10 ދާއޫދު ދުޢާ ދެންނެވިއެވެ. ”އޭ އިސްރާއީލީންގެ ވެރި މާތްރަސްކަލާނގެ، މާތްކަލާނގެ! މިއަޅާ އަޑު އަހައިފިން ޝާއުލްގެފާނު ޤަޢީލާއަށް ވަޑައިގެން މިއަޅާއާ ހެދި މި ސަހަރު ނައްތާލައްވަން އުޅޭ ޚަބަރު.
ފަހަރެއްގައި އެރަށުގައި ފަންސާސް ރަނގަޅު މީހުން ތިބެދާނެ. އެހެންވެއްޖެ ނަމަ ހަމަ ޔަޤީނުން ވެސް އެމީހުންގެ ޙައްޤުގައި އިނބަރަސްކަލާނގެ އެރަށް ނައްތައެއް ނުލައްވާނެ.
ނުލަފާ ވެރިޔަކީ ސާރިދޯޅައެއް ނުވަތަ ސިންގާއެއް ފަދައިން ފަގީރު މީހާއަށް ހުރި ނުރައްކަލެކެވެ.
ޝާއުލްގެފާނުގެ އަމުރުފުޅަށް އިމާމުންގެ ރަށް ކަމަށްވާ ނައުބުގެ އަންހެނުންނާއި ކުޑަކުދިންނާއި ޅަދަރިންނާއި ގެރިބަކަރި ހިމާރު ކަންބަޅި ފަދަ ހުރިހާ އެއްޗެއް މަރައި ސުންނާފަތި ކޮށްފިއެވެ.
ޤަޢީލާގެ މީހުން މިއަޅާ ޝާއުލްގެފާނާ ހަވާލު ކޮށްފާނެ ތޯ؟ އެކަލޭގެފާނު މިރަށަށް ހަމަ ވަޑައިގެންފާނެ ތޯ؟ އިސްރާއީލުގެ އިލާހު، މާތްކަލާނކޯ! މިއަޅާއަށް އެކަން އަންގަވައި ދެއްވަވާނދޭވެ!“ ”އާނ! އޭނާ އަންނާނެ!“ މާތްރަސްކަލާނގެ ޖަވާބު ދެއްވިއެވެ.
ދެން ރަސްގެފާނުގެ އަމުރުފުޅަށް މުޅި ލަޝްކަރު އެއްކުރައްވައި ދާއޫދާއި އޭނާގެ މީހުން ޙިސާރުކުރުމަށް އަމުރު ކުރައްވައިފިއެވެ.
މި ޚަބަރު ލިބިގެން އަފޫދު ޖުއްބާ ގެންނަން ދާއޫދު އަބިޔާތަރުއަށް އެންގިއެވެ.