ދެންނެވިއެވެ. ”⁠އަޅުގަނޑާއި މެދު މާތްކަލާނގެ ނިންމަވާ ގޮތެއް އެނގެން ދެން އަޅުގަނޑުގެ ބައްޕައާއި މަންމަ، ރަސްގެފާނުގެ ބެލެހެއްޓުމުގެ ދަށުގައި ބަހައްޓަވާ ދެއްވަފާނަން ތޯ.⁠“


ސާހިބު އެ ނުލަފާ ނާބާލް ބުނާއެއްޗެއް އަޑު ނާހާ. އޭނާއަށް އެނަން ކިޔަނީ ވެސް އެހެންވެ. އޭނާއަކީ މޮޔައެއް. ސާހިބު ފޮނުވި މީހުން އަޅުގަނޑު ނުވެސް ދެކެން.


ދާއޫދަށް މިޚަބަރު ލިބުމުން ބުންޏެވެ. ”⁠ޙަމްދު ހުރީ މާތްރަސްކަލާނގެއަށް އެހެނީ އަހަރެންގެ އަތުން އޭނާ މަރު ގަންނަވާނެ ގޮތް މެދުވެރި ނުކުރައްވައި އޭނާ ކުރި ނުބައި ކަންތަކާއި ކުރި މަލާމާތްތަކަށް ޙައްޤު ސަޒާ އެކަލާނގެ އޭނާއަށް ދެއްވައިފި.⁠“ ދެން ދާއޫދު އަބީޖާއިލްގެ ގާތަށް އޭނާއާ ކައިވެނި ކުރުން އެދި މީހަކު ފޮނުވައިފިއެވެ.


ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީބުނަން، އެކަލޭގެފާނާމެދު ނިންމަވާނެ ގޮތެއް އެކަލާނގެ ނިންމަވާފާނެ. އެކަލޭގެފާނުގެ މުސްކުޅި އުމުރުފުޅުގައި ނުވަތަ ހަނގުރާމައެއްގައި ނަމަވެސް އަވަހާރަ ވެދާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ