12 ދާއޫދު ދެންނެވިއެވެ. ”ޤަޢީލާގެ ވެރިން މިއަޅާއާއި މިއަޅާގެ ސިފައިން އެކަލޭގެފާނާ ހަވާލު ކޮށްފާނެ ތޯ؟“ ”އާނ! އެމީހުން އެހެން ހަދާނެ.“
ކާއިނާތުގައިވާ އެކައްޗެއް ވެސް މާތްރަސްކަލާނގެއަށް ފޮރުވިގެންނެއް ނުވެއެވެ. އެކަލާނގެ ލޯފުޅުގެ ކުރިމަތީގައި ހުރިހާ ތަކެއްޗެއް ވެސް ވަނީ އަމަށުން ހާމަވެފައެވެ. އަހަރެމެންގެ ހުރިހާ ހިސާބުތަކެއް ހުށަހެޅޭނީ އެކަލާނގެ ޙަޟްރަތަށެވެ.
ޤަޢީލާގެ މީހުން މިއަޅާ ޝާއުލްގެފާނާ ހަވާލު ކޮށްފާނެ ތޯ؟ އެކަލޭގެފާނު މިރަށަށް ހަމަ ވަޑައިގެންފާނެ ތޯ؟ އިސްރާއީލުގެ އިލާހު، މާތްކަލާނކޯ! މިއަޅާއަށް އެކަން އަންގަވައި ދެއްވަވާނދޭވެ!“ ”އާނ! އޭނާ އަންނާނެ!“ މާތްރަސްކަލާނގެ ޖަވާބު ދެއްވިއެވެ.
ކަލޭގެފާނު އޭނާ އަތުލައިގަންނަވަން ބޭނުފުޅުވާވަރު އަޅުގަނޑުމެންނަށް އެނގޭ. ކަލޭގެފާނު ވަޑައިގަންނަވާ އިރަށް އަޅުގަނޑުމެން ކަލޭގެފާނާ އޭނާ ހަވާލު ކުރާނަން.“
ދާއޫދު ޤަޢީލާގައި އުޅޭ ޚަބަރު ޝާއުލްގެފާނަށް އިވި ވަޑައިގަތުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ”މާތްކަލާނގެ އަހަރެންގެ އަތްދަށަށް ދާއޫދު ގެނެސް ދެއްވައިފި. އެހެނީ އެރަށަކީ ބޮޑު ދޮރާއްޓެއް ލައި ތޭރި ޖަހައި ބަންދު ކުރެވޭނެ ގޮތަށް ހުރި ރަށެއް. އޭނާ އަހަރެންގެ ދަންތުރައިގައި ޖެހިއްޖެ.“