Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 22:2 - ކިތާބުލް މުޤައްދަސާ

2 އަދި އެއާއެކު އެކިކަހަލަ މުސީބާތުގައި ތިބި މީހުންނާއި ދަރަނިވެރިންނާއި އެކި ކަންކަމާ ހެދި ހިތްހަމަ ނުޖެހިފައި ތިބި މީހުން ދާއޫދުގެ ގާތަށް އަތުވެއްޖެއެވެ. އަދި ދާއޫދު މިމީހުންގެ ވެރިއަކަށް ހަދައިފިއެވެ. މި މީހުންގެ އަދަދު ހަތަރު ސަތޭކަ އަށް އަރައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 22:2
22 ပူးပေါင်းရင်းမြစ်များ  

ކަލޭގެފާނަށް ވެސް އެނގިވަޑައިގަންނަވާނެ، ކަލޭގެފާނުގެ ބައްޕާފުޅާއި އެކަލޭގެފާނުގެ މީހުންނަކީ ގަދަފަދަ ހަނގުރާމަވެރި ބައެއް ކަން. އެމީހުންނަކީ ދަރިންކޮޅު ގެއްލިފައިވާ ވަލު ސާރިދޯޅަތަކެއް ފަދަ ނުރައްކާތެރި ބައެއް. އެހެންނޫނަސް ކަލޭގެފާނުގެ ބައްޕާފުޅަކީ ހަނގުރާމައިގެ ރޭވުންތެރި ކުޅަދާނަ ހުނަރު ވެރިއެއް. އެކަލޭގެފާނު މީހުންތަކުގެ ތެރޭ ރޭގަނޑަކު ނުހުންނަވާނެ.


ކަލޭގެފާނަކީ ޝާއުލްގެފާނުގެ ދުނިޔޭގައި ކުރި ހުރިހާ ހަނގުރާމައެއްގައި ވެސް އިސްވެ ހުންނަވައި އަދާވާތްތެރިންގެ މައްޗަށް ކާމިޔާބު ހޯއްދެވި ކަލޭގެފާނު. މާތްރަސްކަލާނގެ ވަނީ އެކަލާނގެ މީހުންގެ މައްޗަށް މަގު ދައްކަވާނެ ބޭކަލެއް ކަމުގައި ކަލޭގެފާނު ލައްވައި، އެމީހުންގެ ރަސްކަލަކަށް ކަލޭގެފާނު ހައްދަވާނެ ކަން އަންގަވާފައި.⁠“


ރަލަކީ މަރުވާ މީހާއަށް ދޭން ހުންނަ އެއްޗެކެވެ. ބަނގުރަލަކީ ހިތްދަތިވެ ހާސްވާ މީހާއަށް ހުންނަ އެއްޗެކެވެ.


ޔަޙުޔާގެފާނު މިރިސާލަތު އަންގަވާ ދެއްވަން ފެއްޓެވީއްސުރެން މިހާތަނަށް މާތްރަސްކަލާނގެ ރަސްކަންފުޅު ބާރަށް ކުރިއަށް ދިޔަ.


ތިޔަބައިމީހުންގެ ތެރެއިން ބުރަ އުފުލައި ވަރުބަލިވެފައިވާ މީހެއް ވާނަމަ އަހަރެންގެ ކައިރިއަށް އާދޭ. އަހަރެން އެފަދަ މީހަކަށް އަރާމު ދޭނަން.


ހުރިހާ އެއްޗެއް އުފައްދަވައި ދަމަހައްޓަވާ ކަލާނގެ، އީސާގެފާނު އެ އުފުއްލެވި ވޭންތަކުގެ ސަބަބުން އެކަލޭގެފާނު ފުރިހަމަ ކުރައްވައި އެ މަތިވެރި ޖަލާލަތުކަން ޙިއްސާ ކުރުމަށް ގިނަ ދަރިންތަކެއް ގެންނެވި ކަމީ އެކަލާނގެ ޙައްޤުގޮތުގައި ހިންމެވި ކަމެކެވެ. އެހެނީ އެމީސްތަކުން ދިންނެވުމާ ދިމާއަށް ގެންދަވަނީ އެކަލޭގެފާނު ވީމައެވެ.


ޙައްނާ ހިތް ފަޅައިގެންދާ ފަދަ ހިތްދަތި ކަމާއެކު ރޮއިރޮއިފައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވައި ނަދުރެއް ގަތެވެ.


ދާއޫދު އަދޫލާމުގެ ހޮހަޅައިން ނުކުމެ މިޞްބާހުގެ މުއާބަށް ހިނގައްޖެއެވެ. އަދި މުއާބުގެ ރަސްގެފާނުގެ ފައިންޕުޅު ދެކެ ދެންނެވިއެވެ. ”⁠އަޅުގަނޑާއި މެދު މާތްކަލާނގެ ނިންމަވާ ގޮތެއް އެނގެން ދެން އަޅުގަނޑުގެ ބައްޕައާއި މަންމަ، ރަސްގެފާނުގެ ބެލެހެއްޓުމުގެ ދަށުގައި ބަހައްޓަވާ ދެއްވަފާނަން ތޯ.⁠“


ދާއޫދުއާއި އޭނާގެ ކައިރީގައި ތިބި ހަ ސަތޭކައެއްހާ ސިފައިން އަވަހަށް ޤަޢީލާއިން ނުކުމެ އެއްތަނުން އަނެއް ތަނަށް ދަތުރު ކުރަން ފަށައިފިއެވެ. ދާއޫދު އެރަށުން ނުކުތް ޚަބަރު ލިބުމުން ޝާއުލްގެފާނު އެ ރަށަކަށް ވަޑައެއް ނުގެންނެވިއެވެ.


ދާއޫދުގެ މީހުން ގާތު އޭނާ ބުންޏެވެ. ”⁠ހޭވައްލާ ތައްޔާރު! ކަނޑިތައް މަހާލާ!⁠“ ދެން އެމީހުން ދާއޫދު އެންގި ގޮތަށް ކަންތައް ކޮށްފިއެވެ. ދާއޫދު ވެސް ކަނޑި މަހާލިއެވެ. ދެން ހަތަރު ސަތޭކަ ސިފައިން ދާއޫދާއެކު ނުކުމެއްޖެއެވެ. ދުއިސައްތަ މީހުން ކާބޯތަކެއްޗާއި މުދާތައް ބަލަހައްޓަން ތިއްބެވެ.


މިކަންތައް މިހެން ހިނގައި އެމީހުންގެ ދަރިންކޮޅު ގެއްލުމުން އެމީހުން ތިބީ ރުޅިގަދަވެފަ އެވެ. އެމީހުން ދާއޫދު ގަލުން ތަޅައި ރަޖަމްކުރަން މަޝްވަރާ ކުރަން ފަށައިފިއެވެ. މިކަމާ ދާއޫދު ވަރަށް ކަންބޮޑު ވެއްޖެއެވެ. އެހެނަސް ދާއޫދު ވާގި އެދެމުން ދިޔައީ އޭނާގެ އިލާހު، މާތްރަސްކަލާނގެ ކިބަފުޅުން ނެވެ.


”⁠މާދަމާ މިހާކަށް ހާއިރު މީހަކު އަންނާނެ. އޭނާއަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެއް. އޭނާ ތިމަންކަލާނގެ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިއަކަށް ހަމަޖައްސާ. އޭނާ އެމީހުން ފިލިސްޠީނުންގެ އަތްދަށުން ސަލާމަތް ކޮށް ދޭނެ. މިވަގުތު އެމީހުން އުޅެމުން ދާ ދަތިހާލު ތިމަންކަލާނގެއަށް ފެނިވޮޑިގަންނަވާ. އަދި އެމީހުންގެ ރުއިމުގެ އަޑު ވެސް ތިމަން ކަލާނގެއާ ހަމައަށް ވަނީ އައިސްފައި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ