1 ޞަމޫއީލް 20:15 - ކިތާބުލް މުޤައްދަސާ15 އަހަންނަށް ދެރަގޮތެއް ދިމާވެއްޖެ ނަމަ އަހަރެންގެ އާއިލާއާ މެދު ކަލޭ ވެސް އެހީތެރި ވެދޭތި. އެއީ ކަލޭގެ އަދާވާތްތެރިން މާތްރަސްކަލާނގެ މި ބިންމަތިން ނައްތާ ލެއްވުމަށް ދާނދެން.“ အခန်းကိုကြည့်ပါ။ |
އެކަމަކު އެކަލޭގެފާނު ޔޫނަތައިންގެ ދަރިފުޅު މަފީބޫޝަތު ހިމާޔަތް ކުރެއްވިއެވެ. ޔޫނަތައިން އަކީ ޝާއުލްގެފާނުގެ ދަރިކަލެކެވެ. އެހެންނަމަވެސް ދާއޫދުގެފާނު ވަނީ ޔޫނަތައިންއާއެކު މާތްރަސްކަލާނގެ ހެކި ކުރައްވައި އިޤުރާރެއް ކުރައްވާފައެވެ. އެހެންކަމުން އެކަލޭގެފާނު މަފީބޫޝަތަށް ގެއްލުމެއް ވިޔަކަ ނުދެއްވިއެވެ.
ޔޫނަތައިން ދާއޫދަށް ބުންޏެވެ. ”ސަލާމަތް ކަމާއެކު ދޭ. އަހަރެމެން ދެމީހުން މިތިބީ ރައްޓެހިކަން ނުކެނޑުމަށް މާތްރަސްކަލާނގެ ގަންދީ ހުވާ ކޮށްގެން. އަހަރެންގެ ދަރިކޮޅުގެ މީހުންނާއި ކަލޭގެ ދަރިކޮޅުގެ މި ގުޅުން ދާއިމަށް ދަމަހައްޓާނެ ކަމަށް މާތްރަސްކަލާނގެ ހެކި ކޮށް ވަޢުދު ކޮށްގެން.“ ދެން ދާއޫދު އެތަނުން ހިނގައްޖެއެވެ. ޔޫނަތައިން ވެސް ސަހަރަށް ހިނގައްޖެއެވެ.