1 ޞަމޫއީލް 24:2 - ކިތާބުލް މުޤައްދަސާ2 ދެން ޝާއުލްގެފާނު އިސްރާއީލުގެ ތެރޭން ހޮވައިގެން ގެންނެވި ކުޅަދާނަ ތިންހާސް ފަހުލަވާނުންނާ އެކު އެހިސާބުގައި ”އޮންނަ ވަލު ބަކަރިތަކުގެ ގާ“ އޭ ކިޔާ ހިސާބު ހޯއްދަވަން ފައްޓަވައިފިއެވެ. အခန်းကိုကြည့်ပါ။ |
ޝާއުލްގެފާނު އިސްރާއީލީންގެ ތިންހާސް މީހުން ހޮއްވަވައި އޭގެ ތެރޭން ދެ ހާސް މީހުން އެކަލޭގެފާނާ އެކު ބައިތުއީލް ފަރުބަދަމަތީ ރަށެއް ކަމަށްވާ މިޚްމާސް އަށް ގެންދެވިއެވެ. އަދި އެއްހާސް މީހުން ބަންޔާމީންގެ ސަރަހައްދުގައި އޮންނަ ޖިބްޢައަށް ދަރިކަލުން ޔޫނަތައިންގެ ގާތަށް ފޮނުއްވިއެވެ. ފައުޖުގައި ބާކީ ތިބި މީހުން އެމީހުންގެ ގޭގެއަށް ފޮނުއްވިއެވެ.