Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 24:22 - ކިތާބުލް މުޤައްދަސާ

22 ދެން ދާއޫދު އެގޮތުގެ މަތިން ޝާއުލްގެފާނު ކުރިމަތީ ހުވާކޮށްފި އެވެ. ޝާއުލްގެފާނު ރަށަށް އެނބުރިވަޑައިގެންފި އެވެ. ދާއޫދުއާއި އޭނާގެ މީހުން ފިލާތިބި ތަނަށް ހިނގައްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 24:22
9 ပူးပေါင်းရင်းမြစ်များ  

އެދުވަސްވަރު އަބީމާލިކު ރަސްގެފާނު އޭނާގެ ސިފައިންގެ ވެރިޔާ ފީކޫލްއާއި އެކުގައި އިބްރާހީމްގެފާނުގެ އަރިހަށް ވަޑައިގަންނަވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނު ކުރައްވަމުން ގެންދަވާ ކޮންމެ ކަމަކަށް މާތްކަލާނގެ ބަރަކާތް ލައްވަވާ.


އެހެންވީމާ، މާތްކަލާނގެ ރަސްކަންފުޅަށްޓަކައި އަޅުގަނޑާއެކުގައި ކަލޭގެފާނު މުޢާހަދާއެއްގެ ވަޢުދުފުޅު ކުރައްވާ. އެއީ ކަލޭގެފާނު މި ޤައުމުގައި ދިރިއުޅުއްވާހާ ހިނދަކު އަޅުގަނޑާއި އަޅުގަނޑުގެ ދަރިންނަށް ނޫނީ އަޅުގަނޑުގެ ދަރިފަސްކޮޅަށް ހީލަތެއް ނުހެއްދެވުމަށާއި އަދި އަޅުގަނޑު ކަލޭގެފާނަށް އަމާނާތްތެރި ކަމުގައި ވާހާ ހިނދަކު ކަލޭގެފާނަށް އަޅުގަނޑު ކަމޭހިތި ފަދައިން އަޅުގަނޑާއި މެދު އެފަދައިން އަމަލު ކުރެއްވުމުގެ މުޢާހަދާއެއްގެ ވަޢުދުފުޅު.⁠“


އަޅުގަނޑުމެންނަށް ޝާއުލްގެފާނުގެ ހަތް ފިރިހެން ދަރިން ދެއްވާ. ޝާއުލްގެފާނަކީ މާތްރަސްކަލާނގެ އިސްކުރެއްވި ރަސްކަލެއް. އެހެންވީމާ އެކަލޭގެފާނުގެ ދަރިން ޖިބްއާގެ ފަރުބަދަ މަތީ މާތްރަސްކަލާނގެ ކުރިފުޅުމަތީގައި ދަންޖައްސާލެވޭނެ.⁠“ ދާއޫދު ރަސްގެފާނު ވިދާޅުވިއެވެ. ”⁠އެންމެ ރަނގަޅު. އަހަރެން އެމީހުން ކަލޭމެންނާ ހަވާލު ކޮށްފާނަން.⁠“


އެކަމަކު އެކަލޭގެފާނު ޔޫނަތައިންގެ ދަރިފުޅު މަފީބޫޝަތު ހިމާޔަތް ކުރެއްވިއެވެ. ޔޫނަތައިން އަކީ ޝާއުލްގެފާނުގެ ދަރިކަލެކެވެ. އެހެންނަމަވެސް ދާއޫދުގެފާނު ވަނީ ޔޫނަތައިންއާއެކު މާތްރަސްކަލާނގެ ހެކި ކުރައްވައި އިޤުރާރެއް ކުރައްވާފައެވެ. އެހެންކަމުން އެކަލޭގެފާނު މަފީބޫޝަތަށް ގެއްލުމެއް ވިޔަކަ ނުދެއްވިއެވެ.


ނަމަވެސް އީސާގެފާނު އެމީހުންގެ ބަސްތައް ގަބޫލު ކުރައްވައި އިތުބާރެއް ނުކުރެއްވިއެވެ. އެއީ މީސްތަކުންގެ ހިތުގައިވާ ކަންތައް ވެސް އެކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީއެވެ.


ދާއޫދު މައޫނު ސަހަރާ ދޫކޮށް ޢައިނު ޖަދްޔި ސަހަރާއަށް ގޮސް އެތަނުގައި ފިލައިފި އެވެ.


ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅާ ދާއޫދު. ކަލެއަށް ބަރަކާތް ހުރި. ކަލެއަށް ނަސްރު ލިބި ކުރި އަރައިގެން ދާނެ.⁠“ ދެން ދާއޫދު ދާނެ ދިމާއަކަށް ހިނގައްޖެއެވެ. ޝާއުލްގެފާނު ރަށަށް ވަޑައިގެންފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ