40 ދެން ޔޫނަތައިން އޭނާ ގެނައި ދުނިދަނޑި އެކުއްޖާގެ އަތަށް ދީފައި ބުންޏެވެ. ”މި ހިފައިގެން ގޭދޮށަށް ދޭ.“
އެސޮރަކަށް މީން އެކައްޗެއް ވެސް ރޭކައެއް ނުލައެވެ. އެކަމަކު ޔޫނަތައިންއާއި ދާއޫދަށް މި ކަންތައް އޮޅިފައެއް ނެތެވެ.
އެކުއްޖާ ދިޔައިމާ އެ ހިލައިގެ ދެކުނު ފަރާތުން ދާއޫދު ނުކުމެ ޔޫނަތައިންގެ ކުރިމައްޗަށް ހުއްޓި ބިންމަތީ މޫނު ޖެހޭހާ ވަރަށް ތިން ފަހަރު ގުދު ވިއެވެ. ދެން އެ ދެމީހުން އެކަކު އަނެކަކަށް ބޮސްދީ ރޮއި ހަދައިފި އެވެ. އެންމެ ބޮޑަށް ރުއީ ދާއޫދު އެވެ.