Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 20:2 - ކިތާބުލް މުޤައްދަސާ

2 ޔޫނަތައިން ބުންޏެވެ. ”⁠ތިޔަ ބުނީއަކީ ރަނގަޅަކަށް ނޫން. އަހަރެންގެ ބައްޕަ ކަލޭ މަރާލަން އުޅުއްވާ ނަމަ އެވާހަކަ އަހަރެންގެ ގާތު ވިދާޅު ނުވެއެއް ނުހުންނަވާނެ. ކިތަންމެ ކުޑަ ކަމެއް ވިޔަސް ބޮޑު ކަމެއް ވިޔަސް ބައްޕަ ކުރައްވާނީ އަހަރެންގެ ގާތު ވިދާޅުވެފަ. ބައްޕަ ނޫޅުއްވާ ކަލޭ މަރާލާކަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 20:2
14 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ޔޫސުފުގެފާނުގެ އަޚުން ޚާދިމުކަލޭގެއާއި މުޚާތަބުކޮށް މިފަދައިން ބުންޏެވެ. ”⁠ތިޔަފަދައިން ވާހަކަ ތިޔަދައްކަނީ ކީއްވެ؟ ތިޔަފަދަ ކަމެއް އަހަރެމެން ނުކުރަމު!


ވަގަކަށް އެހީތެރިވުމުން ގެއްލުން ލިބެނީ ތިމާއަށެވެ. އެހެނީ ތެދުބަސް ބުނަން ހުވާކޮށްގެން ހުއްޓަސް ތެދުބަސް ބުނާކަށް އޭރަކުން ނުކެރޭނެއެވެ.


އޭނާ އައިސް އެ މޭބިސްކަދުރު ދަނޑު ކުއްޔަށް ހިފި މީހުން މަރާލާނެ. އަދި އެ ދަނޑު އެހެން ބަޔަކަށް ކުއްޔަށް ދޭނެ.⁠“ މީހުން މިއަޑު އަހާ ބުންޏެވެ. ”⁠އިރާދަކުރެއްވިޔާ ދުވަހަކު ވެސް އެފަދައިން މާތްރަސްކަލާނގެ ކަންތައް ހިންމަވައި ނުދެއްވާށި.⁠“


ނޯކަރުންނަކަށް އެމީހުންގެ ވެރިމީހާ ކުރަން އުޅޭ ކަންތައްތަކެއް ކިޔައެއް ނުދޭނެ. އަހަރެން ކަލޭމެންނާއި މެދު މިހާރު މިދެކެނީކީ އަހަރެންގެ ނޯކަރުންގެ ގޮތަކު ނޫން. އަހަރެން ކަލޭމެންނާއި ދޭތެރޭ ކަންތައް ކުރަނީ ކަލޭމެންނަކީ އަހަރެންގެ ރައްޓެހިންގެ ގޮތުގައި. އެހެންކަމުން ބައްޕާފުޅު އެންގެވި ހުރިހާ ކަމެއް އަހަރެން ކަލޭމެންނަށް އަންގައިދިނިން.


އަޅުގަނޑު އިނބަރަސްކަލާނގެ އެންގެވި ހުރިހާ ބަސްފުޅުތަކެއް އެމީހުންނަށް އަންގާ ދިނިން. އަދި އެމީހުން އެބަސްފުޅުތައް ގަބޫލުކުރި. އަދި އަޅުގަނޑު އައީ އިނބަރަސްކަލާނގެ ފަރާތްޕުޅުންކަން އެމީހުންނަށް އެނގި ޔަޤީންވި. އަޅުގަނޑު ފޮނުއްވީ އިނބަރަސްކަލާނގެ ކަން ގަބޫލުކޮށް އެމީހުން އީމާންވި.


ދެން މީސްތަކުން ދެންނެވިއެވެ. ”⁠އިސްރާއީލީންނަށް އެހާ މަތިވެރި ފަތަޙައެއް ހޯދައި ދީފައި އެ ވަނީ ޔޫނަތައިންގެ ހިއްވަރުން. އެހާވަރުގެ ކަމެއް ކޮށްދިން މީހާ ވެސް މަރާލަން ޖެހޭނެ ތޯ؟ ލާހިކަ ކުޅަދާނައެއް ނޫން. ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާ ކުރަން. އަހަރެމެން އޭނާގެ ބޮލުން އިސްތައްޓެއް ވެސް ކެނޑިޔަކަ ނުދޭނަން. އެގޮތަކީ މިއަދު އޭނާ އެވަރުގެ ކާމިޔާބެއް ކޮށްފައި އެވަނީ އެކަލާނގެ ދެއްވި މަދަދާއެކު.⁠“ މިހެން ބުނެ އެމީހުން ޔޫނަތައިން މަރުން ސަލާމަތް ކޮށްފިއެވެ.


ދާއޫދު ރާމަތުގެ ނައިވަތުން ފިލައިގެންގޮސް ޔޫނަތައިންއާ ބައްދަލު ކޮށްފައި އަހައިފިއެވެ. ”⁠ކަލޭގެ ބައްޕަ އަހަރެން މަރާލަން އެ އުޅުއްވަނީ އަހަރެން އެކަލޭގެފާނަށް ކުރި ކޮން ދުއްތުރާލަކާ ހެދި ތަ؟ އަހަރެން ކުރީ ކީއްތަ؟⁠“


”⁠އަހަރެން މާތްރަސްކަލާނގެ އިސްރާއީލުގެ ކަލާނގެ މާތްކަލާނގެ ގަންދީ ބުނަން، ބައްޕަ ކަލެއާމެދު ރުހި ވަޑައިގެން ހުންނެވިނަމަ އެކަން އަހަރެން ކަލެއަށް މާދަމާ ނޫނީ އަނެއް ދުވަހުން އަންގާނަން.


ދާއޫދު ބުންޏެވެ. ”⁠އަހަރެން ހުވާ ކޮށްފާ މިބުނަނީ. ކަލޭ އަހަރެންނާ މެދު އޮންނަ ގާތް ގުޅުން ކަލޭގެ ބައްޕާފުޅަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެކަލޭގެފާނު ހިތްޕުޅަށް އަރާ ވަޑައިގަންނަވާނެ ’⁠ޔޫނަތައިންގެ ގާތުގައި އެވާހަކަ ބުނެފިއްޔާ އޭނާ ދެރަ ވެދާނެ.⁠‘ އެހެންވީމާ އެވާހަކަ ވިދާޅު ނުވީ. އެކަމަކު ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެއާއި ކަލޭގެ ފުރާނަ ގަންދީ ބުނަން، އަހަރެން މިވަނީ ވަރަށް ބޮޑު ނުރައްކަލެއްގައި. އަހަރެން މަރުނުވެ ސަލާމަތް ވުމަކީ އުނދަގޫކަމެއް.⁠“


ޝާއުލް އައުމުގެ އެއްދުވަސް ކުރީގައި މާތްރަސްކަލާނގެ ވަނީ ޞަމޫއީލްގެފާނަށް މިފަދައިން ވަޙީ ކުރައްވާފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ