1 ޞަމޫއީލް 24:9 - ކިތާބުލް މުޤައްދަސާ9 އޭނާ ދެންނެވިއެވެ. ”އަޅުގަނޑު މަނިކުފާނަށް ގެއްލުމެއް ދޭން އުޅެޔޭ ކިޔައިގެން މީހުން އެ ދައްކާ ވާހަކަ އަޑު އައްސަވަނީ ކީއްވެތޯ؟ အခန်းကိုကြည့်ပါ။ |
ކަލޭގެފާނުގެ ލޯފުޅުން ނޫންތޯ ތިޔަ ދެކެވަޑައިގަތީ އަޅުގަނޑުގެ އަތްދަށަށް މާތްރަސްކަލާނގެ ކަލޭގެފާނު ހޮހަޅައިގެ ތެރެއަށް ފޮނުއްވި ކަން. މީހުން އަޅުގަނޑުގެ ގާތު ބުނި ކަލޭގެފާނު އަވަހާރަކޮށްލާށޭ. އެކަމަކު އަޅުގަނޑު ކަލޭގެފާނަށް ރަޙުމުކުރީމެއް ނޫންތޯ؟ އަޅުގަނޑު ބުނިން ކަލޭގެފާނަކީ މާތްރަސްކަލާނގެ އައްޔަން ކުރައްވާފައި ހުރި ރަސްކަލެކޭ. އަޅުގަނޑުގެ ސާހިބާއާ އިދިކޮޅަށް އަތް ނުއުފުލާނަމޭ.
އަޅުގަނޑު މިދަންނަވާ އެއްޗެއް ސާހިބު ރަސްގެފާނު އަޑުއައްސަވާ ބައްލަވަ. ތިޔައީ މާތްރަސްކަލާނގެ އެންގެވި އެންގެވުމެއް ނަމަ އެކަލާނގެއަށް ޤުރުބާނީއެއް އަދާ ކުރުމުން އެކަލާނގެ ރުހި ވޮޑިގެންފާނެ. ތިޔައީ ބަޔަކު އަމިއްލަ ގޮތުން ކުރާ ކަމެއް ނަމަ މާތްރަސްކަލާނގެ އެބަޔަކަށް ލަޢުނަތް ލައްވާހުށި. އެހެނީ އެމީހުން މިވަނީ އަޅުގަނޑަށް މާތްރަސްކަލާނގެ ދެއްވި ނިޢުމަތުން މަހުރޫމު ކުރުވާފައި. އެމީހުން ބުނާ ކަހަލަ ’ދޭ އެހެން ކަލަކަށް އަޅުކަން ކުރަން.‘