1 ޞަމޫއީލް 22:15 - ކިތާބުލް މުޤައްދަސާ15 އަޅުގަނޑު އޭނާއަށް މަދަދު ދެއްވުން އެދި މާތްކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވައި ދިން އެއަކީ ފުރަތަމަ ފަހަރެއް ވެސް ނޫން އިނގޭތޯ؟ އޭނާ މަނިކުފާނަށް ހަމަލައެއް ދޭން އުޅޭކަމެއް މަނިކުފާނުގެ ޚާދިމު އަޅުގަނޑަކަށް ވެސް އަދި އަޅުގަނޑުގެ ތިމާގެ މީހަކަށް ވެސް އެނގިއެއް ނެތް!“ အခန်းကိုကြည့်ပါ။ |
މިއެންމެން ކޯރު ހުރަސްކޮށް އައިސް ދާއޫދުގެފާނު ޔަހޫޛާއަށް ގެންދިއުމަށާއި އެކަލޭގެފާނަށް ބޭނުންވާ ކަމެއް ކޮށްދިނުމަށް އަވަސް ވެގެންފިއެވެ. ދާއޫދުގެފާނުގެ މީހުން ކޯރު އައްސޭރީގައި ތިއްބައި ޝިމްޢީ އެކަލޭގެފާނު ފައިންޕުޅު ދެކެން ކޯރު ހުރަސްކޮށް އަތުވެއްޖެއެވެ. އޭނާ ރަސްގެފާނަށް އަދަބު އަދާ ކުރުމަށް ބިންމަތީ މޫނު ޖައްސައިފިއެވެ.
ދާއޫދުގެފާނު މާތްރަސްކަލާނގެ ޙަޟްރަތުގައި ސުވާލު ދެންނެވިއެވެ. ”މިއަޅާ ފިލިސްޠީނީންނާ ހަނގުރާމަށް ދާންވީތޯ؟ ފިލިސްޠީނީން ބަލި ކުރުމަށް އިނބަރަސްކަލާނގެ މިއަޅާއަށް ވާގިވެރިވެ ވޮޑިގަންނަވާނަންތޯ؟“ މާތްރަސްކަލާނގެ ދާއޫދުގެފާނަށް ޖަވާބު ދެއްވިއެވެ. ”ތިމަންކަލާނގެ ކަލޭގެފާނު ފިލިސްޠީނީންގެ މައްޗަށް ބާރުވެރި ކޮށް ކަލޭގެފާނަށް އެހީތެރިވާނެ ކަމުގެ ޔަޤީންކަން ދެން.“