Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 24:12 - ކިތާބުލް މުޤައްދަސާ

12 އަޅުގަނޑުމެން ކުރި ކުށެއް ވިއްޔާ އެކުށަކަށް އިންސާފު ކުރައްވާނީ މާތްރަސްކަލާނގެ. ކަލޭގެފާނު އަޅުގަނޑާއި މެދު ކުރެއްވި ކަމަކަށް އެކަލާނގެ ސަޒާ ދެއްވާނެ. އެކަމަކު އަޅުގަނޑު ކަލޭގެފާނަކަށް ގެއްލުމެއް ނުދޭނަން.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 24:12
17 ပူးပေါင်းရင်းမြစ်များ  

މި ގޮތަށް ދިމާވުމުން ސާރާއީ އަބްރާމްއަށް ވިދާޅުވިއެވެ. ”⁠މި ހުރިހާ ކަމެއްގެ ކުށްވެރިއަކީ ކަލޭގެފާނު. އަހަރެންގެ އަޅު އަންހެން މީހާ އަހަރެން ކަލޭގެފާނަށް ދިނީމު. އެކަމަކު އޭނާ ބަލިވެއިންކަން ގައިމުވުމުން އަހަރެންނާއި މެދު ނަފްރަތު ކުރަން ފަށައިފި. އަހަންނާއި މެދު ކަލޭގެފާނަށް ތިޔަ ކަންތައް ކުރެއްވެނީ ކިހާ އިހާނެތިކޮށް. މިކަމާއި މެދު މާތްރަސްކަލާނގެ ކުރިފުޅުމަތީ ކަލޭގެފާނު ޒިންމާ އުފުއްލަވަން ޖެހޭނެ.⁠“


އަހަރެންގެ ބައްޕަ ނާޙޫރުގެ ކަލާނގެ އަދި ތިބާގެ ކާފަ އިބްރާހީމްގެފާނުގެ ކަލާނގެ މާތްކަލާނގެ އަހަރެމެން ދެމީހުންގެ މެދުގައި އިންސާފު ކުރައްވާނެ.⁠“ އެހެންވެ، ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބަފައިކަލުން އިސްޙާޤުގެ ފާނު ބިރުފުޅުގަންނަ ކަލާނގެ މާތްކަލާނގެ ނަންފުޅުގައި ޢަހުދުކަށަވަރު ކުރެއްވިއެވެ.


މިއަޅާގެ އަދާވާތްތެރިންނަށް ސަޒާ ދެއްވީ އެކަލާނގެއެވެ. އަދި މިއަޅާގެ އަތްދަށަށް ޤައުމުތައް ގެނެސް ދެއްވީވެސް އެކަލާނގެއެވެ.


އެކަލޭގެފާނު ބަދުނާމު ކުރެއްވުމަކުން އެކަމުގެ ބަދަލެއް ނުހިއްޕަވައެވެ. އެކަލޭގެފާނު ވޭނާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން މީސްތަކުންނަށް ބިރެއް ނުދައްކަވައެވެ. އެކަލޭގެފާނާއި މެދުގައި ވީ ކަންތައް ތަކާއިމެދު ފައިސަލާ ކުރެއްވުމަށް މާތްރަސްކަލާނގެ އާއި ވަކީލު ކުރެއްވިއެވެ. އެކަލާނގެއީ އަބަދުވެސް އިންސާފުވަންތަ ރަސްކަލާނގެއެވެ.


އެބައިމީހުން ހަރު އަޑުން ގޮވަމުން ދިޔައެވެ. ”⁠ސާހިބުވަންތަ ރަސްކަލާކޮ! އިނބަރަސްކަލާނގެއީ މުޤައްދަސް އަދި ތެދުވެރި ފަރާތްމެ! މި ދުނިޔޭގައި އަޅަމެން ގަތުލުކުރި މީހުންނަށް ޢުޤޫބާތް ދެއްވުމުގައި ފައިސަލާ ކުރެއްވުމަށް އިނބަރަސްކަލާނގެ ކިހާ މުއްދަތެއް ނަންގަވާނަންތޯ؟⁠“


ދާއޫދު ރާމަތުގެ ނައިވަތުން ފިލައިގެންގޮސް ޔޫނަތައިންއާ ބައްދަލު ކޮށްފައި އަހައިފިއެވެ. ”⁠ކަލޭގެ ބައްޕަ އަހަރެން މަރާލަން އެ އުޅުއްވަނީ އަހަރެން އެކަލޭގެފާނަށް ކުރި ކޮން ދުއްތުރާލަކާ ހެދި ތަ؟ އަހަރެން ކުރީ ކީއްތަ؟⁠“


މާތްރަސްކަލާނގެ އަހަރެމެންގެ ދެމެދުގައި އިންސާފު ކުރައްވާށި. އަދި އަޅުގަނޑު މި ދަންނަވަނީ ތެދެއްކަން އެކަލާނގެ ހެކިވެވޮޑިގަންނަވާށި! މާތްރަސްކަލާނގެ ކަލޭގެފާނުގެ އަތްޕުޅުދަށުން އަޅުގަނޑު ސަލާމަތް ކުރައްވާށި!⁠“


ޞާލިޙު އަދި ތެދުވެރި ގޮތުގައި ހުރި މީހަކަށް މާތްރަސްކަލާނގެ ހެޔޮ ޖަޒާ ދެއްވާނެ. މިއަދު އަޅުގަނޑުގެ އަތް ދަށަށް ސާހިބުގެ ފުރާނަ މާތްރަސްކަލާނގެ ދެއްވުމުން ވެސް އެކަލާނގެ އިސް ކުރައްވާފައިވާ ފަރާތަކަށް އަޅުގަނޑު ގެއްލުމެއް ނުދިނިން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ