Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 20:27 - ކިތާބުލް މުޤައްދަސާ

27 އެކަމަކު އޭގެ އަނެއް ދުވަހު ވެސް ދާއޫދުގެ ގޮނޑި ހުރީ ހުސްކޮށެވެ. ދެން ރަސްގެފާނު ދަރިކަލުން ޔޫނަތައިނަށް ވިދާޅުވިއެވެ. ”⁠ޔައްސާގެ ދަރި ދާއޫދު އިއްޔެ އަކު ވެސް މިއަދަކު ވެސް ޖާފަތަކަށް ނާދޭ. އެއީ ކީއްވެތަ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 20:27
12 ပူးပေါင်းရင်းမြစ်များ  

އޭނާއަކީ އެ ވަޑާންކުރާ މީހާގެ ދަރިއެއް ނޫންތަ؟ އޭނާގެ މަންމާއަކީ މަރިޔަމް. އަދި އޭނާގެ ކޮއްކޮމެންނަކީ ޔާމިޒު އާއި ޔޫސުފާއާއި ސިމްޢާން އަދި ޔަހޫޛާއެއް ނޫންތަ؟


މާތްސާހިބާ އީސާ އަލްމަސީޙުގެ އަރިހަށް އަންނާށެވެ. އެކަލޭގެފާނު ވަނީ މާތްރަސްކަލާނގެ ގެކޮޅުގައި ވީ ދިރިހުރި ބިންގަލެއް ފަދައިންނެވެ. މީސްތަކުން އެކަލޭގެފާނާއިމެދު އިންކާރު ކުރެއްވިއެވެ. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު ޚިޔާރު ކުރައްވައި މަތިވެރި ކުރެއްވިއެވެ.


މިކަންތަކުގެ ތެރޭގައި އެ ލޮންސި ދެ ފަހަރަކު ދާއޫދާ ދިމާއަށް އެއްލާ ލެއްވި އެވެ. އެކަލޭގެފާނު ބޭނުންފުޅުވީ ލޮންސިން ދާއޫދު ގައިގައި ޖަހައި ފާރުގައި ހިއްޕާލާށެވެ. އެކަމަކު ދެފަހަރު ވެސް ދާއޫދު ރެކިގެންފި އެވެ.


ޝާއުލްގެފާނު އަނެއް ފަހަރު ދާއޫދު ބަލާ ފޮނުއްވިއެވެ. ”⁠އޭނާ އޮތް އެނދާ އެކު ނަގައިގެން އާދޭ. އޭރުން އަހަރެން އޭނާ މަރާލާނަން.⁠“


އެދުވަހު ރަސްގެފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ރަސްގެފާނު ހީފުޅުކުރެއްވީ ދާއޫދަށް ކޮންމެވެސް ކަމެއް ދިމާވެގެން އެ މުނާސަބާ ހަޑި ވެދާނެތީ ނައީ ކަމަށެވެ.


ޔޫނަތައިން ދެންނެވިއެވެ. ”⁠ދާއޫދު އަޅުގަނޑުގާތު އާދޭސް ކޮށްފައި ބުނި އޭނާ ބައިތުލަޙަމަށް ފޮނުވައި ދޭށޭ.


ދާއޫދު ބުންޏެވެ. ”⁠މާދަމާ މިއަންނަ ހަނދު ބަލާ ޢީދުގައި ކަލޭގެ ބައްޕަ ދެއްވާ ޖާފަތަށް އަހަރެން ދާން ޖެހޭނެ. އެކަމަކު މާދަމާ ނޫން އަނެއް ދުވަހު އަހަރެން ހުންނާނީ އިރު އޮއްސެންދެން ފިލާ.


ނާބާލް ޖަވާބު ދިނެވެ. ”⁠ދާއޫދުއޭ ތަ؟ ތިޔަ ޔައްސާގެ ދަރިއަކީ ތީ ދެން ކާކުތަ؟ މިރަށުގައި މިހާރަކަށް އައިސް ތިހެން ފިލައިގެން އުޅޭ ލައްކަ ގިނަ އަޅުންތައް އެބަ އުޅޭ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ