5 ދެން ދާއޫދުއާއި އޭނާގެ މީހުން ޤަޢީލާއަށް އަރައި ފިލިސްޠީނުންނަށް ހަމަލަދީ އެމީހުންގެ އެތައް ބަޔަކު މަރާލައި ޖަނަވާރުތައް އަތުލައި އެރަށް ސަލާމަތް ކޮށްފިއެވެ.
މިއަޅާއަށް ހަނގުރާމައިގައި ގަދަކަން ދެއްވީ އިނބަރަސްކަލާނގެއެވެ. މިއަޅާގެ ދުޝްމިނުން އިނބަރަސްކަލާނގެ މިއަޅާގެ އަތްދަށު ލައްވާ ދެއްވިއެވެ.
ފިލިސްޠީނުން އަނެއްފަހަރު ހަނގުރާމައަށް އަތުވެއްޖެއެވެ. ދާއޫދު ނުކުމެ އެމީހުނާ ހަނގުރާމަ ކޮށްލި ވަރުގަދަ ކަމުން އެމީހުން އޭނާގެ ކުރިމަތިން ދުވެ ފިލައިފި އެވެ.
ދާއޫދު އަނެއްފަހަރު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”ޤަޢީލާއަށް ގޮސް ފިލިސްޠީނުންނަށް ހަމަލަދީ. ތިމަންކަލާނގެ ކަލޭމެންނަށް ނަސްރު ދޭނަން.“
(މި ހިނދު އަބިޔާތަރު ފިލައިގެން ދާއޫދުގެ ގާތަށް އައިއިރު އައީ އަޅުކަމުގެ ޖުއްބާ އަފޫދު ވެސް ހިފައިގެންނެވެ.)