Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 24:18 - ކިތާބުލް މުޤައްދަސާ

18 މާތްރަސްކަލާނގެ ކަލޭގެ އަތްދަށަށް އަހަރެން ފޮނުއްވި ހިނދު ކަލޭ އަހަރެން މަރައެއްނުލި. ކަލޭ ތިބުނީ ކަލޭ ކަންތައް ކުރި ރަނގަޅު ގޮތުގެ ވާހަކަ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 24:18
10 ပူးပေါင်းရင်းမြစ်များ  

ޔަހޫޛާއަށް އެތަކެއްޗަކީ އޭނާގެ ތަކެތިކަން އެނގުނެވެ. އެ ހިނދު އޭނާއަށް މިފަދައިން ބުނެވުނެވެ. ”⁠އެކަނބުލޭގެ އަކީ އަހަރެންނަށް ވުރެން ހެޔޮލަފާ އިންސާނެއް. އެކަނބުލޭގެ މިފަދައިން އަމަލުކުރި ސަބަބަކީ އަހަރެންގެ ފިރިހެން ދަރިފުޅު ޝީލަތުގެ ކައިވެނި ކޮށްދިނުމަށް އަހަރެން އެކަނބުލޭގެއަށް ވީ ވަޢުދު އުވާލުމުން.⁠“ އަދި އޭގެ ފަހުން ޔަހޫޛާ އެކަނބުލޭގެ އާއިއެކުގައި ޖިންސީ ގުޅުމެއް ނުހިންގައެވެ.


އޭރުން އެމީހުންނަށް ހީވާނީ އެމީހުންގެ ބޮލަށް އަނގުރު އަލިފާން އެޅީހެންނެވެ. ކަލޭ ކުރި ހެޔޮ ކަންތަކަށް މާތްރަސްކަލާނގެ ހެޔޮ ޖަޒާ ދެއްވާނެއެވެ.


ދާއޫދު ދެންނެވިއެވެ. ”⁠ޤަޢީލާގެ ވެރިން މިއަޅާއާއި މިއަޅާގެ ސިފައިން އެކަލޭގެފާނާ ހަވާލު ކޮށްފާނެ ތޯ؟⁠“ ”⁠އާނ! އެމީހުން އެހެން ހަދާނެ.⁠“


ދާއޫދު ޤަޢީލާގައި އުޅޭ ޚަބަރު ޝާއުލްގެފާނަށް އިވި ވަޑައިގަތުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މާތްކަލާނގެ އަހަރެންގެ އަތްދަށަށް ދާއޫދު ގެނެސް ދެއްވައިފި. އެހެނީ އެރަށަކީ ބޮޑު ދޮރާއްޓެއް ލައި ތޭރި ޖަހައި ބަންދު ކުރެވޭނެ ގޮތަށް ހުރި ރަށެއް. އޭނާ އަހަރެންގެ ދަންތުރައިގައި ޖެހިއްޖެ.⁠“


ކަލޭގެފާނުގެ ލޯފުޅުން ނޫންތޯ ތިޔަ ދެކެވަޑައިގަތީ އަޅުގަނޑުގެ އަތްދަށަށް މާތްރަސްކަލާނގެ ކަލޭގެފާނު ހޮހަޅައިގެ ތެރެއަށް ފޮނުއްވި ކަން. މީހުން އަޅުގަނޑުގެ ގާތު ބުނި ކަލޭގެފާނު އަވަހާރަކޮށްލާށޭ. އެކަމަކު އަޅުގަނޑު ކަލޭގެފާނަށް ރަޙުމުކުރީމެއް ނޫންތޯ؟ އަޅުގަނޑު ބުނިން ކަލޭގެފާނަކީ މާތްރަސްކަލާނގެ އައްޔަން ކުރައްވާފައި ހުރި ރަސްކަލެކޭ. އަޅުގަނޑުގެ ސާހިބާއާ އިދިކޮޅަށް އަތް ނުއުފުލާނަމޭ.


މީހެއްގެ އަތްދަށަށް އޭނާގެ އަދާވާތްތެރިޔަކު ހިނގައްޖެނަމަ ގެއްލުމެއް ނުދީ ދޫކޮށެއް ނުލާނެ. މިއަދު ކަލޭ އަހަންނާ މެދު ކަންތައް ތިޔަ ކުރި ރަނގަޅު ކަމަށްޓަކައި މާތްރަސްކަލާނގެ ކަލެއަށް އެކަމުގެ ހެޔޮ ޖަޒާ ދެއްވާށި.


ޞާލިޙު އަދި ތެދުވެރި ގޮތުގައި ހުރި މީހަކަށް މާތްރަސްކަލާނގެ ހެޔޮ ޖަޒާ ދެއްވާނެ. މިއަދު އަޅުގަނޑުގެ އަތް ދަށަށް ސާހިބުގެ ފުރާނަ މާތްރަސްކަލާނގެ ދެއްވުމުން ވެސް އެކަލާނގެ އިސް ކުރައްވާފައިވާ ފަރާތަކަށް އަޅުގަނޑު ގެއްލުމެއް ނުދިނިން.


އަބީޝާއި ދާއޫދުގެ ގާތު ބުނެއްޕެވެ. ”⁠ކަލޭގެ އަދާވާތްތެރިޔާ މާތްކަލާނގެ ކަލޭގެ އަތްދަށަށް ފޮނުއްވައިފި. އަހަރެންގެ ލޮންސިން އެންމެ އެތިފަހަރެއް ޖަހައި އޭނާ ބިމުގައި ހިއްޕާލިޔަ ދީ. ދެވަނަ އެތިފަހަރެއް ވެސް ނުޖަހާނަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ