1 ޞަމޫއީލް 2:5 - ކިތާބުލް މުޤައްދަސާ5 ކުރީގައި ބަނޑު ފުރިފައި ހުރި މީހާ މިހާރު އެވަނީ ކާއެތިކޮޅަކަށްޓަކައި ބުރަ އުފުލަން ޖެހިފައި. ކުރީގައި ބަނޑުހައިވެފައި ހުރި މީހާ އެވަނީ ބަނޑު ފުރިފައި. ކުރީގައި ދަރިޔަކު ނުލިބޭ މީހާއަށް އެވަނީ ހަތް ދަރިން ލިބިފައި. ކުރީގައި ދަރިން ތިބި މީހާ އެވަނީ އެ ދަރިން ގެއްލި ބިކަވެފައި. အခန်းကိုကြည့်ပါ။ |
ރަސޫލު ޔަޝަޔާޙުގެފާނު މާތްރަސްކަލާނގެ ވަޙީބަސްފުޅު މިފަދައިން ލިޔުއްވިއެވެ. ”ދުވަހަކު ދަރިއަކު ލިބިފައިނުވާ މީހާ މިހާރު އުފާކުރާށޭ، ދުވަހަކު ނުވިހާ މީހާ މިހާރު އުފަލުން ހަޅޭއްލަވާށޭ، ދުވަހަކު ވެސް ދަރިއަކު ލިބިފައި ނުވާ، އެކަނިވެރި އަންހެނާއަށް، އެތައް ދުވަހަކު، މީހަކާއި އިނދެގެން އުޅުނު އަންހެނަކަށް ވުރެ ގިނަ ދަރިން ލިބޭނެއޭ.“