3 އެކަމަކު ދާއޫދާއެކު ތިބި މީހުން ބުނެއްޕެވެ. ”އަހަރެމެން ޔަހޫޛާގެ މިރަށުގައި ވެސް މިތިބީ ބިރުން. އަހަރެމެން ފިލިސްޠީނުންނާ ހަނގުރާމައަށް ދާން އަދި ކިހާ ބިރެއް ގަންނާނެތަ؟“
ދާއޫދު ޒީފުގެ ހޫރީޝްގައި އުޅެނިކޮށް ޝާއުލްގެފާނު އޭނާ އަތުލައިގަންނަން އަންނަ ޚަބަރު ލިބިއްޖެއެވެ.
ދާއޫދު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”މިއަޅާ ގޮސް ފިލިސްޠީނުންނަށް ހަމަލަ ދޭންވީތޯ.“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ގޮސް ފިލިސްޠީނުންގެ އަތްދަށުން ޤަޢީލާ ސަލާމަތް ކޮށްދީ.“
އޭނާ ފިލާ ހުންނަ ހުރިހާ ތަނެއް ބަލައި އޮޅުން ފިލުވައިގެން އައިސް އަހަންނަށް އަންގާ. އޭނާ ތިޔަ ސަރަހައްދުގައި ހުރިނަމަ އަހަރެން ކަލޭމެންނާއެކު ދާނަން. އަހަރެން މިހިރީ ޔަހޫޛާގެ ހުރިހާ ސަރަހައްދެއް ހޯދަން ޖެހުނު ކަމުގައިވިޔަސް އޭނާ ހުރި ތަނެއް ހޯދަން ތައްޔާރަށް.“
ޝާއުލްގެފާނުގެ ސިފައިން އެފަރުބަދަގަނޑުގެ އެއްފަރާތަށް ދާއިރަށް ދާއޫދުގެ މީހުން އޭގެ އަނެއް ފަރާތަށް ދެއެވެ. ދާއޫދުއާއި އޭނާގެ މީހުން އުޅުނީ ޝާއުލްގެފާނުގެ އަތްދަށުނުވެ ރައްކާވާށެވެ. ޝާއުލްގެފާނަށް ދާއޫދު ވީތަން އެނގިވަޑައިގެން އޭނާ އަތުލައިގަންނަވަން ތައްޔާރު ވެއްޖެއެވެ.
ދާއޫދު އަނެއްފަހަރު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”ޤަޢީލާއަށް ގޮސް ފިލިސްޠީނުންނަށް ހަމަލަދީ. ތިމަންކަލާނގެ ކަލޭމެންނަށް ނަސްރު ދޭނަން.“