23 އަބީޖާއިލް އަށް ދާއޫދު ފެނުމުން އޭނާ ހިމާރު މަތިން ފައިބައި ދާއޫދުގެ ކުރިމަތީގައި ބިމުގައި މޫނު ޖެހޭވަރަށް ގުދު ވެއްޖެއެވެ.
ތިންވަނައަށް ވީ ދުވަހު ޝާއުލްގެފާނުގެ ޖަގަހައިން ހެދުން ވީދާލައި ބޮލަށް ވެލި އަޅައިގެން މީހަކު މޮޅިވެރިކަން ފާޅު ކުރަން އައިސް ދާއޫދުއަށް އިޙުތިރާމު ކުރުމުގެ ގޮތުން ބިމުގައި މޫނު ޖެހޭވަރަށް ގުދުވެއްޖެއެވެ.
ދެން އެ އަންހެނާ ރަސްގެފާނުގެ ފައިންޕުޅު ދެކެން އަތުވެއްޖެއެވެ. އޭނާ އައިސް ރަސްގެފާނުގެ ކުރިފުޅުމައްޗަށް ވެއްޓި ބިންމަތީގައި މޫނު ޖައްސައިފިއެވެ. އޭނާ ދެންނެވިއެވެ. ”މަސާހިބު ރަސްގެފާނު! އަޅުގަނޑަށް އޯގާވެރިކަމާއެކު އެހީތެރިވެ ދެއްވާ!“
އަޚީމައަސް ރަސްގެފާނަށް އިވޭހާ ބާރަށް ދެންނެވިއެވެ. ”ހުރިހާ ކަމެއް ވެސް ރަނގަޅު.“ ދެން އޭނާ ރަސްގެފާނުގެ ކުރިފުޅުމަތީ ބިންމަތީ މޫނު ޖެހޭވަރަށް ގުދުވެއްޖެއެވެ. އޭނާ ދެންނެވިއެވެ. ”ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ އަށް ޙަމްދު ހުރި. އެކަލާނގެ އަދާވާތްތެރިން ބަލި ކުރައްވައިފި.“
ޔޫނަތައިންގެ ދަރިފުޅު މަފީބޫޝަތު ދާއޫދުގެފާނު އަރިހަށް އައިސް ގުދުވެ އަދަބު އަދާ ކޮށްފިއެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”ތީ މަފީބޫޝަތުތަ؟“ މަފީބޫޝަތު ދަންނަވައިފިއެވެ. ”އާދެ މަސާހިބު! އަޅުގަނޑަކީ މަނިކުފާނުގެ ޚާދިމު މަފީބޫޝަތު.“
ރާޢޫތު ބޫޢަޒުގެ ކުރިމައްޗަށް ބިންމަތީ ނިތްޖެހެންދެން ގުދުވެފައި ބުންޏެވެ. ”އަޅުގަނޑަކީ ބީރައްޓެއްސެއް. ސާހިބު އަޅުގަނޑަށް ތިޔަހާ ހެޔޮކޮށް ތިޔަ ހިއްތެވީ ކީއްވެތޯ؟“
އެކުއްޖާ ދިޔައިމާ އެ ހިލައިގެ ދެކުނު ފަރާތުން ދާއޫދު ނުކުމެ ޔޫނަތައިންގެ ކުރިމައްޗަށް ހުއްޓި ބިންމަތީ މޫނު ޖެހޭހާ ވަރަށް ތިން ފަހަރު ގުދު ވިއެވެ. ދެން އެ ދެމީހުން އެކަކު އަނެކަކަށް ބޮސްދީ ރޮއި ހަދައިފި އެވެ. އެންމެ ބޮޑަށް ރުއީ ދާއޫދު އެވެ.
ދާއޫދު ހޮހަޅައިން ނުކުމެ އެކަލޭގެފާނުގެ ފަހަތުގައި ހުރެ ގޮވައި ދަންނަވައިފިއެވެ. ”ސާހިބު ރަސްގެފާނު!“ ރަސްގެފާނު އެނބުރިވަޑައިގެން ބެއްލެވި އިރު ދާއޫދު ގުދުވެ ބިންމަތީ މޫނު ޖައްސައި ކުރުނީސް ކޮށްގެން ހުއްޓެވެ.
އޭނާ ދާއޫދުގެ ފައިމައްޗަށް ވެއްޓިގެންފައި ބުނެފިއެވެ. ”ސާހިބާ! ތިޔަ ކަމުގެ ހުރިހާ ޒިންމާއެއް އަޅުގަނޑުގެ މައްޗަށް އަޅުވާ. ސާހިބުގެ ޚާދިމާ މި ދަންނަވާ އެއްޗެއް އަޑުއައްސަވާ!
އަބީޖާއިލް ބިންމަތީ މޫނު ޖެހޭވަރަށް ގުދުވެފައި ބުންޏެވެ. ”އަހަރެން މީ އޭނާގެ އަޅެއް. އޭނާގެ ޚާދިމުންގެ ފައިތިލަ ދޮވެ ދޭން ވެސް މިހިރީ ތައްޔާރަށް.“