Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 25:24 - ކިތާބުލް މުޤައްދަސާ

24 އޭނާ ދާއޫދުގެ ފައިމައްޗަށް ވެއްޓިގެންފައި ބުނެފިއެވެ. ”⁠ސާހިބާ! ތިޔަ ކަމުގެ ހުރިހާ ޒިންމާއެއް އަޅުގަނޑުގެ މައްޗަށް އަޅުވާ. ސާހިބުގެ ޚާދިމާ މި ދަންނަވާ އެއްޗެއް އަޑުއައްސަވާ!

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 25:24
15 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު، ޔަހޫޛާ ޔޫސުފުގެފާނުގެ އަރިހަށް ގޮސް މިފަދައިން ދެންނެވިއެވެ. ”⁠ސާހިބާ އަޅުގަނޑު ސާފުސީދާކޮށް މިފަދައިން ދެންނެވުމުގެ ހުއްދަ ދެއްވާ. އަދި އަޅުގަނޑާއިމެދު ކޯފާވެވަޑައި ނުގަންނަވާ. މިޞްރުގެ ރަސްގެފާނާއި އެއްފަދައިން މަނިކުފާނަށް ވެސް ބާރުފުޅު ލިބިވަޑައިގެންވާކަން އަޅުގަނޑު ދަންނަމު.


އަންހެން މީހާ ދެންނެވިއެވެ. ”⁠އާދޭހާ އެކު ދަންނަވަން. ނިކަމެތި އަޅުގަނޑު އަދި އެއް ވާހަކަ ދެއްނެވުމުގެ ހުއްދަ ދެއްވާ!⁠“ ރަސްގެފާނު ވިދާޅުވިއެވެ. ”⁠ބުނޭ!⁠“


އެއަންހެނާ ރަސްގެފާނަށް ދެންނެވިއެވެ. ”⁠އޭ އަޅުގަނޑުގެ ވެރި ސާހިބު ރަސްގެފާނު! މިކަމުގެ ކުށް އަޅުގަނޑާއި އަޅުގަނޑުގެ ބައްޕަގެ އާއިލާގެ މައްޗަށް އަޔަ ދެއްވާ. ރަސްގެފާނުގެ ރަސްކަމުގައި މިކަމުގެ އިލްޒާމު ނައަޅުއްވާ!⁠“


ޔުއާބު އެ އަންހެންމީހާގެ ކުރިމައްޗަށް ނުކުމެއްޖެއެވެ. އަންހެންމީހާ އެއްސެވެ. ”⁠ސާހިބާ ތީތޯ ޔުއާބަކީ؟⁠“ ޔުއާބު ބުންޏެވެ. ”⁠އާނ! ޔުއާބަކީ އަހަރެން.⁠“ އަންހެންމީހާ ބުންޏެވެ. ”⁠ތިހެންވީ އިރު އަޅުގަނޑު މިބުނާ އެއްޗެއް އަޑުއައްސަވާ!⁠“ ޔުއާބު ބުންޏެވެ. ”⁠އަހަރެން މިހިރީ އަޑުއަހަން.⁠“


ކެތްތެރިކަން އަމީރުގެ ރުހުން ހޯދައެވެ. މަޑުމައިތިރި ބަސްތައް ދެކޮޅުވެރިންގެ މައިކަށި ބިންދާލައެވެ.


މި ޚާދިމު އޭނާގެ ފައިމައްޗަށް ވެއްޓި އާދޭސް ކުރަންފެށި. ’⁠އަހަރެންނާއި މެދު ކެތްތެރިވޭ، އަދި އަހަރެން ތިބާއަށް ދަރާފައިވާ ދަރަނި އަދާކޮށްދޭނަން!⁠‘


ދާއޫދު ހޮހަޅައިން ނުކުމެ އެކަލޭގެފާނުގެ ފަހަތުގައި ހުރެ ގޮވައި ދަންނަވައިފިއެވެ. ”⁠ސާހިބު ރަސްގެފާނު!⁠“ ރަސްގެފާނު އެނބުރިވަޑައިގެން ބެއްލެވި އިރު ދާއޫދު ގުދުވެ ބިންމަތީ މޫނު ޖައްސައި ކުރުނީސް ކޮށްގެން ހުއްޓެވެ.


އަބީޖާއިލް އަށް ދާއޫދު ފެނުމުން އޭނާ ހިމާރު މަތިން ފައިބައި ދާއޫދުގެ ކުރިމަތީގައި ބިމުގައި މޫނު ޖެހޭވަރަށް ގުދު ވެއްޖެއެވެ.


ސާހިބު އެ ނުލަފާ ނާބާލް ބުނާއެއްޗެއް އަޑު ނާހާ. އޭނާއަށް އެނަން ކިޔަނީ ވެސް އެހެންވެ. އޭނާއަކީ މޮޔައެއް. ސާހިބު ފޮނުވި މީހުން އަޅުގަނޑު ނުވެސް ދެކެން.


ސާހިބުގެ މި ޚާދިމާގެ ފަރާތުން ކުރެވުނު ކުށަށް މަޢާފު ދެއްވާ. މާތްރަސްކަލާނގެ ސާހިބުގެ ރަސްކަން ދާއިމަށް ދަންމަވާށި. އެހެނީ ސާހިބު ތިޔަ ކުރައްވާ ހަނގުރާމައަކީ މާތްރަސްކަލާނގެ އަށްޓަކައި ކުރައްވާ ހަނގުރާމަ ތަކެއް. ސާހިބު ދުނިޔޭގައި ހުރިހާތައް ދުވަހަކު ނުބައި ކަމެއް ކުރައްވަން މެދުވެރި ނުކުރައްވާށި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ