Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 22:8 - ކިތާބުލް މުޤައްދަސާ

8 އެހެންވީމާ ތަ ކަލޭމެން އަހަރެންނާ ދެކޮޅުވެރި ވަމުން ތިޔަ ދަނީ؟ އަހަރެންގެ އުފަން އަހަރެންގެ ދަރިޔަކު ޔައްސާގެ ދަރިއާ އެކު ކަންކަމަށް ޢަހުދުކޮށް ހަދާއިރު ކަލޭމެންގެ އެކަކު ވެސް އަހަރެންނަށް އެކަން ނާންގާ ތިޔަ ތިބެނީ؟ ކަލޭމެން މީހަކު އަހަންނާމެދު ކުޑަވެސް ކުލުނެއް ނެތެއްނު؟ އަހަރެންގެ ދަރިފުޅާ ގުޅިގެން އަހަރެންގެ އަދާވާތްތެރިޔާ އަހަރެންނަށް ހަމަލަ ދެވޭނެ ދަނޑިވަޅަކަށް ބަލަމުން ދާއިރު އެކަން އަހަންނަކަށް އެކަކު ވެސް ނާންގަމެއްނު.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 22:8
12 ပူးပေါင်းရင်းမြစ်များ  

ދާއޫދު ޝާއުލްގެފާނާއި ވާހަކަ ދައްކަވައި ނިންމާލިތަނާ ޝާއުލްގެ ދަރި ޔޫނަތައިންގެ ހިތް ދާއޫދުގެ ހިތާ ގުޅި އެއްހިތަކަށްވެ އޭނާގެ އަމިއްލަ ނަފްސެކޭ އެއްފަދައިން އޭނާއާ މެދު ލޯބި ޖެހިއްޖެއެވެ.


ޔޫނަތައިން ދާއޫދުއާ ދެމެދު ޢަހުދު ގާއިމުކޮށްފިއެވެ. އެއީ އޭނާގެ އަމިއްލަ ނަފްސެކޭ އެއްފަދައިން ލޯބިވާތީއެވެ.


ޔޫނަތައިން ބުންޏެވެ. ”⁠ތިޔަ ބުނީއަކީ ރަނގަޅަކަށް ނޫން. އަހަރެންގެ ބައްޕަ ކަލޭ މަރާލަން އުޅުއްވާ ނަމަ އެވާހަކަ އަހަރެންގެ ގާތު ވިދާޅު ނުވެއެއް ނުހުންނަވާނެ. ކިތަންމެ ކުޑަ ކަމެއް ވިޔަސް ބޮޑު ކަމެއް ވިޔަސް ބައްޕަ ކުރައްވާނީ އަހަރެންގެ ގާތު ވިދާޅުވެފަ. ބައްޕަ ނޫޅުއްވާ ކަލޭ މަރާލާކަށް.⁠“


ޔޫނަތައިން ދާއޫދަށް ބުންޏެވެ. ”⁠ސަލާމަތް ކަމާއެކު ދޭ. އަހަރެމެން ދެމީހުން މިތިބީ ރައްޓެހިކަން ނުކެނޑުމަށް މާތްރަސްކަލާނގެ ގަންދީ ހުވާ ކޮށްގެން. އަހަރެންގެ ދަރިކޮޅުގެ މީހުންނާއި ކަލޭގެ ދަރިކޮޅުގެ މި ގުޅުން ދާއިމަށް ދަމަހައްޓާނެ ކަމަށް މާތްރަސްކަލާނގެ ހެކި ކޮށް ވަޢުދު ކޮށްގެން.⁠“ ދެން ދާއޫދު އެތަނުން ހިނގައްޖެއެވެ. ޔޫނަތައިން ވެސް ސަހަރަށް ހިނގައްޖެއެވެ.


އަހަންނާމެދު އޯގާތެރިވޭ. ކަލޭ ވަނީ މާތްރަސްކަލާނގެ ކުރިފުޅުމަތީ އަހަންނާއެކު ޢަހުދު ގާއިމުކޮށްފަ. އަހަރެންގެ ފަރާތުން ގޯހެއް ހިނގާފައި ވާނަމަ ކަލޭ އަމިއްލައަށް އަހަރެން މަރާލާ. ކަލޭގެ ބައްޕަ ގާތަށް އަހަރެން ނުގެންދާތި.⁠“


”⁠ކަލޭ ޔައްސާގެ ދަރި ދާއޫދާ ގުޅިގެން މަށާ ދެކޮޅު ރޭވުންތައް ރޭވީ ކީއްވެތަ؟ ޖުލިޔާތުގެ ކަނޑި އޭނާއަށް ދީ މާތްކަލާނގެއަށް ދުޢާ ދަންނަވައިދީ ކާއެއްޗެހި ދީހަދާފައި ފޮނުވާލީ ކީއްވެ؟ އޭނާ މިއަދު ވެސް ފިލާ އެ އޮތީ އަހަރެންނަށް ހަމަލަ ދެވޭނެ ދަނޑިވަޅަކަށް ބަލަން.⁠“


ރަސްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާށި. ކަލޭމެން ތިޔަ ކޮށްދިނީ ވަރަށް ބޮޑު ހެޔޮކަމެއް.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ