Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 22:14 - ކިތާބުލް މުޤައްދަސާ

14 ”⁠ދާއޫދަށް ވުރެން މަނިކުފާނަށް ވަފާތެރި ވާނީ ކާކުތޯ؟ އޭނާ އަކީ މަނިކުފާނުގެ އިސް ހަށިފާރަވެރިޔާ. އަދި މަނިކުފާނުގެ ދަނބި ދަރިފުޅު. އަދި ސިފައިންގެ ލަޝްކަރުގައި އޭނާއަށް ވުރެން އިސް މަޤާމެއްގައި ހުރީ ކާކުތޯ؟

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 22:14
13 ပူးပေါင်းရင်းမြစ်များ  

އޭރު އެތާ ތިބި އިސްރާއީލީންގެ ތެރޭން ބަޔަކު ބުނެއްޕެވެ. ”⁠މިހިރަ އަންނަ މީހާ ފެނޭތަ؟ މިއީ އިސްރާއީލީން ބަލި ކުރަން އައިސް ހުރި ޖުލިޔާތަކީ. މީނާ ބަލި ކޮށްފި މީހަކަށް ރަސްގެފާނު ވަރަށް ބޮޑު އިނާމެއް ކަނޑައަޅާފަ އިވޭ. ރަސްގެފާނުގެ އަންހެން ދަރިފުޅާ ވެސް ދެވާނެ. އަދި އޭނާގެ ބައްޕަގެ އާއިލާ އިސްރާއީލުންނަށް ދައްކަން ޖެހޭ ޓެކްސް ވެސް ކަނޑާލާނެ.⁠“


އެހެން ކަމުން ދާއޫދުއާ އެއްހާސް ސިފައިން ހަވާލުކޮށް ހަނގުރާމައަށް ފޮނުއްވައިފިއެވެ. ދާއޫދު އޭނާގެ މީހުން ގޮވައިގެން ހަނގުރާމައަށް ހިނގައްޖެވެ.


ދާއޫދުއާއި އޭނާގެ ބައިވެރިން ގޮސް ދުއިސައްތަ ފިލިސްޠީނުން މަރައި އެވިދާޅުވި ފަދައިން ކަންތައް ކޮށްފިއެވެ. ރަސްގެފާނު މި ކަން ކަށަވަރު ކުރެއްވުމަށް ފަހު މީކާލްއާއި ދާއޫދު ކައިވެނި ކުރުވައި ދެއްވައިފިއެވެ.


ޔޫނަތައިން ދަންނަވައިފިއެވެ. ”⁠އޭނާ މަރާލަން ޖެހެނީ އޭނާ ކުރި ކޮން ކުށަކާހެދި ތޯ؟⁠“


ދާއޫދު އަޚީމާލިކު އިމާމަށް ޖަވާބުދިނެވެ. ”⁠ރަސްގެފާނު އަހަރެން ފޮނުވާފައި މިވަނީ ޚާއްސަ ކަމެއް މަތިކޮށްފައި. އެކަލޭގެފާނު އަންގަވާފައި ވަނީ އެކަންތަކުގެ ވާހަކަ އެއްވެސް މީހަކަށް ނޭންގުމަށް. އަހަރެންގެ މީހުންނަށް ވެސް އަހަރެން އަންގާފައި ވަނީ އެވެނި މިވެނި ތަނަކުން ބައްދަލު ކުރުމަށް.


”⁠ކަލޭ ޔައްސާގެ ދަރި ދާއޫދާ ގުޅިގެން މަށާ ދެކޮޅު ރޭވުންތައް ރޭވީ ކީއްވެތަ؟ ޖުލިޔާތުގެ ކަނޑި އޭނާއަށް ދީ މާތްކަލާނގެއަށް ދުޢާ ދަންނަވައިދީ ކާއެއްޗެހި ދީހަދާފައި ފޮނުވާލީ ކީއްވެ؟ އޭނާ މިއަދު ވެސް ފިލާ އެ އޮތީ އަހަރެންނަށް ހަމަލަ ދެވޭނެ ދަނޑިވަޅަކަށް ބަލަން.⁠“


ބައްޕާފުޅާ، ނިކަން ބައްލަވަ މިއޮތީ ކަލޭގެފާނުގެ ހެދުންކޮޅުން އަޅުގަނޑު ކަނޑާފައިވާ އެތިކޮޅެއް. އަޅުގަނޑު ކެނޑީ މި އެތިކޮޅު. އެކަމަކު ކަލޭގެފާނަށް ޣައްދާރުވެ އަވަހާރަ ކޮށެއް ނުލަން. މިހާރު ގަބޫލު ކުރެއްވޭނެ ނޫންތޯ މަނިކުފާނު އަޅުގަނޑު އަތުލައިގަނެ މަރާލަން އުޅުއްވި އިރު ވެސް އަޅުގަނޑު ކަލޭގެފާނަށް ގެއްލުމެއް ދޭން ނޫޅޭކަން.


ސާހިބުގެ މި ޚާދިމާގެ ފަރާތުން ކުރެވުނު ކުށަށް މަޢާފު ދެއްވާ. މާތްރަސްކަލާނގެ ސާހިބުގެ ރަސްކަން ދާއިމަށް ދަންމަވާށި. އެހެނީ ސާހިބު ތިޔަ ކުރައްވާ ހަނގުރާމައަކީ މާތްރަސްކަލާނގެ އަށްޓަކައި ކުރައްވާ ހަނގުރާމަ ތަކެއް. ސާހިބު ދުނިޔޭގައި ހުރިހާތައް ދުވަހަކު ނުބައި ކަމެއް ކުރައްވަން މެދުވެރި ނުކުރައްވާށި.


ޞާލިޙު އަދި ތެދުވެރި ގޮތުގައި ހުރި މީހަކަށް މާތްރަސްކަލާނގެ ހެޔޮ ޖަޒާ ދެއްވާނެ. މިއަދު އަޅުގަނޑުގެ އަތް ދަށަށް ސާހިބުގެ ފުރާނަ މާތްރަސްކަލާނގެ ދެއްވުމުން ވެސް އެކަލާނގެ އިސް ކުރައްވާފައިވާ ފަރާތަކަށް އަޅުގަނޑު ގެއްލުމެއް ނުދިނިން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ