Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 2:35 - ކިތާބުލް މުޤައްދަސާ

35 އަދި ތިމަންކަލާނގެ ހިތްއެދޭ ގޮތަށް ޚިދުމަތް ކުރާނެ ތެދުވެރި އިމާމަކު ހަމަޖައްސާނަން. އަދި އޭނާގެ އާއިލާ ދަމަހައްޓާނަން. އޭނާ ވާހުށީ ތިމަންކަލާނގެއަށް ޚިދުމަތް ކުރުމުގައި ދެމި ތިބޭނެ ބައެއް ކަމުގައި. އަދި ތިމަން ކަލާނގެ މަތި ކުރާ ވެރިއެއްގެ ޚާދިމުން ކަމަށް.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 2:35
28 ပူးပေါင်းရင်းမြစ်များ  

އިސްރާއީލީންގެ މައްޗަށް ފަނޑިޔާރުން ލެއްވީއްސުރެން އެމީހުންނަށް އަދާވާތްތެރިން ދޭ ހަމަލަތަކުން ތިމަންކަލާނގެ އެމީހުން ރައްކާތެރި ކޮށްދެއްވީމޭ. އަދި މީގެކުރީގައި ނުލަފާ މީހުންގެ ކިބައިން އެމީހުންނަށް އައި ފަދަ ހަމަލަތައް އައުން ތިމަންކަލާނގެ ހުއްޓުވާނަމޭ. މިހާރު ތިމަންކަލާނގެ މި ވަޢުދުވެ ވޮޑިގަންނަވަނީ ކަލޭގެފާނުގެ ދަރިކޮޅުން ރަސްކަލުން ފޮނުއްވައި އެ ރަސްކަން ދެމެހެއްޓުމަށޭ.


އޭ މާތްރަސްކަލާނކޯ! އިސްރާއީލުގެ ވެރި ކުޅަދުންވަންތަ ރަސްކަލާނކޮ! މިއަޅާއަށް އިނބަރަސްކަލާނގެ މިހެން އަންގަވައިފި: ’⁠ކަލެއަށް ތިމަންކަލާނގެ ރަސްމަތިފުށެއް ދެއްވާނަމޭ.⁠‘ އެހެންކަމުން މިއަޅާއަށް މި ދުޢާ އިނބަރަސްކަލާނގެއަށް ދެންނެވުމުގެ ހިތްވަރު ލިބިއްޖެ.


މި ފޫޅުމައިން މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވީތީ އެކަލާނގެ އެމީހުންނަށް އަމިއްލަ ދަރިންނާއި އާއިލާ ދެއްވިއެވެ.


މީގެ މާނައަކީ އެކަލޭގެފާނު ހުރިހާ ގޮތަކުން ވެސް އެކަލޭގެފާނުގެ މީހުންނާ އެއްގޮތްވާން ޖެހިވަޑައިގެންނެވި ކަމެވެ. އެއީ މާތްރަސްކަލާނގެ ހަޒްރަތުގައި އެކަލޭގެފާނަށް އޯގާތެރިކަމާއި އަދި ވަފާތެރިކަމާއެކު އުއްތަމަ އިމާމެއްގެ ގޮތުގައި ޚިދުމަތް ކުރެއްވޭނެ ގޮތް ވުމަށްޓަކައެވެ. އެއީ އެގޮތުން މީސްތަކުންގެ ފާފަތަކަށް ކައްފާރާއެއް ހުށަހެޅޭނެ ގޮތް މެދުވެރި ވުމަށްޓަކައި ވެސް މެއެވެ.


ޝާއުލް ޖިބްޢާ ފަރުބަދައާ ހަމަޔަށް ގޮސް އެ ނަބީންތަކާ ބައްދަލުވި ހިނދު މާތްކަލާނގެ ރޫޙުފުޅު އޭނާގެ މައްޗަށް ވެރިވެ އަތްގަދަ ކުރެއްވުމާއެކު ޝާއުލް ވެސް ވަޖިދުވާން ފަށައިފިއެވެ.


ޞަމޫއީލްގެފާނު އެތަނުން ވަޑައިގަތުމަށް އެނބުރި ވަޑައިގެންނެވި ތަނާ މާތްކަލާނގެ ޝާއުލްގެ ހިތް ބަދަލު ކުރައްވައި އާ މީހަކަށް ހައްދަވައިފި އެވެ. އެދުވަހު ޞަމޫއީލް އެވިދާޅުވި ހުރިހާ ކަމެއް ވެސް އެ ގޮތަށް ހިނގައި ދިޔައެވެ.


އަހަރެން މިހާރު މިހިރީ ކަލޭމެންގެ ކުރިމަތީގައި. އަހަރެން ކަލޭމެންގެ ވެރިއެއްގެ ގޮތުގައި ހުރި އިރު ތިއިން އެއްވެސް މީހަކަށް ދެރައެއް ދިނިންތަ؟ އެއްވެސް މީހެއްގެ ގެރިއެއް ހިމާރެއް ނެގިންތަ؟ އެއްވެސް މީހެއް އެދޭ ގޮތަކަށް ކަންތައް ނިންމައި ދިނުމަށް ރިޝްވަތެއް އަތުލާފައި ވާނެތަ؟ އެފަދަ ކަމެއް އަހަރެންގެ ފަރާތުން ކުރެވިފައި ވާނަމަ މާތްރަސްކަލާނގެއާއި ކަލޭމެންގެ އެކަލާނގެ ހޮއްވަވާފައިވާ ރަސްގެފާނުގެ ހާޒިރުގައި އެވާހަކަ ބުނޭ. އޭރުން އަހަރެން އޭގެ ބަދަލު އަދާކޮށް ދޭނަން.⁠“


ދެން ޞަމޫއީލްގެފާނު ވަޑައިގެން އެ އެންމެ ބެއިންގެ ކުރިމަތީގައި އެކަލޭގެފާނު ގެންނެވި ޒައިތޫނި ތެޔޮ ދާއޫދުގެ ބޮލަށް އަޅައިފިއެވެ. އެދުވަހުން ފެށިގެން މާތްރަސްކަލާނގެ ރޫޙުފުޅު ގަދަފަދަ ކަމާއެކު ދާއޫދުގެފާނަށް ލިބިވަޑައިގެންފި އެވެ. ޞަމޫއީލްގެފާނު ދެން ރާމާއަށް އެނބުރި ވަޑައިގެންފިއެވެ.


އަދި ކަލޭގެ އާއިލާގެ ތެރޭން ސަލާމަތްވީ މީހަކު ނަމަ އޭނާގެ ގާތަށް ގޮސް ކުރުނީސްކޮށް ފައިސާ ފޮއްޗަކަށް، ނުވަތަ ކާއެތިކޮޅަކަށް އެދި ސަލާން ޖަހާނެ. އަދި ކާންބޯން އަދާކުރާނެ އިމާމުންގެ ވަޒީފާއެއް ދޭށޭ ކިޔާ އާދޭސް ވެސް ކުރާނެ.⁠‘⁠“


ސާހިބުގެ މި ޚާދިމާގެ ފަރާތުން ކުރެވުނު ކުށަށް މަޢާފު ދެއްވާ. މާތްރަސްކަލާނގެ ސާހިބުގެ ރަސްކަން ދާއިމަށް ދަންމަވާށި. އެހެނީ ސާހިބު ތިޔަ ކުރައްވާ ހަނގުރާމައަކީ މާތްރަސްކަލާނގެ އަށްޓަކައި ކުރައްވާ ހަނގުރާމަ ތަކެއް. ސާހިބު ދުނިޔޭގައި ހުރިހާތައް ދުވަހަކު ނުބައި ކަމެއް ކުރައްވަން މެދުވެރި ނުކުރައްވާށި.


ޢާލީގެ ބެލުމުގެ ދަށުން ޞަމޫއީލް މާތްރަސްކަލާނގެއަށް ޚިދުމަތް ކުރަމުން ގެންދިޔަ ދުވަސްވަރު، މަދު ފަހަރަކު ނޫނީ ފާޅުވެ ވޮޑިގަތުމެއްގައި ވިޔަސް އަދި އެނޫން ގޮތެއްގައި ވިޔަސް މާތްރަސްކަލާނގެ މީސްތަކުންނާ ގުޅުމެއް ނުބާއްވައެވެ.


ދެން ޞަމޫއީލް ޅަ ކަންބަޅިއެއް ގެނެސް އަންދައި ޤުރުބާނީ ހުށަހަޅައި އިސްރާއީލުގެ މީހުންނަށް ރައްކާތެރިކަން ދެއްވުން އެދި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދެންނެވިއެވެ. މާތްރަސްކަލާނގެ އެ ދުޢާ އިޖާބަ ކުރެއްވިއެވެ.


އެހެނަސް މި ދެބޭން ބައްޕަގެ ފިޔަވަޅުގެ މަތީގައި ހިނގަމަކުން ނުދިޔައެވެ. އެމީހުން ވެރިންގެ ގޮތުގައި ތިބެ ނާޖާއިޒް ފައިދާ ނަގައި ރިޝްވަތަށް އިންސާފު ވިއްކަމުން ގެންދިޔައެވެ.


އެކުދިން ބުންޏެވެ. ”⁠އާނ. އެކަލޭގެފާނު އެހެރެ ފެންނަނީ ތިބޭކަލުންގެ ކުރިމަތީގައި. އަވަހަށް ދުރުވޭ. އެކަލޭގެފާނު މިރަށަށް މިއަދު އެ ވަޑައިގެންނެވީ ޤުރުބާނީގެ ކަންތަކުގައި. މިހާރު ޤުރުބާނީ ކަތިލައި އަޅުކަން ކުރުމަށް މަޤާމުފުޅަށް މީހުން އެއްވަމުން އެބަދޭ.


ތިބޭކަލުން އެ ރަށަށް ވަންނަވާ އިރު އެކަލޭގެފާނު މަޤާމުފުޅަށް އަރަން ދާތަން ފެންނާނެ. އެކަލޭގެފާނު ވަޑައިގެން އެ ޤުރުބާނީއަށް ބަރަކާތް ލެއްވުމަށް ދުޢާ ނުކުރައްވަނީހެއް މެހުމާނުންނެއް ނުކާނެ. އެކަލޭގެފާނާ އެތަނުން ތިބޭކަލުންނާ ބައްދަލު ވެދާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ