Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 23:15 - ކިތާބުލް މުޤައްދަސާ

15 ދާއޫދު ޒީފުގެ ހޫރީޝްގައި އުޅެނިކޮށް ޝާއުލްގެފާނު އޭނާ އަތުލައިގަންނަން އަންނަ ޚަބަރު ލިބިއްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 23:15
7 ပူးပေါင်းရင်းမြစ်များ  

ދެން އެމީހުން އިޝްބޫސަތުގެ ބޯ ބުރި ހިފައިގެން ޙަބްރޫނަށް އައިސް ދާއޫދު ރަސްގެފާނުގެ ގާތަށް އަތުވެއްޖެއެވެ. އައިސް އެމީހުން ރަސްގެފާނަށް ދެންނެވިއެވެ. ”⁠ނިކަން ބައްލަވާ! މިއޮތީ ސާހިބު މަރާލަން އުޅުއްވި އަދާވާތްތެރިޔާ ޝާއުލްގެފާނުގެ ދަރިކަލުންގެ ބޯ! މިއަދު މާތްރަސްކަލާނގެ ޝާއުލްގެފާނުގެ އާއިލާގެ ކިބައިން ކަލޭގެފާނަށް ބަދަލު ހިއްޕަވާ ދެއްވައިފި!⁠“


މިދުނިޔެ އެމީހުންނާ އެކަށީގެންވާހާ ރަނގަޅެއް ނުވިއެވެ. އެމީހުން މިދުނިޔޭގައި އުޅުނީ ރެފިއުޖީންގެ ގޮތުގައެވެ. ސަހަރާއާއި ފަރުބަދަތަކުގެ ހޮހަޅަތަކުގައިއާއި ބިމުގައި ހުރި ވަޅުތަކުގައެވެ.


ދާއޫދު ފަރުބަދަތަކުގެ ތެރޭގައިއާއި ޒީފު ސަހަރާގެ ތެރޭގައި ފިލަފިލައިގެން އުޅެމުން ދިޔައެވެ. ޝާއުލްގެފާނު ދާއޫދު ހޯދަން ލައްކަ މަސައްކަތް ކުރެއްވިއެވެ. އެކަމަކު މާތްކަލާނގެ ޝާއުލްގެފާނުގެ އަތްދަށަށް ދާއޫދު ދިޔަކަ ނުދެއްވިއެވެ.


އެކަމަކު ޝާއުލްގެފާނުގެ ދަރިކަލުން ޔޫނަތައިން އައިސް ދާއޫދަށް މާތްކަލާނގެއަށް އިތުބާރު ކުރުމަށް ހިތްވަރު ދިނެވެ.


އެކަމަކު ދާއޫދާއެކު ތިބި މީހުން ބުނެއްޕެވެ. ”⁠އަހަރެމެން ޔަހޫޛާގެ މިރަށުގައި ވެސް މިތިބީ ބިރުން. އަހަރެމެން ފިލިސްޠީނުންނާ ހަނގުރާމައަށް ދާން އަދި ކިހާ ބިރެއް ގަންނާނެތަ؟⁠“


އެމީހުން ޔަޝީމޫންގެ ސަހަރާގެ ކުރިމަތީ ޙަޚީލާ ފަރުބަދައިގެ ކާރީގައިވާ މަގުގެ އެއްކާރީގައި ފޭލިގެ ޖަހައިފިއެވެ. އޭރު ދާއޫދު ހުރީ ސަހަރާގެ ތެރޭގައެވެ. ޝާއުލްގެފާނުގެ މީހުން އޭނާގެ ފަހަތުން އައިތަން ފެނުމުން އެމީހުންނާ އެކު ޝާއުލްގެފާނު ވެސް ވަޑައިގެން ހުންނެވިތޯ ބަލަން ދާއޫދުގެ ޖާސޫސުން ފޮނުވައިފި އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ