1 ޞަމޫއީލް 24:14 - ކިތާބުލް މުޤައްދަސާ14 އިސްރާއީލުގެ ރަސްގެފާނު ތިޔަ ވަޑައިގަންނަވަނީ ކާކުގެ ފަހަތުން ތޯ؟ ކަލޭގެފާނު ތިޔަ ފައްސަވަނީ މަރުވެފައިވާ ކުއްތާއެއް ތޯ؟ ނުވަތަ ސެއްޅިއެއް ތޯ؟ အခန်းကိုကြည့်ပါ။ |
މިހެން ބުނުމުން އަބްނައިރު ގާތަށް ވަރަށް ރުޅި އަތުވެއްޖެއެވެ. ”އަހަރެން ކަލޭގެ ބައްޕައަކަށް އާއިލާގެ މީހަކަށް ތިމާގެމީހަކަށް ރައްޓެއްސަކަށް މިހާތަނަކަށް ހަރާންކޯރު ވެފައެއް ނޯންނާނެ. ކަލޭ އަސްލުގައި ވެސް ހީކުރަނީތަ އަހަރެން މީ ޔަހޫޛާގެ ކުއްތާއެއް ކަމަށް؟ އަހަރެން އެހެންނަމަ ކަލޭ ދާއޫދާ ހަވާލު ކުރާނެތާ ކިތަންމެ ދުވަހެއް. އެކަމަކު ކަލޭ ތިޔަ ބުނަނީ އަހަރެން ކަލޭގެ ބައްޕަގެ ޖާރިޔާއަކާއެކު ގުޅުމެއް ހިންގަނީއޭތަ؟
އެއަށް ފަހު ދާއޫދުގެފާނުގެ އާއިލާއަށް ހެޔޮ ދުޢާ ދެންނެވުމަށް ގެއަށް ވަޑައިގެންފިއެވެ. އެވަގުތު އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ނުކުމެއްޖެއެވެ. މީކާލް ފޫހިކަމާއެކު ދެންނެވިއެވެ. ”އިސްރާއީލީންގެ ރަސްގެފާނު މިއަދު ހާދަ ހުތުރު ވައްތަރުތަކެއް ޖައްސައިފިޔޭ. ކަލޭގެ އަރިސް މީހުންގެ އަޅު އަންހެނުންތަކުގެ ކުރިމަތީގައި އޮރިޔާންވެ އެއުޅުނީ އެންމެ ވިޔާ ނުދާ ލަދުކުޑަ ސޮހޮލެއްހެން؟“