Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 2:8 - ކިތާބުލް މުޤައްދަސާ

8 ކިލާގަނޑުން މީހާ ނަންގަވަނީ އެކަލާނގެ. ބޭނުން ޖެހިފައިވާ މީހާ ކުނިގޮނޑުން ނެރުއްވަނީ އެކަލާނގެ. އަދި ރަސްކަލުންގެ އަރިހުގައި ބައިންދަވަނީ އެކަލާނގެ. މީހާއަށް އިއްޒަތުގެ ތަޚުތު ދެއްވަނީ އެކަލާނގެ. އެހެނީ ބިމުގެ ބިންގާތަކަކީ މާތްރަސްކަލާނގެ މިލްކެއް. ބިމުގެ ބިންގާ އެޅުއްވީ އެކަލާނގެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 2:8
31 ပူးပေါင်းရင်းမြစ်များ  

ލަސްތަކެއް ނުކުރައްވައި ފިރުޢައުނު ޔޫސުފުގެފާނު ޖަލުން ދަރުބާރަށް ގެނައުމުގެ އަމުރު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ތުނބުޅި އާއި މަތިމަސް ކޮއްޓަވައި ސާފު އަންނައުނު ތުރުކުރުވައި ރަސްގެފާނުގެ ދަރުބާރަށް ހާޒިރު ކުރެވުނެވެ.


އެހެންވީމާ، އަހަރެންގެ ގަނޑުވަރުގެ ކަންތައްތައް ހިންގައި ބެލެހެއްޓުމަށް އަހަރެން ތިބާ ޢައްޔަން ކުރަން. ހުރިހާ އެންމެން ތިބާއަށް ކިޔަމަންތެރިކަން އަދާކުރާނެ. އަދި އަހަރެން ފިޔަވައި ތިބާއަށް ވުރެން ވަކިން އިސްމީހަކު މި ތަނުގައި ނުހުންނާނެމެ.⁠“


”⁠ތިމަންކަލާނގެ ޚާދިމު ދާއޫދުގާތު ބުނޭ ’⁠މިއީ ކުޅަދުންވަންތަ ކަލާނގެ ކުޅަދުންވަންތަ މާތްރަސްކަލާނގެ ބަސްފުޅޭ: ތިމަންކަލާނގެ ކަލޭ ހޮއްވެވީ ދަނޑުމަތީގައި ކަންބަޅި ބަލަހައްޓަން އުޅެނިކޮށޭ. އަދި ތިމަންކަލާނގެ ވަނީ ކަލޭގެފާނަށް އިސްރާއީލު މީހުންގެ ވެރިކަން ދެއްވާފައޭ.


އެ ދަރިކަލުންނަކީ މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅެވެ. އެކަލާނގެ ޒާތުފުޅުގެ ނަކަލެވެ. މުޅި ކައުނު ހިފަހައްޓަވައި ދިރުން ދަމަހައްޓަވަނީ އެކަލޭގެފާނުގެ ބާރުފުޅުގަދަ ބަސްފުޅުންނެވެ. އެކަލޭގެފާނު އަހަރެމެންގެ ފާފަތަކުން ތާހިރުކޮށް ދެއްވުމަށް ފަހު އުޑަށް އަރާވަޑައިގެން އިށީނދެވަޑައިގަތީ ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.


އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ ކަނުލައި އަޑުއަހާށެވެ! އީމާންތެރިކަމުގައި މުއްސަނދި ކުރުވުމަށް މާތްރަސްކަލާނގެ ޚިޔާރު ކުރެއްވީ މިދުނިޔެއިން ނިކަމެތި ފަގީރުންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަރާތްތަކަށް އެކަލާނގެ ރަސްކަންފުޅުން ލިބިދޭ ޙައްޤާއިމެދު އެބައިމީހުންނަށް ވެސް ޙިއްސާ ކުރެވޭނެ ކަމުގެ ވަޢުދުވެވޮޑިގެންނެވިއެވެ.


އަދި އެކަލޭގެފާނުގެ ރަސްކަލާނގެ ކަމަށްވާ މަތިވެރި ބައްޕާފުޅުގެ ޚިދުމަތުގައިވާ އިމާމުންގެ ރަސްކަންފުޅެއް ކަމުގައި އެކަލޭގެފާނު އަހަރެމެން އައްޔަން ކުރެއްވިއެވެ. އީސާ އަލްމަސީޙަށް ޖަލާލަތާއި ބާރު އަބަދުގެ އަބަދަށް ދެއްވާށިއެވެ! އާމީން.


އެތަނަށް ރޭގަނޑު ވުމެއް ނޯންނާނެއެވެ. އަދި ބައްތިތަކާއި އިރުގެ އަލިކަން އެބައިމީހުންނަށް ބޭނުމެއް ނުވާނެއެވެ. ސަބަބަކީ އެބައިމީހުންގެ އަލިކަމަކީ ސާހިބުވަންތަ މާތްރަސްކަލާނގެ ކަމުގައި ވާނެކަމެވެ. އަދި އެބައިމީހުން ރަސްރަސްކަލުން ފަދައިން ދާއިމަށް ވެރިކަން ކުރާނެވެ.


ނަސްރު ހޯދާ ހުރިހާ އެންމެން އަހަރެންނާއި އެކުގައި ތަޚުތުގައި އިށީނުމުގެ ޙައްޤު ދޭނަން. އެއީ އަހަރެން ވެސް ނަސްރު ހޯދައި އަހަރެންގެ ބައްޕާފުޅުގެ ތަޚުތުގައި އިށީނދެއިން ފަދައިން.


މާތްރަސްކަލާނގެ ކިބަފުޅަށް ޚިދުމަތް ކުރައްވާ އިމާމުންގެ ރަސްކަމެއް ކަމުގައި ކަލޭގެފާނު އެބައިމީހުން ހައްދަވައިފީމު. އަދި އެބައިމީހުން ދުނިޔޭގައި ވެރިކަން ހިންގާނެ ވެސްމެ.⁠“


ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެފާނަކީ އެހާ މުހިންމު މީހެއް ނޫންކަން ދެނެ ހުންނެވީމެއް ނު. ވިޔަކަސް ކަލޭގެފާނަށް ތިޔަވަނީ އިސްރާއީލުގެ ވެރިކަން ދެއްވާފައި. މާތްރަސްކަލާނގެ ވަނީ ކަލޭގެފާނަށް އިސްރާއީލުގެ ރަސްކަން ދެއްވާފައި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ