Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 23:16 - ކިތާބުލް މުޤައްދަސާ

16 އެކަމަކު ޝާއުލްގެފާނުގެ ދަރިކަލުން ޔޫނަތައިން އައިސް ދާއޫދަށް މާތްކަލާނގެއަށް އިތުބާރު ކުރުމަށް ހިތްވަރު ދިނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 23:16
16 ပူးပေါင်းရင်းမြစ်များ  

ދަގަނޑު ކެނޑޭނީ ދަގަނޑުންނެވެ. ރައްޓެއްސަކު އިސްލާހު ކުރެވޭނީ ރައްޓެއްސަކަށެވެ.


މީރުވަސްދުވާ އަތަރަކުން ނުވަތަ މާވަހަރު ފަދައެއްޗެއްގެ ދުމުން ހިތަށް އުފާ ލިއްބައިދެއެވެ. އެފަދައިން ރަޙުމަތްތެރިޔެއްގެ ހެޔޮ ނަސޭހަތް ފުރާނައަށް ހިތްހަމަ ޖެހުން ގެނެސްދެއެވެ.


ނަމަވެސް އަހަރެން ކަލެއަށްޓަކައި ދުޢާކޮށްފީން. އެއީ ކަލޭގެ އީމާންކަން ނެތިގެން ނުދިއުމަށް އެދި. ކަލޭ ތައުބާވެ އަލުން އަހަރެންގެ ކިބައަށް އެނބުރުމަށް ފަހު ކަލޭގެ އެހެން އަޚުންނަށް އީމާންކަން މަތީ ދެމިތިބުމަށް ހިތްވަރު ދީ.⁠“


އެކަލޭގެފާނުގެ އަރިހަށް އެވަގުތު މަލާއިކަތަކު ވަޑައިގެން އެކަލޭގެފާނަށް ހިތްވަރު ދެއްވިއެވެ.


އަހަރެން ތިޔަބައިމީހުންނަށް ބުނާ ފަހުބަހަކީ މިއީއެވެ. މާތްސާހިބާއާ ގުޅިފައިވެ އެކަލޭގެފާނުގެ ހަކަތައިން ތިޔަބައިމީހުން ބާރުހޯދާށެވެ.


އެހެންވީމާ މަގޭ ދަރިފުޅާއެވެ. އީސާ އަލްމަސީޙުގެ ނިޢުމަތްފުޅުން ބާރު ލިބިގަންނާށެވެ.


ދާއޫދު ޒީފުގެ ހޫރީޝްގައި އުޅެނިކޮށް ޝާއުލްގެފާނު އޭނާ އަތުލައިގަންނަން އަންނަ ޚަބަރު ލިބިއްޖެއެވެ.


މިކަންތައް މިހެން ހިނގައި އެމީހުންގެ ދަރިންކޮޅު ގެއްލުމުން އެމީހުން ތިބީ ރުޅިގަދަވެފަ އެވެ. އެމީހުން ދާއޫދު ގަލުން ތަޅައި ރަޖަމްކުރަން މަޝްވަރާ ކުރަން ފަށައިފިއެވެ. މިކަމާ ދާއޫދު ވަރަށް ކަންބޮޑު ވެއްޖެއެވެ. އެހެނަސް ދާއޫދު ވާގި އެދެމުން ދިޔައީ އޭނާގެ އިލާހު، މާތްރަސްކަލާނގެ ކިބަފުޅުން ނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ