6 (މި ހިނދު އަބިޔާތަރު ފިލައިގެން ދާއޫދުގެ ގާތަށް އައިއިރު އައީ އަޅުކަމުގެ ޖުއްބާ އަފޫދު ވެސް ހިފައިގެންނެވެ.)
ފަންނުވެރިން ލައްވައި އަފޫދު ތައްޔާރު ކުރަން ވާނީ މޮޅު ލިނެން ފޮތިން ރަނުންނާއި ނުލުންނާއި ދަނބުންނާއި ގަދަރަތް ރޮދިން ޖަރީކޮށްގެން.
ޝާއުލްގެފާނު އަޚިއްޔާ ގާތު ވިދާޅުވިއެވެ. ”އަފޫދު މިތަނަށް ގެނޭ.“ އޭރު އިމާމު ވަނީ އިސްރާއީލީންގެ މެދުގައި އަފޫދު ހެދުމުގައެވެ.
މި މީހުންގެ ތެރޭގައި އިމާމުންގެ އަފޫދު ހެދުން ލާފައި ހުރި އެކަކީ އަޚިއްޔާ އެވެ. މީނާއަކީ ޔަކުބޫދުގެ ބޭބެ އަޚީތޫބްގެ ދަރިއެކެވެ. ޔަކްބޫދު އަކީ ޝީލޫހުގައި މާތްރަސްކަލާނގެ އިމާމެއްގެ ގޮތުގައި ހުރި ޢާލީ ދަރި ފީނަޙާސް ގެ ދަރިއެކެވެ. މިއިން އެކަކަށް ވެސް ޔޫނަތައިން އެތަނުން ދިޔަކަމެއް އެނގިފައެއް ނެތެވެ.
މި ހަމަލައިން ސަލާމަތްވީ އަޚީމާލިކުގެ ދަރި އަބިޔާތަރު އެކަންޏެވެ. އޭނާ ފިލައިގެން ދިޔައީ ދާއޫދުގެ ގާތަށެވެ.
ދާއޫދު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”މިއަޅާ ގޮސް ފިލިސްޠީނުންނަށް ހަމަލަ ދޭންވީތޯ.“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ގޮސް ފިލިސްޠީނުންގެ އަތްދަށުން ޤަޢީލާ ސަލާމަތް ކޮށްދީ.“
ދެން ދާއޫދުއާއި އޭނާގެ މީހުން ޤަޢީލާއަށް އަރައި ފިލިސްޠީނުންނަށް ހަމަލަދީ އެމީހުންގެ އެތައް ބަޔަކު މަރާލައި ޖަނަވާރުތައް އަތުލައި އެރަށް ސަލާމަތް ކޮށްފިއެވެ.
ދާއޫދު ޤަޢީލާގައި އުޅޭ ޚަބަރު ޝާއުލްގެފާނަށް އިވި ވަޑައިގަތުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ”މާތްކަލާނގެ އަހަރެންގެ އަތްދަށަށް ދާއޫދު ގެނެސް ދެއްވައިފި. އެހެނީ އެރަށަކީ ބޮޑު ދޮރާއްޓެއް ލައި ތޭރި ޖަހައި ބަންދު ކުރެވޭނެ ގޮތަށް ހުރި ރަށެއް. އޭނާ އަހަރެންގެ ދަންތުރައިގައި ޖެހިއްޖެ.“
މި ޚަބަރު ލިބިގެން އަފޫދު ޖުއްބާ ގެންނަން ދާއޫދު އަބިޔާތަރުއަށް އެންގިއެވެ.
ދާއޫދު އަބިޔާތަރު އިމާމު ގާތު ބުންޏެވެ. ”ދުޢާ ދަންނަވަން ލާ އަފޫދު ޖުއްބާ ގެނޭ.“