1 ޞަމޫއީލް 23:13 - ކިތާބުލް މުޤައްދަސާ13 ދާއޫދުއާއި އޭނާގެ ކައިރީގައި ތިބި ހަ ސަތޭކައެއްހާ ސިފައިން އަވަހަށް ޤަޢީލާއިން ނުކުމެ އެއްތަނުން އަނެއް ތަނަށް ދަތުރު ކުރަން ފަށައިފިއެވެ. ދާއޫދު އެރަށުން ނުކުތް ޚަބަރު ލިބުމުން ޝާއުލްގެފާނު އެ ރަށަކަށް ވަޑައެއް ނުގެންނެވިއެވެ. အခန်းကိုကြည့်ပါ။ |
އެހެންނޫނަސް ކަލޭ އަހަރެންގެ ގާތަށް އައީވެސް އިހަކަށް ދުވަހު. ކަލޭ އަހަންނާއެކު އެއްތަނުން އަނެއްތަނަށް ދާންވީ ކީއްކުރަންތަ؟ އަހަރެން ދާނެ ތަނެއް އަހަންނަށް ވެސް އެނގެނީއެއް ނޫން. އެހެން ހަދާނެކަމެއްނެތް. ކަލޭގެ ރަށުމީހުން ގޮވައިގެން އެނބުރި ރަށަށް ދޭ. ކަލެއަށް ރަނގަޅު ހެޔޮގޮތްތައް މެދުވެރިވޭތޯ އަހަރެން ދުޢާ ކުރާނަން.“