Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 24:17 - ކިތާބުލް މުޤައްދަސާ

17 އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކަލެއަކީ އަހަންނަށް ވުރެން މާ ރަނގަޅު މީހެއް. ކަލޭ އަހަންނާމެދު ކަންތައް ކުރީ ރަނގަޅަށް. އެކަމަކު ކަލެއާ މެދު އަހަރެން ކަންކުރީ އިހާނާތްތެރި ގޮތުގައި.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 24:17
8 ပူးပေါင်းရင်းမြစ်များ  

ޔަހޫޛާއަށް އެތަކެއްޗަކީ އޭނާގެ ތަކެތިކަން އެނގުނެވެ. އެ ހިނދު އޭނާއަށް މިފަދައިން ބުނެވުނެވެ. ”⁠އެކަނބުލޭގެ އަކީ އަހަރެންނަށް ވުރެން ހެޔޮލަފާ އިންސާނެއް. އެކަނބުލޭގެ މިފަދައިން އަމަލުކުރި ސަބަބަކީ އަހަރެންގެ ފިރިހެން ދަރިފުޅު ޝީލަތުގެ ކައިވެނި ކޮށްދިނުމަށް އަހަރެން އެކަނބުލޭގެއަށް ވީ ވަޢުދު އުވާލުމުން.⁠“ އަދި އޭގެ ފަހުން ޔަހޫޛާ އެކަނބުލޭގެ އާއިއެކުގައި ޖިންސީ ގުޅުމެއް ނުހިންގައެވެ.


ދެން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވެއްޖެއެވެ. ”⁠މިފަހަރު އަހަރެން ފާފަވެރި ވެއްޖެ.⁠“ ފިރުޢައުނު އިޢުތިރާފުވެ ވަޑައިގަތެވެ. ”⁠މާތްރަސްކަލާނގެ ވަނީ ޙައްޤު ގޮތުގައި. އަހަންނާއި އަހަރެންގެ މީހުންނަކީ ގޯސް ބައެއް.


”⁠މަޢުސޫމު ކުށެއްނެތް އިންސާނަކަށް މަރުގެ އަދަބު ދިނުމުގައި އަހަރެން ފާފަވެރި ވެއްޖައީމު.⁠“ އިމާމުން ޖަވާބުގައި ބުންޏެވެ. ”⁠ތިޔައީ އަހަރެމެންނަކާ ބެހޭކަމެއް ނޫން. އެކަމާމެދު ކަލޭ ކުރާނެ ކަމެއް ކަލޭ ކުރޭ؟⁠“


އެކަމަކު ތިޔަބައިމީހުންގެ ޢަދާވާތްތެރިން ދެކެ ލޯބިވުމަށް އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިޔަބައިމީހުންނަށް އިހާނާތްތެރިކޮށް ހިތާ މީހުންނަށް ހެޔޮ އެދި ދުޢާކުރޭ.


ޝާއުލްގެފާނަށް ދާއޫދުގެ އަޑު އެނގިވަޑައި ގެންފިއެވެ. ވިދާޅުވިއެވެ. ”⁠ދަރިފުޅާ ދާއޫދު؟ ތިއީ ކަލޭގެ އަޑުތަ؟⁠“ ދާއޫދު ދެންނެވިއެވެ. ”⁠އާދެ ރަސްގެފާނު މަސާހިބު!⁠“


ދެން ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ފާފަވެރި ވެއްޖެ. ދަރިފުޅާ ދާއޫދު އެނބުރި އާދޭ އަހަރެންގެ ގާތަށް. އަހަރެންގެ ފުރާނައަކީ ކަލޭގެ ކުރިމަތީގައި އަގުހުރި އެއްޗެއް ކަން މިއަދު ދައްކައި ދީފީމު. މީގެ ފަހަކުން ކަލެއަށް ގެއްލުމެއް ދޭކަށް ނޫޅޭނަން. އަހަންނަށް މި ކުރެވުނީ ވަރަށް ބޮޑު މޮޔަ ކަމެއް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ