Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 23:26 - ކިތާބުލް މުޤައްދަސާ

26 ޝާއުލްގެފާނުގެ ސިފައިން އެފަރުބަދަގަނޑުގެ އެއްފަރާތަށް ދާއިރަށް ދާއޫދުގެ މީހުން އޭގެ އަނެއް ފަރާތަށް ދެއެވެ. ދާއޫދުއާއި އޭނާގެ މީހުން އުޅުނީ ޝާއުލްގެފާނުގެ އަތްދަށުނުވެ ރައްކާވާށެވެ. ޝާއުލްގެފާނަށް ދާއޫދު ވީތަން އެނގިވަޑައިގެން އޭނާ އަތުލައިގަންނަވަން ތައްޔާރު ވެއްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 23:26
17 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނު އެކަލޭގެފާނުގެ އަރިހު ބޭކަލުން އެއްކުރައްވައި ވިދާޅުވިއެވެ. ”⁠ޖެރޫސަލަމުގައި ތިބި އެބައެއްގެ މީހުންނާއެކު އަހަރެމެން މިރަށުން ބޭރުވާން ޖެހިއްޖެ. އަހަރެމެން މިރަށުގައި ތިބެއްޖެއްޔާ އަބްޝާލޫމް އައިސް އަހަރެމެން އެންމެންގެ ދުވަސް ދުއްވާލާނެ. އޭނާގެ އަތްދަށު ވުމުގެ ކުރީގައި އަހަރެމެން އެންމެން މިތަނުން އަވަހަށް ދާންހިނގާ. އެހެންނޫނީ އޭނާ އައިސް އަހަރެމެން ބަލިކޮށް ޖެރޫސަލަމުގެ އާންމުން ވެސް މަރާލާފާނެ.⁠“


އެބައިމީހުން މުޅި ދުނިޔޭގެ ތެރެއަށް ފެތުރިގެން ދާނެއެވެ. މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ވަށައިގެންނާއި އެކަލާނގެ ލޯބިވެ ވޮޑިގެންވާ ސަހަރުގެ ވަށައިގެން މިބައިމީހުން ތިބޭނެއެވެ. ނަމަވެސް އުޑުން އަލިފާން ބިމަށް ފޮނުއްވައި އެބައިމީހުންގެ ލަޝްކަރު ނެތިކުރައްވާނެއެވެ.


މިހެން ކިޔާފައި މީކާލް ކުޑަދޮރަކުން ދާއޫދު ބޭރުކޮށްފި އެވެ. ދާއޫދު ފިލާ ރައްކާވެއްޖެ އެވެ.


ދެން އޭނާ ގޮވާލިއެވެ. ”⁠އަވަސް ކުރޭ. އަވަހަށް ދުވޭ! މަޑުނުކުރޭ.⁠“ އެ ސޮރު ތީރު ހިފައިގެން ދުވެފައި އައިސް އެސޮރުގެ ސާހިބުގެ އަތަށް ތީރު ދިނެވެ.


ޝާއުލްގެފާނަށް ދާއޫދު ވީ މަޢޫނުގައި ކަން އެނގިވަޑައިގަތުމުން އެކަލޭގެފާނުގެ ސިފައިން އެތަނަށް ދާން ތައްޔާރު ވެއްޖެއެވެ. އެކަމަކު މި ޚަބަރު ދާއޫދަށް އިވުމުން އޭނާ މަޢޫނު ސަހަރާގައި ފިލާ ހުރެވޭނެ ހިލައެއްގެ ފުރަގަހަށް ހިނގައްޖެއެވެ. ޝާއުލްގެފާނަށް ދާއޫދު ވީތަން އެނގުމުން މައޫން ސަހަރާއާ ދިމާއަށް ވަޑައިގަންނަވަން ފައްޓަވައިފިއެވެ.


އެވަގުތު ޚަބަރު ހިފައިގެން އައި މީހަކު އައިސް ޝާއުލްގެފާނަށް ދެންނެވިއެވެ. ”⁠އަވަހަށް ވަޑައިގަންނަވާ. ފިލިސްޠީނުން އައިސް އިސްރާއީލީންނަށް ހަމަލަ ދީ ހުރިހާ އެއްޗެއް ކޮޅައި ނަގަން ފަށައިފި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ