1 ޞަމޫއީލް 23:24 - ކިތާބުލް މުޤައްދަސާ24 ޒީފުގެ މީހުން އެނބުރި ހިނގައްޖެއެވެ. އެމީހުން ދިޔަ ތަނާހެން ޝާއުލްގެފާނު ސިފައިންނާއެކު އެރަށަށް ވަޑައިގެންފިއެވެ. އޭރު ވެސް ދާއޫދާއި އޭނާގެ މީހުން ވީ މަޢޫނު ސަހަރާގައި ދެކުނުން އޮންނަ ޔަޝީމޫންގެ ސަހަރާތެރޭގައެވެ. အခန်းကိုကြည့်ပါ။ |
ޝާއުލްގެފާނަށް ދާއޫދު ވީ މަޢޫނުގައި ކަން އެނގިވަޑައިގަތުމުން އެކަލޭގެފާނުގެ ސިފައިން އެތަނަށް ދާން ތައްޔާރު ވެއްޖެއެވެ. އެކަމަކު މި ޚަބަރު ދާއޫދަށް އިވުމުން އޭނާ މަޢޫނު ސަހަރާގައި ފިލާ ހުރެވޭނެ ހިލައެއްގެ ފުރަގަހަށް ހިނގައްޖެއެވެ. ޝާއުލްގެފާނަށް ދާއޫދު ވީތަން އެނގުމުން މައޫން ސަހަރާއާ ދިމާއަށް ވަޑައިގަންނަވަން ފައްޓަވައިފިއެވެ.
އޭރު މަޢޫނު ސަހަރާއިން އައިސް ހުރި ވަރަށް މުއްސަނދި މަހުޖަނަކު އުޅެއެވެ. އޭނާގެ ނަމަކީ ނާބާލް އެވެ. އޭނާގެ އަންހެނުން އަބީޖާއިލް އަކީ ވަރަށް ރީތި ވިސްނުންތެރި އަންހެނެކެވެ. އެކަމަކު އޭނާގެ ފިރިމީހާ އަކީ ކާލިބީ ގަބީލާގެ މީހަކަށް ވެފައި ނުހަނު ހަރުކަށި އަނިޔާވެރި ނުބައި ނުލަފާ މީހެކެވެ. ކަރުމަލުގައި އޭނާގެ އަތުގައި ތިންހާސް ކަންބަޅިއާއި އެއްހާސް ބަކަރި އޮވެއެވެ. އޭނާ އައިސް މި އުޅެނީ ކަންބަޅި ކެހެރި ކޮށާށެވެ.