Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 20:30 - ކިތާބުލް މުޤައްދަސާ

30 ރަސްގެފާނު ކޯފާވެ ހުޅުފަޅައިގެން ދިޔައެވެ. ”⁠ކަލޭ ތީ ކޮންތާނކު ހުރި ވިޔާނުދާ ކަސްބީ އަންހެނެއްގެ ދަރިއެއްތަ؟ ކަލޭ ހުންނަނީ ދާއޫދާ އެއްކޮޅަށް ކަން އަހަންނަށް ނޭނގެނީ ތަ. ކަލޭ ލަދެއް ވެސް ނުގަނޭތަ؟ ކަލޭ ވިހޭ އަމާ ވެސް ލަދުގަންނަން ޖެހޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 20:30
14 ပူးပေါင်းရင်းမြစ်များ  

ރުޅިމަޑުމީހާގެ ކިބައިގައި ހަމަ ވިސްނުން ހުންނާނެއެވެ. ރުޅިގަދަ މީހާ ކުރާނީ މޮޔަ ކަންތަކެވެ.


ބުއްދިވެރިން ބުނާބަސްތަކުން ޙިކުމަތްތެރިކަން ލިބިގަންނަ ހިތްވެއެވެ. މޮޔައިންގެ އަނގައިން އޮހިގަންނާނީ ބޭކާރު ބަސްތަކެވެ.


ރަސްގެފާނުގެ ކޯފާއެކޭ ސިންގާގެ ހޭރުމެކޭ އެއްފަދައެވެ. ރަސްގެފާނުގެ ރުހުން ގަސްތަކަށް ފައިބާ ޝަބްނަމްގެ ތިކިތަކެއް ފަދައެވެ.


ރުޅިގަދަ މީހާ އެކަމުގެ އަގު ދައްކަން ޖެހޭނެއެވެ. އެއްފަހަރު ކަލޭ އެކަމުން އޭނާ ސަލާމަތް ކޮށްދިނަސް އެހާހިސާބުން އެކަމެއް ނުނިމޭނެއެވެ. އެކަންތައް ދާނީ ތަކުރާރު ވަމުންނެވެ.


ބޮޑާކަމާއެކު މަލާމާތް ކުރާ މީހާ އަކީ ހައްދެއްނެތްހާ ކިބުރުވެރިއެކެވެ.


ނަފްސުގެ މައްޗަށް ބާރު ނުފޯރާ މީހާއެކޭ ބޮޑުފާރު ތަޅާލެވިފައިވާ ރަށެކޭ އެއްފަދައެވެ.


ވެއްޔާއި ހިލައަކީ ބަރު އެއްޗެކެވެ. އެކަމަކު މޮޔައެއްގެ ކިބައިން ދިމާވާ ދެކޮޅުވެރިކަން އަދި އެއަށް ވުރެން ބަރެވެ.


އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިމާގެ އަޚާ ދެކެ ރުޅިއައިސްގެން ވެސް ނުވާނެ. ނޫނީ ތިމާ އަދާލަތުގެ ކުރިމައްޗަށް ގެންދަން ޖެހިދާނެ. ތިމާގެ އަޚާއަކީ މޮޔައެކޭ ކިޔައި ހުތުރުއެއްޗެހި ގޮވާ މީހާ ވެސް އަދާލަތުގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭނެ. އަދި އަނެކާއަކީ ސޮހޮލެކޭ ބުނާ މީހާއަށް ނަރަކައިގެ އަލިފާނުން ސަޒާ ދެވޭނެ.


ކުށަށް މަޢާފު ނުކުރުމާއި، ޤަދަރުޅިއައުމުންނާއި، ރުޅިވެރި ބަސްތަކުން ހަޅޭ ލެވުމާއި، އަނެކުން ހިތުގައި ޖެހޭފަދަ ބަހުރުވައިން މުޚާތަބު ކުރުމާއި، ގަސްދުގައި އަނެކުންނަށް އަނިޔާވެރިވުމުން އެއްކިބާވާށެވެ.


ބަފައިންނޭވެ. ތިޔަބައިމީހުންގެ ދަރިންނާއިމެދު ހިތާހިތުމުގައި އެދަރިން ރުޅިއަރާފަދަ ގޮތަކަށް އަމަލުނުކުރާށެވެ. އޭގެބަދަލުގައި އެދަރިންނާއިމެދު އަޅާލުމާއިއެކު މާތް ސާހިބާ އެދިވަޑައިގަންނަވާ ފަދައިން ނަސޭޙަތްތެރިވެ އުނގަންނައިދީގެން ބޮޑެތިކުރާށެވެ.


އެއީ ރަށުގައި އާއިލާގެ ޤުރުބާނީ ކުރުމެއް އޮވެގެން އޭނާގެ ބޭބެމެން އޭނާ ދިއުމަށް އެދިފައިވާތީ އޭ. އެހެންވީމާ ބޭބެމެން ގާތަށް ފޮނުވާ ދޭށޭ. އެހެންވެ އޭނާ މި ޖާފަތަށް ނައީ.⁠“


ޔައްސާގެ ދަރި ދުނިޔޭގައި ހުރެއްޖެނަމަ ކަލޭ ވެސް ކަލޭގެ ރަސްކަން ވެސް ދެމިއެއް ނޯންނާނެ. ހަމަ މިހާރު އޭނާ ބަލާ ފޮނުވައިގެން ގެނޭ. އޭނާ ޖެހޭނީ މަރާލަން!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ