5 ދާއޫދު ބުންޏެވެ. ”މާދަމާ މިއަންނަ ހަނދު ބަލާ ޢީދުގައި ކަލޭގެ ބައްޕަ ދެއްވާ ޖާފަތަށް އަހަރެން ދާން ޖެހޭނެ. އެކަމަކު މާދަމާ ނޫން އަނެއް ދުވަހު އަހަރެން ހުންނާނީ އިރު އޮއްސެންދެން ފިލާ.
ވިސްނާ ހުންނަ މީހާއަށް ނުރައްކާ އަންނަން އުޅޭކަން އެނގި އެކަމަށް ތައްޔާރުވެއެވެ. ޖާހިލު މީހާ ލޯ މަރައިގެންގޮސް އެ ނުރައްކަލުގެ ތެރެއަށް ވަދެގަނެއެވެ.
އީސާގެފާނު މިހެން ވިދާޅުވުމުން އެމީހުން އެކަލޭގެފާނުގެ ގައިކޮޅަށް އުކުމަށް ގާބުރިތައް ނެގިއެވެ. ނަމަވެސް އީސާގެފާނު އެމީހުންގެ ލޯމަތިން ޣައިބުވެ ވަޑައިގެން ބައިތުލް މަޤްދިސުން ވަޑައިގެންފިއެވެ.
ދެން އީސާގެފާނަށް އީމާންވެގެންވީ މީހުން އަވަސް އަވަހަށް ޕައުލް ބަނދަރުމަތީ ރަށަކަށް ފޮނުވާލިއެވެ. ނަމަވެސް ސިލާހު އާއި ތިމޮތީ ބެރޭއާގައި މަޑު ކުރިއެވެ.
އެހެންވީމާ، ތިޔަބައިމީހުން ކައިބޮއި ހަދާ ތަކެއްޗާއި ދީނީ އިޙުތިފާލުތަކާއި ހުޅެވިހަނދުގެ މުނާސަބާތަކާއި ސަބަތުގެ ދުވަސް ފާހަގަކުރުމާ ބެހޭގޮތުން އެކަކަށް ވެސް ފާޑުކިޔަން ތަން ނުދޭށެވެ.
ޔޫނަތައިން މިވާހަކަ ދާއޫދުގާތު ބުނެފިއެވެ. ”ބައްޕާ ކަލޭ މަރާލަން އެބަ އުޅެއެވެ. ވިސްނައިގެން އުޅޭތި. ހެދުނު ހެނދުނާ ދަނޑު ތެރެއަށް ގޮސް ތަނެއްގައި ފިލާ އޮވޭ.
ޔޫނަތައިން ބުންޏެވެ. ”މާދަމާ ހަނދުބަލާ ޢީދު ފާހަގަކުރާ އިރު ކަލޭގެ ގޮނޑި ހުންނާނީ ހުހަށް.
މާދަމާ ނޫން އަނެއް ދުވަހުން ކުރީގައި ވެސް ކަލޭ ފިލާ އޮތް އަޒަލް ގަލުގެ ފުރަގަހުގައި ފިލާ އޮވޭ.
ދެން ދާއޫދު ވަލުތެރެއަށް ވަދެ ފިލައިފި އެވެ. އޭގެ އަނެއް ދުވަހު ހަނދުބަލާ ޢީދުގެ ޖާފަތް ތައްޔާރުވުމުން އާދަކާދައިގެ މަތިން ފާރު ކާރީގައި ހުންނަ ގޮނޑިކޮޅުގައި ރަސްގެފާނު އިށީނދެ ވަޑައިގެންފި އެވެ.
އެކަމަކު އޭގެ އަނެއް ދުވަހު ވެސް ދާއޫދުގެ ގޮނޑި ހުރީ ހުސްކޮށެވެ. ދެން ރަސްގެފާނު ދަރިކަލުން ޔޫނަތައިނަށް ވިދާޅުވިއެވެ. ”ޔައްސާގެ ދަރި ދާއޫދު އިއްޔެ އަކު ވެސް މިއަދަކު ވެސް ޖާފަތަކަށް ނާދޭ. އެއީ ކީއްވެތަ؟“
ޔޫނަތައިން ބުންޏެވެ. ”އެހެންވިއްޔާ ހަދަންވީ ގޮތެއް ކަލޭ ބުނޭ. ކަލޭ ބުނި ގޮތެއް ހަދަން އަހަރެން މިހިރީ ތައްޔާރަށް.“
ކަލޭގެ ބައްޕައަށް އަހަރެން ނުފެނިގެން ސުވާލު ކޮށްފި ނަމަ ބުނޭ އަހަރެން ދިޔައީ އާއިލާގެ ގާތަށް ބައިތުލަޙަމަށް ދާން ހުއްދަ ހޯދައިގެންނޭ. އެއީ ގަބީލާގެ އެންމެން އަހަރީ ޤުރުބާނީ ވެދުން ކުރާ ދުވަސް ވީމަ އޭ.