Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 20:42 - ކިތާބުލް މުޤައްދަސާ

42 ޔޫނަތައިން ދާއޫދަށް ބުންޏެވެ. ”⁠ސަލާމަތް ކަމާއެކު ދޭ. އަހަރެމެން ދެމީހުން މިތިބީ ރައްޓެހިކަން ނުކެނޑުމަށް މާތްރަސްކަލާނގެ ގަންދީ ހުވާ ކޮށްގެން. އަހަރެންގެ ދަރިކޮޅުގެ މީހުންނާއި ކަލޭގެ ދަރިކޮޅުގެ މި ގުޅުން ދާއިމަށް ދަމަހައްޓާނެ ކަމަށް މާތްރަސްކަލާނގެ ހެކި ކޮށް ވަޢުދު ކޮށްގެން.⁠“ ދެން ދާއޫދު އެތަނުން ހިނގައްޖެއެވެ. ޔޫނަތައިން ވެސް ސަހަރަށް ހިނގައްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 20:42
10 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނު އެއްސެވިއެވެ. ”⁠ޝާއުލްގެފާނުގެ އާއިލާގައި އެކަކު ވެސް ނެތީތަ؟ އަހަރެން އެއާއިލާއަށް އެހީތެރިކަން ފޯރުވަން ބޭނުންވޭ. މިއީ ޔޫނަތައިންއަށްޓަކައި އަހަރެން ކޮށްދޭން ބޭނުންވާކަމެއް.⁠“


އީސާގެފާނު އަންހެން މީހާއަށް ވިދާޅުވިއެވެ. ”⁠ކަލޭގެ އީމާންތެރިކަމުގެ ސަބަބުން ކަލޭ ދިންނަވައިފި. ހިތްހަމަޖެހިގެން ދޭ!⁠“


ދެން ޖަލު ބަލަހައްޓާ މީހާ ޕައުލް އަށް ބުންޏެވެ. ”⁠ކަލޭމެން ދޫކޮށްލުމަށް ރޯމު ސަރުކާރުގެ ފަނޑިޔާރުން އަންގައިފި. ވީމާ މިހާރު ކަލޭމެން ތިއީ މިނިވަނުން. އުފާވެރިކަމާއި އެކު ހިތްހަމަޖެހިގެން ދޭ.⁠“


ޢާލީ ޖަވާބުދިނެވެ. ”⁠ސަލާމަތް ކަމާއެކު ދޭ! އިސްރާއީލުގެ ވެރި މާތްކަލާނގެ ކަލޭގެ ދުޢާ އިޖާބަ ކުރައްވާށި.⁠“


އަހަންނަށް ދެރަގޮތެއް ދިމާވެއްޖެ ނަމަ އަހަރެންގެ އާއިލާއާ މެދު ކަލޭ ވެސް އެހީތެރި ވެދޭތި. އެއީ ކަލޭގެ އަދާވާތްތެރިން މާތްރަސްކަލާނގެ މި ބިންމަތިން ނައްތާ ލެއްވުމަށް ދާނދެން.⁠“


ޔޫނަތައިން ދާއޫދުގެ އާއިލާއާ މެދު މި ގޮތަށް އިގްރާރު ވެއްޖެއެވެ. ޔޫނަތައިން ބުންޏެވެ. ”⁠ދާއޫދުގެ އަދާވާތްތެރިންގެ ކިބައިން މާތްރަސްކަލާނގެ ބަދަލު ހިއްޕަވާށި.⁠“


އެދެމީހުންގެ ދެމެދުގައި މި ގޮތަށް މާތްރަސްކަލާނގެ ކުރިފުޅުމަތީ ޢަހުދު ކަށަވަރު ކުރުމަށް ފަހު ޔޫނަތައިން އެނބުރި ހިނގައްޖެއެވެ. އެހެނަސް ދާއޫދު ހޫރީޝްގައި ހުރެއްޖެއެވެ.


އަބީޖާއިލް ގެނައި ހަދިޔާތައް ދާއޫދު ގަބޫލު ކޮށްފިއެވެ. އަދި ބުންޏެވެ. ”⁠ސަލާމަތްތެރި ކަމާއެކު ގެއަށް ދޭ. ކަލޭގެ ކަންތައް ކަލޭ އެދުނު ގޮތުގެ މަތިން ފުރިހަމަ ކޮށްދޭނަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ