Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 25:19 - ކިތާބުލް މުޤައްދަސާ

19 ދެން އޭނާގެ ޚާދިމުންނަށް އެންގިއެވެ. ”⁠ކުރީގައި ތިބެގެން ދޭ. އަހަރެން ފަހަތުން އެބަ އަންނަން.⁠“ އޭނާ މިކަންތައް ކުރީ ނާބާލްއަށް އެންގުމެއް ނެތިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 25:19
9 ပူးပေါင်းရင်းမြစ်များ  

ޔަޢުޤޫބުގެފާނު މި ޖަނަވާރު އައިންތައް ބައިބަޔަށް ބައިކުރައްވައި ކޮންމެ ބައެއް ބެލެހެއްޓުމަށްޓަކައި އެކަލޭގެފާނުގެ ޚާދިމުންނާއި ޙަވާލުކުރައްވައި ވިދާޅުވިއެވެ. ”⁠އަހަރެންނަށް ވުރެން ކުރިން މިތަކެތި ގޮވައިގެންދޭ. ކޮންމެ ޖަނަވާރު އައިނެއް ގޮވައިގެން ދާއިރު ވަކިވަކިން އައިންތައް ގެންދޭ. އަދި ޖަނަވާރު އައިންތައް ގެންދާއިރު ކޮންމެވެސް މިންވަރެއްގެ ދުރުމިނެއް ދެ އައިން ދޭތެރޭގައި ބަހައްޓާ.⁠“


އެކަލޭގެފާނު ޖަނަވާރު އައިންތައް ބަލަހައްޓަން ތިބި އެންމެހާ ޚާދިމުންނަށް އިހު ބުނި ފަދައިން އިރުޝާދު ދެއްވައި މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ހުރިހާ އެންމެން ޢީސޫއާއި ބައްދަލުވާ ހިނދު އަހަރެން އިހު ބުނެދިން ފަދައިން ޢީސޫއަށް ބުނޭ.


އަދި ޔަޤީން ކަމާއެކު މިހެން ވެސް ބުނަންވާނެ. ’⁠ޢީސޫގެ ޚާދިމު، ޔަޢުޤޫބު މިތަކެތީގެ ފަސްފަހަތުން އެބަ އާދެޔޭ.⁠‘⁠“ ޔަޢުޤޫބުގެފާނުގެ ހިތްޕުޅަށް މިފަދައިން ވެސް އަރާވަޑައިގެންނެވިއެވެ. ”⁠މި ހަދިޔާތަކުން ޢީސޫގެ މައްޗަށް އަހަރެންނަށް ކާމިޔާބު ލިބިދޭނެ. އަދި އަހަރެންނާއި އޭނާ ބައްދަލުވާ ހިނދު ފަހަރެއްގައި އަހަރެންނާމެދު ރުހި މަޢާފު ދީފާނެމެ.⁠“


އެގޮތުން އެކަލޭގެފާނަށް ވުރެން ކުރީގައި އެ ހަދިޔާތައް ފޮނުއްވިއެވެ. އަދި ޔަޢުޤޫބުގެފާނު އެތަނުގައި އެރޭ މަޑުކުރެއްވިއެވެ.


ގޭގައި އުޅޭ ހުރިހާ އެންމެން އޭނާ ބަލަހައްޓާނެއެވެ. ކަންނެއްކަމެއް އޭނާއެއް ނުދެކޭނެއެވެ.


އެއް ދުވަހަކު ހަތިޔާރު އުފުލާ ޒުވާނާގެ ގާތު ޔޫނަތައިން ބުންޏެވެ. ”⁠ހިނގާ އަހަރެމެން ފިލިސްޠީނުންގެ ޖަގަހައިގެ ފުރަގަހުން ގޮސް ދިމާކުރަން.⁠“ މިވާހަކަ އޭނާގެ ބައްޕަ ޝާއުލްގެފާނަކަށް ނުދަންނަވައެވެ.


އަބީޖާއިލް ހިމާރު މަތީގައި ފަރުބަދައިގެ ކައިރިފަށުން ދަނިކޮށް ދާއޫދާއި އޭނާގެ މީހުން އަންނަތަން ފެނިއްޖެއެވެ. އެމީހުން އޭނާއާ އަރާހަމަ ކޮށްފިއެވެ.


އަބީޖާއިލް ގެއަށް ދިޔައިރު ނާބާލް އިނީ ރަސްކަލެއް ފަދައިން ކާށެވެ. އޭނާ ވަނީ ރާބޮއި މަސްތުވެ ފޯރި ގަދަވެފަ އެވެ. އެހެންކަމުން އެރެއަކު އޭނާގެ ގާތަކު މީން ވާހަކައެއް އޭނާ ނުދައްކައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ