32 ޔޫނަތައިން ދަންނަވައިފިއެވެ. ”އޭނާ މަރާލަން ޖެހެނީ އޭނާ ކުރި ކޮން ކުށަކާހެދި ތޯ؟“
ލަބާންގެ މި ޢަމަލުތަކާ މެދު ޔަޢުޤޫބުގެފާނު ކޯފާވެ ވަޑައިގަންނަވާ މިފަދައިން ޝަކުވާކުރެއްވިއެވެ. ”އަހަރެން ޖަރީމާއެއް ނޫނީ ތިބާއާއި މެދު އަހަރެން ފާފަވެރި ޢަމަލެއް ހިންގިންތަ؟ މުޖުރިމަކު ހޯދަން އަންނަފަދައިން އަހަރެންގެ ފަސްފަހަތުން ތިޔަ އައީ ކީއްވެ؟
ރުޅިގަދަ މީހުންނާއި ރުޅި އިސްކުރާ މީހުންނާ ގުޅުން ނުބަހައްޓާށެވެ.
ނަމަވެސް ޕިލާތުސް ބުންޏެވެ. ”އޭނާގެ ކުށަކީ ކޮބާ؟“ އެމީހުން އެއަށްވުރެވެސް ބާރަށް އަޑުގެކޮޅަށް ގޮވަމުން ދިޔައެވެ. ”އޭނާ ސަލީބަށް އަރުވާ!“
ޕިލާތުސް އެބައިމީހުންނަށް ތިންވަނަ ފަހަރަށް ބުންޏެވެ. ”މީނާ ސަލީބަށް އަރުވާންވީ ކީއްވެގެން؟ މީނާގެ ކުށަކީ ކޮބާ؟ އޭނާއަށް މަރުގެ ޙުކުމް ކުރަންޖެހޭ އެއްވެސް ސަބަބެއް އަހަރެންނަކަށް ނުފެނޭ. އަހަރެން އޭނާގެ ގައިގާ ހަންމުށި އެޅުމަށް ޙުކުމް ކުރުމަށް ފަހު އޭނާ މިނިވަން ކުރާނީ.“
”އަހަރެމެންގެ ޤާނޫނުގައިވާ ގޮތުގެ މަތިން މީހަކު ދައްކަނީ ކޮންވާހަކައެއްތޯ އަދި ކުރީ ކީއްތޯ އެމީހާ ކުރެން އަހާ އޮޅުން ނުފިލުވައި މީހަކު ކުށްވެރި ކުރުމަކީ ހުއްދަ ކަމެއް ނޫނެއް ނޫންތަ؟“
މިކަންތަކުގެ ތެރޭގައި އެ ލޮންސި ދެ ފަހަރަކު ދާއޫދާ ދިމާއަށް އެއްލާ ލެއްވި އެވެ. އެކަލޭގެފާނު ބޭނުންފުޅުވީ ލޮންސިން ދާއޫދު ގައިގައި ޖަހައި ފާރުގައި ހިއްޕާލާށެވެ. އެކަމަކު ދެފަހަރު ވެސް ދާއޫދު ރެކިގެންފި އެވެ.
ހެނދުނު ޔޫނަތައިން އޭނާގެ ބައްޕަ ގާތަށް ގޮސް ދާއޫދަށް ތައުރީފުކޮށް ބައްޕަ ގާތު ވާހަކަ ދައްކަމުން ދިޔައެވެ. ”ބައްޕާފުޅު ތީ ރަސްގެފާނު. އޭނާއަކީ ބައްޕާފުޅުގެ ޚާދިމެއް. އޭނާ ބައްޕާފުޅަކަށް ދެރަގޮތެއް ނުހަދާނެ. އަދި އޭނާ ކުރިއްޔާ ކުރި ހުރިހާ ކަމެއް ކުރީ ބައްޕާފުޅަށް ފައިދާ ވާނެ ގޮތަށް.
އޭނާގެ ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ ޖުލިޔާތު ގަތުލު ކުރި. އަދި މާތްރަސްކަލާނގެ ބަނީ އިސްރާއީލުންނަށް އެވަރުގެ ކާމިޔާބެއް ދެއްވީމާ ބައްޕަވެސް އުފާފުޅު ކުރެއްވި. މިހާރު ދާއޫދު ކަހަލަ ކުށެއްނެތް މީހަކު މަރައިގެން އެ ފާފަ އިސްތަށިފުޅުގައި އަޅުއްވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟“
ދާއޫދު ރާމަތުގެ ނައިވަތުން ފިލައިގެންގޮސް ޔޫނަތައިންއާ ބައްދަލު ކޮށްފައި އަހައިފިއެވެ. ”ކަލޭގެ ބައްޕަ އަހަރެން މަރާލަން އެ އުޅުއްވަނީ އަހަރެން އެކަލޭގެފާނަށް ކުރި ކޮން ދުއްތުރާލަކާ ހެދި ތަ؟ އަހަރެން ކުރީ ކީއްތަ؟“
ދެން ކަލޭގެ ބައްޕަ ކޯފާވެގެން ތިމަން ގާތު ނުވެސް ބުނެއޭ އެ ދިޔައީ ވިދާޅުވެއްޖެނަމަ އަހަރެން އެވަނީ ނުރައްކަލުގެ ތެރޭގައި. އެކަމަކު އެހެން ދޯއޭ، އެންމެ ރަނގަޅޭ ވިދާޅުވެއްޖެ ނަމަ އަހަރެންގެ މައްޗަކަށް ބިރެއް ނެތް.
”ދާއޫދަށް ވުރެން މަނިކުފާނަށް ވަފާތެރި ވާނީ ކާކުތޯ؟ އޭނާ އަކީ މަނިކުފާނުގެ އިސް ހަށިފާރަވެރިޔާ. އަދި މަނިކުފާނުގެ ދަނބި ދަރިފުޅު. އަދި ސިފައިންގެ ލަޝްކަރުގައި އޭނާއަށް ވުރެން އިސް މަޤާމެއްގައި ހުރީ ކާކުތޯ؟