Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 22:17 - ކިތާބުލް މުޤައްދަސާ

17 ދެން ރަސްގެފާނުގެ ހަށިފާރަވެރިންނަށް އެންގެވިއެވެ. ”⁠މާތްރަސްކަލާނގެ އިމާމުން މަރާލާ. އެއީ ދާއޫދު އަހަރެންނާ ދެކޮޅުވެރިވެ ފިލައިގެން ދިއުމަށް މިމީހުން އެހީވެ އެކަން ނާންގައި ތިބީމަ.⁠“ އެކަމަކު ރަސްގެފާނުގެ އަރިހުބޭކަލުންގެ ތެރޭން އެކަކު ވެސް މާތްރަސްކަލާނގެ އިމާމުން މަރާލާކަށް އަތެއް ނު އުފުލި އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 22:17
15 ပူးပေါင်းရင်းမြစ်များ  

ދުވަސްކޮޅެއް ފަހުން އަބްޝާލޫމް އަސްގާޑިޔަލެއް ހޯދައިފިއެވެ. އޭނާ އެ ގާޑިޔަލުގައި ދާއިރު ކުރިމަތީގައި ފަންސާސް މީހުން ދުވެފައި ދެއެވެ.


އެކަމަކު މި ފޫޅުމައިން މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވެ ފިރުޢައުނު ރަސްގެފާނު އެންގެވި ގޮތެއް ނުހެދިއެވެ. އެމީހުން އެ ފިރިހެން ދަރިންނެއް ނުމެރިއެވެ.


އެކަމަކު ޕަތަރަސްއާއި ޔޫޙަންނާ އެމީހުންނަށް ދެންނެވިއެވެ. ”⁠ތިޔަބޭފުޅުން ވިދާޅުވެ ބައްލަވާ. އަޅުގަނޑުމެން ކިޔަމަން ވާންވީ ތިޔަބޭފުޅުންނަށް ތޯ ނުވަތަ މާތްރަސްކަލާނގެ ރަސްކަންފުޅަށް ތޯ؟


ދެން މީސްތަކުން ދެންނެވިއެވެ. ”⁠އިސްރާއީލީންނަށް އެހާ މަތިވެރި ފަތަޙައެއް ހޯދައި ދީފައި އެ ވަނީ ޔޫނަތައިންގެ ހިއްވަރުން. އެހާވަރުގެ ކަމެއް ކޮށްދިން މީހާ ވެސް މަރާލަން ޖެހޭނެ ތޯ؟ ލާހިކަ ކުޅަދާނައެއް ނޫން. ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާ ކުރަން. އަހަރެމެން އޭނާގެ ބޮލުން އިސްތައްޓެއް ވެސް ކެނޑިޔަކަ ނުދޭނަން. އެގޮތަކީ މިއަދު އޭނާ އެވަރުގެ ކާމިޔާބެއް ކޮށްފައި އެވަނީ އެކަލާނގެ ދެއްވި މަދަދާއެކު.⁠“ މިހެން ބުނެ އެމީހުން ޔޫނަތައިން މަރުން ސަލާމަތް ކޮށްފިއެވެ.


ކަލެއާއި ކަލޭގެ މުޅި އާއިލާގެ ބާރު ކަނޑުއްވައި ނިކަމެތި ކުރުމުގެ ދުވަސް މިވަނީ ކުޑަތަން ވެފާ. ކަލޭގެ ދަރިކޮޅުގައި އުމުރުން ދުވަސްވެގެން މަރުވާ މީހަކު ދެނެއް ނުބަހައްޓަވާނަން.


އެއާއެކު ރަސްގެފާނު އަތްޕުޅުގައި އޮތް ލޮންސި ޔޫނަތައިންއާ ދިމާއަށް ހޫރާ ލައްވައި އޭނާ މަރާލަން އުޅުއްވިއެވެ. އެހެންކަމުން ބައްޕާފުޅު އެ އުޅުއްވަނީ ދާއޫދު މަރާލަން ކަން އޭނާއަށް ޔަޤީން ވެއްޖެއެވެ.


”⁠ކަލޭ ޔައްސާގެ ދަރި ދާއޫދާ ގުޅިގެން މަށާ ދެކޮޅު ރޭވުންތައް ރޭވީ ކީއްވެތަ؟ ޖުލިޔާތުގެ ކަނޑި އޭނާއަށް ދީ މާތްކަލާނގެއަށް ދުޢާ ދަންނަވައިދީ ކާއެއްޗެހި ދީހަދާފައި ފޮނުވާލީ ކީއްވެ؟ އޭނާ މިއަދު ވެސް ފިލާ އެ އޮތީ އަހަރެންނަށް ހަމަލަ ދެވޭނެ ދަނޑިވަޅަކަށް ބަލަން.⁠“


ރަސްގެފާނު ވިދާޅުވިއެވެ. ”⁠ކަލެއާއި ކަލޭގެ ބައްޕަގެ އާއިލާގެ އެންމެން ޖެހޭނީ މަރާލަން.⁠“


މިކަމާމެދު ކަމަނާ ގޮތެއް ނިންމަވަ ބަލަ. މިހާރު މިވީ ގޮތުން މިގޭގެ އެންމެންނަށް މިއޮތީ ނުރައްކާވެފައި. ސާހިބުގެ ރުޅިގަދަކަން ހުންނަވަރުން އޭނާ ކުރިމަތީގައި އަނގަ ހުޅުވަން ކެރޭނެ މީހަކު ވެސް ނެތް.⁠“


ޞަމޫއީލް އެމީހުންގެ ގާތު ބުންޏެވެ. ”⁠ކަލޭމެން ރަސްކަލަކު އިސްކޮށްފިނަމަ ކަލޭމެންގެ ފިރިހެން ދަރިން އޭނާގެ ލަޝްކަރުގައި ޚިދުމަތް ކުރަން ޖައްސާނެ. އެމީހުން އަސްގާޑިޔާ ދުއްވާ މީހުންނާއި އަސްވާރުންގެ ތެރެއަށް ލައި އެރަސްގެފާނުގެ އަސްގާޑިޔާތަކުގެ ކުރިމަތީގައި ދުވަން ޖައްސުވާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ