Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 20:41 - ކިތާބުލް މުޤައްދަސާ

41 އެކުއްޖާ ދިޔައިމާ އެ ހިލައިގެ ދެކުނު ފަރާތުން ދާއޫދު ނުކުމެ ޔޫނަތައިންގެ ކުރިމައްޗަށް ހުއްޓި ބިންމަތީ މޫނު ޖެހޭހާ ވަރަށް ތިން ފަހަރު ގުދު ވިއެވެ. ދެން އެ ދެމީހުން އެކަކު އަނެކަކަށް ބޮސްދީ ރޮއި ހަދައިފި އެވެ. އެންމެ ބޮޑަށް ރުއީ ދާއޫދު އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 20:41
20 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ޔަޢުޤޫބުގެފާނު ރާޙީލްއަށް ސަލާމް ކުރެއްވުމުގެ ގޮތުން ބޮސް ދެއްވިއެވެ. އެ ހިނދު އެކަލޭގެފާނަށް އުފާފުޅު ވީވަރުން ދެލޯފުޅުން ކަރުނަފޫދި ކީރިތި ކުރެއްވުނެވެ.


މިޚަބަރު ލަބާންއަށް ލިބުމާއެކު، ދުވެގޮސް ޔަޢުޤޫބުގެފާނާއި ބައްދަލު ކުރެއްވިއެވެ. އަދި ސަލާންގަލާން ކުރައްވައި ލޯބިން އޮޅުލައި ބޮސްދީ ހެދުމަށް ފަހު ލަބާން އޭނާގެ ގެއަށް ވަޑައިގަތުމަށް ޔަޢުޤޫބުގެފާނަށް ދަޢުވަތު ދިނެވެ. އަދި ގެއަށް ދިޔަ މަގުމަތީގައި ޔަޢުޤޫބުގެފާނު އެކަލޭގެފާނާ މެދުގައި ހިނގާދިޔަ އެންމެހާ ޙާދިސާތަކުގެ ޚަބަރު ލަބާންއަށް ވިދާޅުވެދެއްވިއެވެ.


ނަމަވެސް ޢީސޫ ޔަޢުޤޫބުގެފާނާއި ދިމާއަށް ދުވެފައި އައިސް އެކަލޭގެފާނު ހަށިކޮޅުގައި ބައްދާ އޮޅުލައިގަތުމަށް ފަހު ބޮސް ދިނެވެ. އެ ހިނދު އެ ދެބެއިންމެ ވަނީ އުފަލުން ގޮސް ދެލޮލުން ކަރުނަހިލި ރޮވޭ ޙާލުގައެވެ.


އޭރު މިޞްރުގެ ގަވަރުވަނަރަކަށް ހުންނެވީ ޔޫސުފުގެފާނެވެ. އެކަލޭގެފާނަކީ އެ ހުރިހާ ގޮވާމެއް ވިއްކުމާ ހަވާލުވެ ހުންނެވި ވެރިޔާއެވެ. ޔޫސުފުގެފާނުގެ ބޭބެއިން އައިސް އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ބިންމަތީ މޫނު ޖައްސައިފިއެވެ.


އެބައިމީހުން ޖަވާބުގައި މިފަދައިން ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ ޚާދިމު، އަޅުގަނޑުމެންގެ ބަފައިކަލުން ހެޔޮ ޙާލުކޮޅުގައި ދުނިޔޭގައި އެބަހުންނެވި.⁠“ މިހެން ބުނުމަށް ފަހު، އެބައިމީހުން ޔޫސުފުގެފާނަށް ޤަދަރުކުރުމުގެ ގޮތުން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ކުރުނީސް ކުރިއެވެ.


އަދި ޔޫސުފުގެފާނު އެކަލޭގެފާނުގެ އެންމެހާ އަޚުންގެ ގައިގައި ބޮސްދެއްވުމަށް ފަހު ކީރިތި ކުރައްވަމުން އެބައިމީހުންގެ ގައިގައި ބައްދަވައި ހެއްދެވިއެވެ. މިއަށް ފަހު، އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނާއި ވާހަކަ ދައްކާހެދިއެވެ.


ތިންވަނައަށް ވީ ދުވަހު ޝާއުލްގެފާނުގެ ޖަގަހައިން ހެދުން ވީދާލައި ބޮލަށް ވެލި އަޅައިގެން މީހަކު މޮޅިވެރިކަން ފާޅު ކުރަން އައިސް ދާއޫދުއަށް އިޙުތިރާމު ކުރުމުގެ ގޮތުން ބިމުގައި މޫނު ޖެހޭވަރަށް ގުދުވެއްޖެއެވެ.


ޔޫނަތައިން އެވެ. އަހަރެން ތިޔަ އަޚާއަށްޓަކައި ހިތާމަ ކުރާނީ ކޮންފަދައަކުން ހެއްޔެވެ! ތިއީ އަހަންނަށް ކިހާ ހެޔޮ މީހެއް ހެއްޔެވެ! އަހަރެން ދެކެ ކިހާ ލޯބިވީ މީހެއް ހެއްޔެވެ! އެ ލޯތްބަކީ އިޝްގީ ލޯތްބަކަށް ވުރެން ވެސް މަތިވެރި ލޯތްބެކެވެ.


ދެން އެ އަންހެނާ ރަސްގެފާނުގެ ފައިންޕުޅު ދެކެން އަތުވެއްޖެއެވެ. އޭނާ އައިސް ރަސްގެފާނުގެ ކުރިފުޅުމައްޗަށް ވެއްޓި ބިންމަތީގައި މޫނު ޖައްސައިފިއެވެ. އޭނާ ދެންނެވިއެވެ. ”⁠މަސާހިބު ރަސްގެފާނު! އަޅުގަނޑަށް އޯގާވެރިކަމާއެކު އެހީތެރިވެ ދެއްވާ!⁠“


ދެން އެހުރިހާ އެންމެން އުރުދުން ކޯރު ހުރަސްކޮށްފިއެވެ. ރަސްގެފާނު ބަރުޒިއްލާއި ގައިގައި ބޮސްދީ ހެޔޮ ދުޢާ ކުރެއްވިއެވެ. ދެން ބަރުޒިއްލާއި އެނބުރި ގެއަށް ހިނގައްޖެއެވެ.


ޔޫނަތައިންގެ ދަރިފުޅު މަފީބޫޝަތު ދާއޫދުގެފާނު އަރިހަށް އައިސް ގުދުވެ އަދަބު އަދާ ކޮށްފިއެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠ތީ މަފީބޫޝަތުތަ؟⁠“ މަފީބޫޝަތު ދަންނަވައިފިއެވެ. ”⁠އާދެ މަސާހިބު! އަޅުގަނޑަކީ މަނިކުފާނުގެ ޚާދިމު މަފީބޫޝަތު.⁠“


އެމީހުން ޕައުލް އާއި އަލްވަދާޢު ކިއުމަށް އައިސް ސަލާންކޮށް ގިސްލާ ރުޔެވެ.


ދެން ޞަމޫއީލްގެފާނު ގެންނެވި ޚާއްސަ ތެލެއް ޝާއުލްގެ ބޮލަށް އެޅުއްވުމަށް ފަހު އޭނާއަށް ބޮސް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. ”⁠އަހަރެން މިކަންތައް މިކުރަނީ މާތްރަސްކަލާނގެއަށް ޚާއްސަ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިޔަކަށް ކަލޭ ހަމަޖެއްސެވީމަ.


ޔޫނަތައިން ދާއޫދުއާ ދެމެދު ޢަހުދު ގާއިމުކޮށްފިއެވެ. އެއީ އޭނާގެ އަމިއްލަ ނަފްސެކޭ އެއްފަދައިން ލޯބިވާތީއެވެ.


ދެން ޔޫނަތައިން އޭނާ ގެނައި ދުނިދަނޑި އެކުއްޖާގެ އަތަށް ދީފައި ބުންޏެވެ. ”⁠މި ހިފައިގެން ގޭދޮށަށް ދޭ.⁠“


އޭނާ ދެންނެވިއެވެ. ”⁠އަޅުގަނޑު މަނިކުފާނަށް ގެއްލުމެއް ދޭން އުޅެޔޭ ކިޔައިގެން މީހުން އެ ދައްކާ ވާހަކަ އަޑު އައްސަވަނީ ކީއްވެތޯ؟


އަބީޖާއިލް އަށް ދާއޫދު ފެނުމުން އޭނާ ހިމާރު މަތިން ފައިބައި ދާއޫދުގެ ކުރިމަތީގައި ބިމުގައި މޫނު ޖެހޭވަރަށް ގުދު ވެއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ