20 އަބީޖާއިލް ހިމާރު މަތީގައި ފަރުބަދައިގެ ކައިރިފަށުން ދަނިކޮށް ދާއޫދާއި އޭނާގެ މީހުން އަންނަތަން ފެނިއްޖެއެވެ. އެމީހުން އޭނާއާ އަރާހަމަ ކޮށްފިއެވެ.
ދެން އޭނާގެ ޚާދިމުންނަށް އެންގިއެވެ. ”ކުރީގައި ތިބެގެން ދޭ. އަހަރެން ފަހަތުން އެބަ އަންނަން.“ އޭނާ މިކަންތައް ކުރީ ނާބާލްއަށް އެންގުމެއް ނެތިއެވެ.
އޭރު ދާއޫދު ހިތާހިތާ ބުނަމުން ދިޔައެވެ. ”އަހަރެމެން މިއޮތްހާ ދުވަހު އެކަލޭގެ މުދާތައް ސަހަރާގެ ތެރޭ ރައްކާތެރިކޮށްދީ އެކަލޭގެ އެއްޗެއް ގެއްލުނަ ނުދީ ބެލެހެއްޓީމާ އަހަރެމެންނާ ދޭތެރޭ އެކަލޭގެ ކަންތައް ކުރީ މިހެން. އަހަރެމެން ކޮށްދިންހާ ކަންތަކެއް ދިޔައީ ފަނުފުލުން.