1 ޞަމޫއީލް 20:24 - ކިތާބުލް މުޤައްދަސާ24 ދެން ދާއޫދު ވަލުތެރެއަށް ވަދެ ފިލައިފި އެވެ. އޭގެ އަނެއް ދުވަހު ހަނދުބަލާ ޢީދުގެ ޖާފަތް ތައްޔާރުވުމުން އާދަކާދައިގެ މަތިން ފާރު ކާރީގައި ހުންނަ ގޮނޑިކޮޅުގައި ރަސްގެފާނު އިށީނދެ ވަޑައިގެންފި އެވެ. အခန်းကိုကြည့်ပါ။ |
ކައިފާސްގެ ގެއިން ރޯމުގެ ގަވަރުނަރުގެ ގަނޑުވަރަށް އީސާގެފާނު ގެންދެވުނީ ފަތިހުއެވެ. ނަމަވެސް އީސާގެފާނާއި މެދު ދައުވާ ކުރުމަށް އައި މީހުން އެތާނގެ ތެރެއަކަށް ނުވަދެއެވެ. އެއީ އެތަނަށް ވަނުމުން އެމީހުން ނަޖިސް ވާނެތީއެވެ. އަދި އެކަމުގެ ސަބަބުން އެމީހުންނަށް ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން ވެސް ކެއުން މަކުރޫހަ ވާނެތީއެވެ.