Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 23:17 - ކިތާބުލް މުޤައްދަސާ

17 ”⁠ބިރު ނުގަނޭ. ބައްޕައަކަށް ކަލޭ އަތުލައެއް ނުގަނެވޭނެ. އަސްލުގައި އިސްރާއީލުގެ ރަސްކަލަކަށް ވާނީ ކަލޭ. އަހަރެން ހުންނާނީ ކަލޭގެ ދަށުގައި ދެވަނަ މީހަކަށް. ބައްޕައަށް ވެސް މިކަން އެނގޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 23:17
24 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެއަށް ބިރުވެތިވާ މީހާއާއި އޭނާގެ ދަރިންނަށް ރައްކާތެރިކަމުގެ ކިއްލާއެއް ލިބިފައިވެއެވެ.


އިންސާނާއަށް ކުރެވޭނީ ތަދުބީރެވެ. ތަގުދީރު ކުރައްވާނީ މާތްރަސްކަލާނގެއެވެ.


މަގޭ ލޮބުވެތި އެކުވެރިންނޭ. ބިރުނުގަނޭ. އެއީ ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު އެކަލާނގެ ރަސްކަންފުޅު ކަލޭމެންނަށް ދެއްވުމަށް ވަނީ ވަރަށް ބޮޑަށް ރުހިވޮޑިގެންފަ.


ރޯމުގައި ޕައުލް އަށް އަމިއްލަ ތާކު ހުރުމުގެ ހުއްދަ އޭނާއަށް އޮތެވެ. ނަމަވެސް ސިފައިންގެ މީހަކު އޭނާގެ ގާތުގައި އަބަދުވެސް ފޯރިމަރަމުން ދިޔައެވެ.


ނަމަވެސް އެމީހުން އެ ކުރާ ކަންތައްތައް އެކުރަނީ މާތްރަސްކަލާނގެ އެންގެވި އެންގެވުމަށް ކަމުގައި ވަނީ ނަމަ ކަލޭމެންނަކަށް އެމީހުންނެއް ނުހުއްޓުވޭނެ. އަދި ކޮބާ އޭރުން ކަލޭމެންނަށް އެ އިދިކޮޅު ވެވެނީ މާތްރަސްކަލާނގެ ކިބަފުޅާއި މެދު ކަމުގައި ވެސް ވެދާނެ.⁠“


އަހަރެމެން ނިކަން ކެރިގެން މިހެން ބުނަމާހިނގާށެވެ. ”⁠މާތްރަސްކަލާނގެއަކީ އަހަރެންގެ އެހީތެރިޔާއެވެ. އެހެންވެ އަހަރެން ބިރެއް ނުގަންނާނެއެވެ. އިންސާނަކަށް އަހަންނަށް ދެވޭނީ ކޮން ދެރައެއް ހެއްޔެވެ؟⁠“


ޔައްސާގެ ދަރި ދުނިޔޭގައި ހުރެއްޖެނަމަ ކަލޭ ވެސް ކަލޭގެ ރަސްކަން ވެސް ދެމިއެއް ނޯންނާނެ. ހަމަ މިހާރު އޭނާ ބަލާ ފޮނުވައިގެން ގެނޭ. އޭނާ ޖެހޭނީ މަރާލަން!⁠“


ބިރުގަންނާނެ ކަމެއް ނެތް. ކަލޭ މަރާލަން ތިޔަ އުޅޭ މީހަކީ އަހަރެން މަރާލަން އުޅޭ މީހާ. އަހަރެންގެ ގާތު ހުރޭ. ކަލެއަކަށް ނުރައްކަލެއް ނުފޯރާނެ.⁠“


މީހެއްގެ އަތްދަށަށް އޭނާގެ އަދާވާތްތެރިޔަކު ހިނގައްޖެނަމަ ގެއްލުމެއް ނުދީ ދޫކޮށެއް ނުލާނެ. މިއަދު ކަލޭ އަހަންނާ މެދު ކަންތައް ތިޔަ ކުރި ރަނގަޅު ކަމަށްޓަކައި މާތްރަސްކަލާނގެ ކަލެއަށް އެކަމުގެ ހެޔޮ ޖަޒާ ދެއްވާށި.


އަހަންނަށް ވެސް އެނގޭ އިސްރާއީލުގެ ރަސްކަން ލިބޭނީ ކަލެއަށް ކަން. އަދި އިސްރާއީލުގެ ރަސްކަން ގާއިމުވެގެން ދާނީ ކަލޭގެ ވެރިކަމުގައި ކަން.


މިހާރު ކަލޭ ހުވާކޮށްފައި ބުނޭ ކަލޭ އަހަރެންގެ ދަރިފަސްކޮޅު މަރައި އަހަރެންގެ ބައްޕަގެ އާއިލާއިން އަހަރެންގެ ނަން ފޮހެ ނުލާނެ ކަމަށް.⁠“


މީހަކު އައިސް ދާއޫދުގާތު ބުނެއްޕެވެ. ”⁠މާތްރަސްކަލާނގެ ކަލޭގެފާނަށް އެދުވަހަކާ މެދު ވަޢުދު ކުރެއްވި ދުވަސް މިއޮތީ އައިސްފަ. އެކަލާނގެ އެންގެވިއެއް ނޫންތަ ކަލޭގެ އަދާވާތްތެރިންނަށް ކަލޭ ހަދާނެ ގޮތެއް ހެދުމަށް ކަލެއާ ހަވާލު ކުރައްވާނަމޭ.⁠“ ދެން ދާއޫދު ސިއްރު ސިއްރުން ގޮސް ޝާއުލްގެފާނުގެ ހެދުންކޮޅުގެ ފަސްބައިން ތަންކޮޅެއް ކަނޑައިގެން ގެންގޮސްފިއެވެ.


މާތްރަސްކަލާނގެ ސާހިބަށް ހުރިހާކަމެއް ކޮށް ދެއްވަނީ އެކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދަ ފުރިހަމަ ގޮތުގައި. އަދި އިސްރާއީލުގެ ވެރިކަން ވެސް ސާހިބަށް ދެއްވާފައިވޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ