1 ޞަމޫއީލް 20:13 - ކިތާބުލް މުޤައްދަސާ13 ބައްޕަ ކޯފާވެފައި ހުންނެވި ނަމަ އެކަން ކަލެއަށް އަންގައި ކަލެއަށް ރައްކާތެރިކަން ދޭނަން. މި ގޮތުގެ މަތިން އަހަރެން ކަންތައް ނުކޮށްފިނަމަ މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް ކިތަންމެ ބޮޑު ކޯފާއެއް ފޮނުއްވިޔަސް ހެޔޮ. އަހަރެންގެ ބައްޕައާއެކު މާތްރަސްކަލާނގެ ވޮޑިގެން ވީފަދައިން ކަލެއާއެކު ވެސް އެކަލާނގެ ވޮޑިގެން ވާށި. အခန်းကိုကြည့်ပါ။ |
އޭގެ ފަހުން މީހުން އައިސް ދާއޫދުގެފާނު އެއްޗެއް ފަރީއްކުޅުއްވާނެ ތޯ ދެންނެވިއެވެ. އޭރަކު އަދި އިރެއް ނުއޮއްސެވެ. އެއިރު ދާއޫދުގެފާނު ހުންނެވީ ހުވައެއްގެ މަތީގައެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”އަހަރެން ރޮށިކޮޅެއްވިޔަސް އަދި އެނޫން އެއްޗެއް ވިޔަސް އިރުގެ އަލިކަން ހުއްޓާ ކައިފިނަމަ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި!“
ޝާއުލްގެފާނު އިސްރާއީލުގެ ރަސްކަލަކަށް ވީއްސުރެ އެކި ދިމަދިމާއިން ދުޝްމަނުންނާ ކުރިމަތި ލައްވާފައި ވެއެވެ. އެކަލޭގެފާނު މުއާބީންނާއި ޢައްމޫނީންނާއި އަދޫމީންނާއި ޒޫބާގެ ރަސްކަލުންނާއި އެނޫން ވެސް ފިލިސްޠީނުންނާ ކުރިމަތި ލެއްވިއެވެ. އެއިން ކޮންމެ ބައެއްގެ މައްޗަށް ވެސް އެކަލޭގެފާނު ވަނީ ފަތަޙަ ހޯއްދަވާފައެވެ.