Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 25:2 - ކިތާބުލް މުޤައްދަސާ

2-3 އޭރު މަޢޫނު ސަހަރާއިން އައިސް ހުރި ވަރަށް މުއްސަނދި މަހުޖަނަކު އުޅެއެވެ. އޭނާގެ ނަމަކީ ނާބާލް އެވެ. އޭނާގެ އަންހެނުން އަބީޖާއިލް އަކީ ވަރަށް ރީތި ވިސްނުންތެރި އަންހެނެކެވެ. އެކަމަކު އޭނާގެ ފިރިމީހާ އަކީ ކާލިބީ ގަބީލާގެ މީހަކަށް ވެފައި ނުހަނު ހަރުކަށި އަނިޔާވެރި ނުބައި ނުލަފާ މީހެކެވެ. ކަރުމަލުގައި އޭނާގެ އަތުގައި ތިންހާސް ކަންބަޅިއާއި އެއްހާސް ބަކަރި އޮވެއެވެ. އޭނާ އައިސް މި އުޅެނީ ކަންބަޅި ކެހެރި ކޮށާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 25:2
17 ပူးပေါင်းရင်းမြစ်များ  

އަބްރާމް އަތުގައި ގެރިބަކަރިއާއި ކަންބަޅިތަކުގެ އިތުރުން ރަނާއި ރިހި ގިނަވެ މިހާރު އޭނާ ވަނީ މުއްސަނދިވެފައެވެ.


އަދި އެއްދުވަހުން އަނެއްދުވަހަށް އެކަލޭގެފާނަށް ތަނަވަސްކަން ލިބި މުއްސަނދިވަމުން އައެވެ.


އެވަގުތު ލަބާން ވީ އޭނާގެ ކަންބަޅިތަކުގެ ކެހެރި ބޭލުމަށްޓަކައި ސަހަރުން ބޭރުގައެވެ. އަދި ލަބާން ގޭގައި ނެތް ވަގުތު ބެލުމަށް ފަހު ރާޙީލް އެކަނބުލޭގެ ބައްޕަ ލަބާން، ގޭގައި އަޅުކަން ކުރަން ބަހައްޓަފައިހުރި ބުދުތަކުގެ ތެރެއިން ބުދުތަކެއް އެކަނބުލޭގެއާއި އެކުގައި ގެންދިއުމަށް ވަގަށް ނަގައިފިއެވެ.


ޔަހޫޛާ އޭނާގެ ކަންބަޅިތަކުގެ ކެހެރި ބޭލުމަށް ތިމްނާއަށް އަންނަ ޚަބަރު ތާމާރުއަށް ލިބުނެވެ.


ބަރުޒިއްލާއިއަކީ ވަރަށް މުސްކުޅި މީހެކެވެ. އޭނާއަކީ އަށްޑިހަ އަހަރު ވެފައި ހުރި މީހެކެވެ. ދާއޫދުގެފާނު މަޙަނާއިމުގައި ހުންނެވި އިރު އޭނާ އެކަލޭގެފާނަށް ފަރިއްކޮޅާއި އެނޫން ވެސް ތަކެތި ގެނެސް ދީ ހެދިއެވެ. އޭނާއަކީ މުދާވެރިއެއް ވެސް މެއެވެ.


އެއީ އަޅަކު ރަސްކަމަށް އައުމެވެ. މޮޔައަކު ކާނެ ވަރަކަށް ކާން ލިބުމެވެ.


އެދުވަހު ވަރަށް ހެނދުނާ ޞަމޫއީލްގެފާނު ތެދުވެ ވަޑައިގެން ޝާއުލްގެފާނާ ބައްދަލު ކުރައްވަން ވަޑައިގެންނެވިއެވެ. މީހުން ދެންނެވިއެވެ. ”⁠ޝާއުލްގެފާނު ކަރްމަލް ކިޔާ ރަށެއްގައި އެކަލޭގެފާނުގެ ނަންފުޅަށް ނިސްބަތްވާ ހަނދާނީ ބިނާއެއް ހައްދަވައި މިހާރު ވަޑައިގެންވީ ޖިލްޖާލުގައި.⁠“


ޒީފުގެ މީހުން އެނބުރި ހިނގައްޖެއެވެ. އެމީހުން ދިޔަ ތަނާހެން ޝާއުލްގެފާނު ސިފައިންނާއެކު އެރަށަށް ވަޑައިގެންފިއެވެ. އޭރު ވެސް ދާއޫދާއި އޭނާގެ މީހުން ވީ މަޢޫނު ސަހަރާގައި ދެކުނުން އޮންނަ ޔަޝީމޫންގެ ސަހަރާތެރޭގައެވެ.


ދާއޫދުގެ ދެ އަނބިން ކަމުގައިވާ ޔަޒްރަޢީލުގެ އަޚީނޫޢަމް އާއި ނާބާލްގެ ހުވަފަތް އަނބި ކަރްމަލުގެ އަބީޖާއިލް ވެސް ވަނީ އަތުލައިގެންފަ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ