34 މިކަމުގެ ހެއްކެއްގެ ގޮތުން ކަލޭގެ ދެ ދަރިންކަމަށް ވާ ޚުފްނީ އާއި ފީނަޙާސް އެއްދުވަހަކުމެ މަރުވާނެ ގޮތް މެދުވެރި ކުރާނަން.
ގެރިބަކަރި އެއްޗިއްސަށް ކާންދޭ ހުއި އަޅާ ފޮއްޓެއްގެ ތެރޭ ފޮތިކޮޅަކުން ނިވާ ކުރެވިފައިވާ ކުޑަފިރިހެން ކުއްޖަކު ކަލޭމެންނަށް ފެންނާނެ. އެކަލޭގެފާނު ކަލޭމެންނަށް ފާހަގަވާނެ ހެއްކަކީ އެއީ.“
މި ނިޝާންތައް ފެނުމުން ކަލޭގެފާނު ކަންތައް ކުރަން ފެނިލައްވާ ގޮތަކަށް ކުރައްވަންވީ. އެހެނީ މާތްކަލާނގެ އޭރުން ކަލޭގެފާނާ އެކު ވޮޑިގެންވާނެ.
އެކަމަކު ތިމަންކަލާނގެ ޖަގަހައިން ކަލޭމެން އެންމެން މުޅީން ވަކިކޮށެއް ނުލާނަން. ތިމަންކަލާނގެ ކަލޭގެ ދަރިކޮޅުގެ އެކަކު ދުނިޔޭގައި ލަހައްޓައި އިމާމަކަށް ހަދާނަން. އެކަމަކު އޭނާގެ ލޯ އަނދިރިވެ އުންމީދު ގެއްލިގެން ދާނެ. ކަލޭގެ އާއިލާގެ އެހެން އެންމެން މަރުވެގެން ދާނީ އަނިޔާވެރިކަމާއެކު.
ތިމަންކަލާނގެ މީގެ ކުރިން ވެސް އިންޒާރު ދެއްވާފައި ވާނޭ ފަދައިން ޢާލީގެ އާއިލާއާއި މެދު ފެށުނީއްސުރެ ނިމެންދެން އަދުލު އިންސާފު ގާއިމު ކުރައްވާނަން.
ފިލިސްޠީނުން ވަދެ މާތްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު އަތުލައިގެންފިއެވެ. އަދި ޢާލީގެ ދެ ދަރިންކަމަށް ވާ ޚުފްނީ އާއި ފީނަޙާސް މަރާލިއެވެ.
އެމީހާ ބުންޏެވެ. ”އިސްރާއީލީން ފިލިސްޠީނީންގެ އަތުން ބަލިވެ ފިލައިގެން ހިނގައްޖެ. އަދި އެކަން އެކަންޏެއް ވެސް ނޫން. ކަލޭގެ ދެ ދަރިން ވެސް އޭގެ ތެރޭގައި ހިމެނުނު. އަދި މާތްކަލާނގެ ޢަހުދު ކުރެއްވި ފޮށިކޮޅު ވެސް އެމީހުން އަތުލައިގެންފި!“
އޭނާ މަރުވުމުގެ ކުރީން އެ ދަރިފުޅަށް ޔަކުބޫދުއޭ ކިޔާ ނަން ދިނެވެ. އެހެނީ އެދުވަހު އިސްރާއީލުގެ އަތުން މާތްރަސްކަލާނގެ ޖަލާލަތު ވަންތަކަން ޖަހައިގެން ގެންދެވުނީތީ އެވެ. އޭނާ މިހެން މި ހެދީ މާތްކަލާނގެ ފޮށިކޮޅު ގެއްލި ދިއުމުގެ އިތުރުން އޭނާގެ ފިރިމީހާއާއި ބަފައިކަލޭގެ ވެސް މަރުވެ ދިއުމުންނެވެ.
އޭނާ ބުންޏެވެ. ”އިސްރާއީލުގެ ޖަލާލަތުކަން އެމީހުންގެ އަތުން ބީވެގެން ހިނގައްޖެ. އެހެނީ މާތްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު ފިލިސްޠީނުގެ މީހުން އެމީހުންގެ އަތުން ޖަހައިގެންފި.“