1 ޞަމޫއީލް 20:8 - ކިތާބުލް މުޤައްދަސާ8 އަހަންނާމެދު އޯގާތެރިވޭ. ކަލޭ ވަނީ މާތްރަސްކަލާނގެ ކުރިފުޅުމަތީ އަހަންނާއެކު ޢަހުދު ގާއިމުކޮށްފަ. އަހަރެންގެ ފަރާތުން ގޯހެއް ހިނގާފައި ވާނަމަ ކަލޭ އަމިއްލައަށް އަހަރެން މަރާލާ. ކަލޭގެ ބައްޕަ ގާތަށް އަހަރެން ނުގެންދާތި.“ အခန်းကိုကြည့်ပါ။ |
އިސްރާއީލުގެފާނަށް (ޔަޢުޤޫބުގެފާނަށް) އެކަލޭގެފާނު އަވަހާރަވުމާއި ކައިރިވެއްޖެކަން އެނގިވަޑައިގެން އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނު ގެންނަވާ މިފަދައިން ވިދާޅުވިއެވެ. ”ތިބާ އަހަރެންދެކެ ލޯބިވާނަމަ އަހަރެންގެ ފައިގެ ފަލަމަސްގަނޑުގެ ދަށުގައި އަތް ޖައްސައި އަހަރެން މިޞްރުގައި ވަޅުނުލުމަށް ހުވައި ކުރޭ.
ޔުއާބު ބުންޏެވެ. ”އަހަރެން ކަލޭ އައިސްދޭށޭ ކިޔާފައި ދެފަހަރަކު މީހުން ފޮނުވައިފިން. އަހަރެން ބޭނުންވީ ކަލޭ ރަސްގެފާނުގެ އަރިހަށް ފޮނުވަން. އަހަރެން ރަސްގެފާނަށް ދަންނަވަން ބޭނުމީ އަހަރެން ޖަޝޫރުގައި އުޅެނިކޮށް މިތަނަށް ގެނައީ ކީއްކުރަންހޭ. ރަސްގެފާނުގެ ފައިންޕުޅު އަހަންނަށް ނުފެންނަންޏާ އަހަރެން މިތަނަށް ގެނައުމުގެ ބޭނުމަކީ ކޮބައިހޭ. ހަމަ ޖަޝޫރުގައި ވެސް އަހަންނަށް ހުރެވިދާނެ ނޫންހޭ. އަހަރެން ކަލޭގެ ގާތުން މިއެދެނީ ރަސްގެފާނުގެ އަރިހަށް ގޮސް މިހެން ދަންނަވަން. އަހަރެން ކުށްވެރިވަންޏާ އެ ކުށަށްޓަކައި އަހަރެން މަރާލާށޭ ދަންނަވާ.“
އަޅުގަނޑު އެއްވެސް ގަވާއިދަކާ ޚިލާފުވެ ކުށެއް ކޮށްފައިވާ ނަމަ އަދި އެ ކުށެއްގެ ސަބަބުން އަޅުގަނޑަށް މަރުގެ ޙުކުމް ލިބުން ޙައްޤު ނަމަ އަޅުގަނޑު އެކަމުން ރެކޭކަށް ނޫޅެން. ނަމަވެސް އެބައިމީހުން އަޅުގަނޑު އެކުއްވެރި ކުރާ އެއްވެސް ކަމަކީ ތެދަކަށް ނުވާ ހިނދު އަޅުގަނޑު އެއްވެސް މީހަކަށް އެމީހުންނަކާއި ހަވާލެއް ނުކުރެވޭނެ. އަޅުގަނޑު އެދެނީ މި މައްސަލަ ރޯމުގެ ރަސްގެފާނަށް ހުށައެޅުމަށް.“