Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 25:21 - ކިތާބުލް މުޤައްދަސާ

21 އޭރު ދާއޫދު ހިތާހިތާ ބުނަމުން ދިޔައެވެ. ”⁠އަހަރެމެން މިއޮތްހާ ދުވަހު އެކަލޭގެ މުދާތައް ސަހަރާގެ ތެރޭ ރައްކާތެރިކޮށްދީ އެކަލޭގެ އެއްޗެއް ގެއްލުނަ ނުދީ ބެލެހެއްޓީމާ އަހަރެމެންނާ ދޭތެރޭ އެކަލޭގެ ކަންތައް ކުރީ މިހެން. އަހަރެމެން ކޮށްދިންހާ ކަންތަކެއް ދިޔައީ ފަނުފުލުން.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 25:21
19 ပူးပေါင်းရင်းမြစ်များ  

އެބައިމީހުންނަށް އަވަށާއި މާދުރަށް ނުދެވެނީސް ޔޫސުފުގެފާނު އެކަލޭގެފާނުގެ ގަނޑުވަރުގެ އިސް ޚާދިމަށް މިފަދައިން ވިދާޅުވިއެވެ. ”⁠އެބައިމީހުންގެ ފަހަތުންދޭ. އަދި ތިބާ އެބައިމީހުންނާއި ހަމައަށް ދެވުމުން މިފަދައިންބުނޭ. ’⁠ހެޔޮ ކަމުގެ ބަދަލުގައި ތިޔަފަދަ ނުބައިކަމެއް ތިޔަ ކުރީ ކީއްވެ؟


ހެޔޮކަމުގެ ބަދަލުގައި ނުބައިކަމެއް ކުރާ މީހެއްގެ ގެއިން ނުބައިކަން ފިލާ ނުދާނެއެވެ.


ފާފަވެރި ވެދާފަދަ މިންވަރަށް ތިޔަބައިމީހުން ރުޅި ނާންނާށެވެ. އަދި ރުޅިވެރިކަމުގައި ތިއްބާމެ އިރު އޮއްސުނަ ނުދޭށެވެ.


ކުށަށް މަޢާފު ނުކުރުމާއި، ޤަދަރުޅިއައުމުންނާއި، ރުޅިވެރި ބަސްތަކުން ހަޅޭ ލެވުމާއި، އަނެކުން ހިތުގައި ޖެހޭފަދަ ބަހުރުވައިން މުޚާތަބު ކުރުމާއި، ގަސްދުގައި އަނެކުންނަށް އަނިޔާވެރިވުމުން އެއްކިބާވާށެވެ.


އެއްވެސް މީހަކު ނުބައި ކަމެއްގެ ބަދަލު ނުބައި ކަމެއް ކުރިޔަ ނުދިނުމަށް ޔަޤީންކުރާށެވެ. ނަމަވެސް އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަށް އަބަދުމެ ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ހަމައެހެންމެ ހުރިހާ އެންމެންނާއި މެދުގައި ވެސް މެއެވެ.


ހަނދާންކުރާށެވެ. މާތްކަލާނގެއަށް ކިޔަމަން ގަނެގެން ވޭނާ ކުރިމަތިލާން ޖެހުމަކީ ނުބައިކަންތަކެއް ކޮށްގެން ވޭނާ ކުރިމަތިލާން ޖެހުމަށް ވުރެން ހެޔޮކަން ބޮޑުކަމެކެވެ. އެއީ މާތްކަލާނގެ އެދިވޮޑިގެންވަނީ މިގޮތް ކަމަށް ވާތީއެވެ.


ތިޔަބައިމީހުންނާއިމެދު އިހާނެތިކޮށް އަމަލުކުރި ފަރާތްތަކާ މެދު ބަދަލު ނުހިފާށެވެ. އަދި ތިޔަބައިމީހުންނާއި މެދު ބަދުބަސް ބުނާނެ ފަރާތްތަކާމެދުގައި ވެސް ބަދަލު ނުހިފާށެވެ. އޭގެ ބަދަލުގައި އެބައިމީހުންނަށް ރަޙުމަތް ލެއްވުމަށް އެދި ދަންނަވާށެވެ. އެހެނީ ތިޔަބައިމީހުންނަކީ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވައެވެ.


ދާއޫދުގެ މީހުން ގާތު އޭނާ ބުންޏެވެ. ”⁠ހޭވައްލާ ތައްޔާރު! ކަނޑިތައް މަހާލާ!⁠“ ދެން އެމީހުން ދާއޫދު އެންގި ގޮތަށް ކަންތައް ކޮށްފިއެވެ. ދާއޫދު ވެސް ކަނޑި މަހާލިއެވެ. ދެން ހަތަރު ސަތޭކަ ސިފައިން ދާއޫދާއެކު ނުކުމެއްޖެއެވެ. ދުއިސައްތަ މީހުން ކާބޯތަކެއްޗާއި މުދާތައް ބަލަހައްޓަން ތިއްބެވެ.


އެކަމަކު އެމީހުންނަކީ އަހަރެމެންނާ މެދު ވަރަށް ހެޔޮކޮށް ހިތި ބައެއް.


އަބީޖާއިލް ހިމާރު މަތީގައި ފަރުބަދައިގެ ކައިރިފަށުން ދަނިކޮށް ދާއޫދާއި އޭނާގެ މީހުން އަންނަތަން ފެނިއްޖެއެވެ. އެމީހުން އޭނާއާ އަރާހަމަ ކޮށްފިއެވެ.


އޭނާއަށް ކަލޭ މިތަނުގައި ކަންބަޅި ކެހެރި ކޮށަން އުޅޭ ޚަބަރު އިވިގެން އަހަރެމެން ފޮނުވީއޭ. އޭނާ ބުނީ ކަލެއަށް އަންގާށޭ ކަލޭގެ ބަކަރި ބަލަހައްޓާ މީހުން އޭނާގެ ކައިރީގައި ކަރްމަލްގައި ސަލާމަތުން އެބަތިއްބޭ. އެމީހުންގެ އަތުން އެއްވެސް އެއްޗެއް ނުގެއްލެޔޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ