Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 24:16 - ކިތާބުލް މުޤައްދަސާ

16 ދާއޫދު މިވާހަކަ ދަންނަވާ ނިމުމުން ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅާ! ތިއީ ކަލޭގެ އަޑުތަ؟⁠“ ދެން އެކަލޭގެފާނު ގަދަ އަޑުން ކީރިތި ކުރައްވައިގެންފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 24:16
13 ပူးပေါင်းရင်းမြစ်များ  

މި ގޮތަށް ދިމާވުމުން ސާރާއީ އަބްރާމްއަށް ވިދާޅުވިއެވެ. ”⁠މި ހުރިހާ ކަމެއްގެ ކުށްވެރިއަކީ ކަލޭގެފާނު. އަހަރެންގެ އަޅު އަންހެން މީހާ އަހަރެން ކަލޭގެފާނަށް ދިނީމު. އެކަމަކު އޭނާ ބަލިވެއިންކަން ގައިމުވުމުން އަހަރެންނާއި މެދު ނަފްރަތު ކުރަން ފަށައިފި. އަހަންނާއި މެދު ކަލޭގެފާނަށް ތިޔަ ކަންތައް ކުރެއްވެނީ ކިހާ އިހާނެތިކޮށް. މިކަމާއި މެދު މާތްރަސްކަލާނގެ ކުރިފުޅުމަތީ ކަލޭގެފާނު ޒިންމާ އުފުއްލަވަން ޖެހޭނެ.⁠“


ހަތްވަނަ ދުވަސް އައިއިރު މާތްކަލާނގެ އެކަލާނގެ ކުރެއްވި މަސައްކަތްޕުޅު ވަނީ މުޅީން ނިންމަވާލައްވާފައެވެ.


ނަމަވެސް ޢީސޫ ޔަޢުޤޫބުގެފާނާއި ދިމާއަށް ދުވެފައި އައިސް އެކަލޭގެފާނު ހަށިކޮޅުގައި ބައްދާ އޮޅުލައިގަތުމަށް ފަހު ބޮސް ދިނެވެ. އެ ހިނދު އެ ދެބެއިންމެ ވަނީ އުފަލުން ގޮސް ދެލޮލުން ކަރުނަހިލި ރޮވޭ ޙާލުގައެވެ.


މަޑުމައިތިރި ޖަވާބަކުން އަނެކާގެ ރުޅިމަޑުވެއެވެ. ހަރުކަށި ޖަވާބަކުން ރުޅިގަނޑު ހުޅުފަޅައެވެ.


ރަނގަޅު ވަގުތުގައި ބުނެލާ ހެޔޮ ބަހެއް ރިހި ވަށިގަނޑެއްގައި ހުންނަ ރަން އާފަލުތަކެއް ފަދައެވެ.


އެއީ އެދުވަހު އަހަރެން ކަލޭމެން ބުނަންވީ ބަސްތަކާއި ބުއްދި ކަލޭމެންނަށް ދޭނަން. އެއީ އެއާއިމެދު ކަލޭމެންގެ ދުޝްމިނުންނަށް އެއްބަސްނުވެ ދެކޮޅު ނެހެދޭނެ ފަދަ ތެދު ޙިކުމަތްތެރި ބަސްތައް ކަމުގައި ވާނެ.


ނަމަވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅު މެދުވެރިކޮށް އިސްތިފާނުއަށް ލިބެމުން ދިޔަ އެހީއާއި ވިސްނުމާއި ޙިކުމަތުގެ ސަބަބުން އެމީހުންނަކަށް އިސްތިފާނު އާއި ދެކޮޅަށް ޖަދަލުކޮށް ބަހުސް ކުރުމުގެ ކުޅަދާނަކަމެއް ނުލިބުނެވެ.


ޝާއުލްގެފާނަށް ދާއޫދުގެ އަޑު އެނގިވަޑައި ގެންފިއެވެ. ވިދާޅުވިއެވެ. ”⁠ދަރިފުޅާ ދާއޫދު؟ ތިއީ ކަލޭގެ އަޑުތަ؟⁠“ ދާއޫދު ދެންނެވިއެވެ. ”⁠އާދެ ރަސްގެފާނު މަސާހިބު!⁠“


ޔަޤީނުން ވެސް ސާހިބުގެ ފުރާނައިގެ އަގު އަޅުގަނޑު މިއަދު ވަޒަން ކޮށްފިން. އެހެން ކަމުން މާތްރަސްކަލާނގެ ވެސް ހުރިހާ ދުއްތުރާލަކުން އަޅުގަނޑު ސަލާމަތް ކުރައްވައި އަޅުގަނޑުގެ ފުރާނައިގެ އަގު ވެސް ވަޒަން ކުރައްވާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ