38 ދެން އޭނާ ގޮވާލިއެވެ. ”އަވަސް ކުރޭ. އަވަހަށް ދުވޭ! މަޑުނުކުރޭ.“ އެ ސޮރު ތީރު ހިފައިގެން ދުވެފައި އައިސް އެސޮރުގެ ސާހިބުގެ އަތަށް ތީރު ދިނެވެ.
އެކުއްޖާ ތީރު ވެއްޓުނު ހިސާބަށް ދިޔަ ތަނުން ޔޫނަތައިން ގޮވާލިއެވެ. ”ތީރު އޮތީ ކަލެއާ ދުރުގައި ދޯ.“
އެސޮރަކަށް މީން އެކައްޗެއް ވެސް ރޭކައެއް ނުލައެވެ. އެކަމަކު ޔޫނަތައިންއާއި ދާއޫދަށް މި ކަންތައް އޮޅިފައެއް ނެތެވެ.