Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 21:1 - ކިތާބުލް މުޤައްދަސާ

1 ދާއޫދު ނައުބު އަވަށަށް ގޮސް އަޚީމާލިކު އިމާމުގެ ގާތަށް ދިޔައެވެ. އަޚީމަލިކު ނުކުމެ ދާއޫދުއާ ބައްދަލު ވީހިނދު އޭނާ ބިރުން ތުރުތުރު ލައިގެންފި އެވެ. އޭނާ އެއްސެވެ. ”⁠ކަލޭ އެކަނި ތިޔަ އައީ ކީއްވެތަ؟ ކަލެއާއެކު އެކަކު ވެސް ނާދޭތަ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 21:1
7 ပူးပေါင်းရင်းမြစ်များ  

އަބިޔާތަރުގެ އުއްތަމަ އިމާމު ކަމުގެ ދުވަސްވަރުގައި ދާއޫދުގެފާނާއި އެކަލޭގެފާނުގެ އެކުވެރިން ބަނޑުހައިވެ ވަޑައިގެންވީ ހިނދު އެކަލޭގެފާނު މާތްރަސްކަލާނގެ މުޤައްދަސް ފޭލިގެކޮޅަށް ވަދެވަޑައިގެންނެވި. އަދި މާތްރަސްކަލާނގެއަށް ހުށަހެޅުމަށްޓަކައި ވާ ބޯރޮށި ދާއޫދުގެފާނު ނަންގަވާ އެކަލޭގެފާނުގެ އެކުވެރިންނަށް ދެއްވައި އެ ހުރިހާ ބޭކަލުން އެ ރޮށިން ފަރީއްކުޅުއްވި. އެހެނަސް އަހަރެމެންގެ ޤާނޫނު ބުނާ ގޮތުން މި ބޯރޮށި ކެވޭނީ ހަމައެކަނި އިމާމުންނަށް.⁠“


މި މީހުންގެ ތެރޭގައި އިމާމުންގެ އަފޫދު ހެދުން ލާފައި ހުރި އެކަކީ އަޚިއްޔާ އެވެ. މީނާއަކީ ޔަކުބޫދުގެ ބޭބެ އަޚީތޫބްގެ ދަރިއެކެވެ. ޔަކްބޫދު އަކީ ޝީލޫހުގައި މާތްރަސްކަލާނގެ އިމާމެއްގެ ގޮތުގައި ހުރި ޢާލީ ދަރި ފީނަޙާސް ގެ ދަރިއެކެވެ. މިއިން އެކަކަށް ވެސް ޔޫނަތައިން އެތަނުން ދިޔަކަމެއް އެނގިފައެއް ނެތެވެ.


ޞަމޫއީލްގެފާނު މާތްރަސްކަލާނގެ އެންގެވި ގޮތަށް ކަންތައް ކުރެއްވިއެވެ. އެކަލޭގެފާނު ބައިތުލަޙަމަށް ވަޑައިގަތުމުން ބައްދަލު ކުރުމަށް ދިޔަ އެރަށުގެ ބޮޑުން ބިރުން ތުރުތުރުލައިގަތެވެ. ”⁠ކަލޭގެފާނު ތިޔަ ވަޑައިގެންނެވީ އަމާންކަން މަތީގައި ތޯ؟⁠“


އެދެމީހުންގެ ދެމެދުގައި މި ގޮތަށް މާތްރަސްކަލާނގެ ކުރިފުޅުމަތީ ޢަހުދު ކަށަވަރު ކުރުމަށް ފަހު ޔޫނަތައިން އެނބުރި ހިނގައްޖެއެވެ. އެހެނަސް ދާއޫދު ހޫރީޝްގައި ހުރެއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ