Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 24:11 - ކިތާބުލް މުޤައްދަސާ

11 ބައްޕާފުޅާ، ނިކަން ބައްލަވަ މިއޮތީ ކަލޭގެފާނުގެ ހެދުންކޮޅުން އަޅުގަނޑު ކަނޑާފައިވާ އެތިކޮޅެއް. އަޅުގަނޑު ކެނޑީ މި އެތިކޮޅު. އެކަމަކު ކަލޭގެފާނަށް ޣައްދާރުވެ އަވަހާރަ ކޮށެއް ނުލަން. މިހާރު ގަބޫލު ކުރެއްވޭނެ ނޫންތޯ މަނިކުފާނު އަޅުގަނޑު އަތުލައިގަނެ މަރާލަން އުޅުއްވި އިރު ވެސް އަޅުގަނޑު ކަލޭގެފާނަށް ގެއްލުމެއް ދޭން ނޫޅޭކަން.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 24:11
22 ပူးပေါင်းရင်းမြစ်များ  

ދާއޫދު ބުންޏެވެ. ”⁠މާތްރަސްކަލާނގެ އިސްކުރައްވާފައި ވެރިޔަކު މަރާލަން ކަލޭ ބިރެއް ވެސް ނުގެންތަ؟⁠“


މަޑުމައިތިރި ޖަވާބަކުން އަނެކާގެ ރުޅިމަޑުވެއެވެ. ހަރުކަށި ޖަވާބަކުން ރުޅިގަނޑު ހުޅުފަޅައެވެ.


މިހެން ކަންތައް ވުމުގެ ސަބަބުން ބާވައިލެއްވުނު ފޮތްތަކުގައި ލިޔެވިގެންވީ މިބަސްފުޅު ވެސް ތެދަކަށް ވެއްޖެ. އެއީ ލިޔެވިގެންވޭ. ’⁠އެމީހުން އަހަރެންދެކެ ރުޅިއައިސް ނަފްރަތުކުރީ އެއްވެސް ސަބަބަކާއި ނުލައޭ.⁠‘


އަހަރެން މިހާރު މިހިރީ ކަލޭމެންގެ ކުރިމަތީގައި. އަހަރެން ކަލޭމެންގެ ވެރިއެއްގެ ގޮތުގައި ހުރި އިރު ތިއިން އެއްވެސް މީހަކަށް ދެރައެއް ދިނިންތަ؟ އެއްވެސް މީހެއްގެ ގެރިއެއް ހިމާރެއް ނެގިންތަ؟ އެއްވެސް މީހެއް އެދޭ ގޮތަކަށް ކަންތައް ނިންމައި ދިނުމަށް ރިޝްވަތެއް އަތުލާފައި ވާނެތަ؟ އެފަދަ ކަމެއް އަހަރެންގެ ފަރާތުން ކުރެވިފައި ވާނަމަ މާތްރަސްކަލާނގެއާއި ކަލޭމެންގެ އެކަލާނގެ ހޮއްވަވާފައިވާ ރަސްގެފާނުގެ ހާޒިރުގައި އެވާހަކަ ބުނޭ. އޭރުން އަހަރެން އޭގެ ބަދަލު އަދާކޮށް ދޭނަން.⁠“


ދާއޫދުއާއި އޭނާގެ ބައިވެރިން ގޮސް ދުއިސައްތަ ފިލިސްޠީނުން މަރައި އެވިދާޅުވި ފަދައިން ކަންތައް ކޮށްފިއެވެ. ރަސްގެފާނު މި ކަން ކަށަވަރު ކުރެއްވުމަށް ފަހު މީކާލްއާއި ދާއޫދު ކައިވެނި ކުރުވައި ދެއްވައިފިއެވެ.


ދާއޫދު ފަރުބަދަތަކުގެ ތެރޭގައިއާއި ޒީފު ސަހަރާގެ ތެރޭގައި ފިލަފިލައިގެން އުޅެމުން ދިޔައެވެ. ޝާއުލްގެފާނު ދާއޫދު ހޯދަން ލައްކަ މަސައްކަތް ކުރެއްވިއެވެ. އެކަމަކު މާތްކަލާނގެ ޝާއުލްގެފާނުގެ އަތްދަށަށް ދާއޫދު ދިޔަކަ ނުދެއްވިއެވެ.


އޭނާ ފިލާ ހުންނަ ހުރިހާ ތަނެއް ބަލައި އޮޅުން ފިލުވައިގެން އައިސް އަހަންނަށް އަންގާ. އޭނާ ތިޔަ ސަރަހައްދުގައި ހުރިނަމަ އަހަރެން ކަލޭމެންނާއެކު ދާނަން. އަހަރެން މިހިރީ ޔަހޫޛާގެ ހުރިހާ ސަރަހައްދެއް ހޯދަން ޖެހުނު ކަމުގައިވިޔަސް އޭނާ ހުރި ތަނެއް ހޯދަން ތައްޔާރަށް.⁠“


ސާހިބުގެ މި ޚާދިމާގެ ފަރާތުން ކުރެވުނު ކުށަށް މަޢާފު ދެއްވާ. މާތްރަސްކަލާނގެ ސާހިބުގެ ރަސްކަން ދާއިމަށް ދަންމަވާށި. އެހެނީ ސާހިބު ތިޔަ ކުރައްވާ ހަނގުރާމައަކީ މާތްރަސްކަލާނގެ އަށްޓަކައި ކުރައްވާ ހަނގުރާމަ ތަކެއް. ސާހިބު ދުނިޔޭގައި ހުރިހާތައް ދުވަހަކު ނުބައި ކަމެއް ކުރައްވަން މެދުވެރި ނުކުރައްވާށި.


އަދިވެސް ދާއޫދު ބުންޏެވެ. ”⁠ސާހިބު ނޯކަރު ފައްސަވަމުން ތިޔަ ވަޑައިގަންނަވަނީ ކީއްވެތޯ؟ އަޅުގަނޑު ކުށްވެރި ވީ އަޅުގަނޑު ކުރި ކޮންކަމަކާ ހުރެ ތޯ؟


އަޅުގަނޑުގެ ލޭ މާތްރަސްކަލާނގެ ކުރިފުޅު މައްޗަށް ނޫން ތަނަކަށް އޮހެރޭނެ ގޮތް ހައްދަވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟ އިސްރާއީލުގެ ރަސްގެފާނު ވަޑައިގެން ތިޔަ ހުންނެވީ ސެއްޅިއެއް ފައްސަވަންތޯ؟ ނޫނީ މި ފަރުބަދަތަކުގެ ތެރޭން ދޫންޏެއް ޝިކާރަ ކުރައްވަންތޯ؟⁠“


ޞާލިޙު އަދި ތެދުވެރި ގޮތުގައި ހުރި މީހަކަށް މާތްރަސްކަލާނގެ ހެޔޮ ޖަޒާ ދެއްވާނެ. މިއަދު އަޅުގަނޑުގެ އަތް ދަށަށް ސާހިބުގެ ފުރާނަ މާތްރަސްކަލާނގެ ދެއްވުމުން ވެސް އެކަލާނގެ އިސް ކުރައްވާފައިވާ ފަރާތަކަށް އަޅުގަނޑު ގެއްލުމެއް ނުދިނިން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ